Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖަޕާނުން ރާއްޖެއަށް ދިން އެހީ

ސިއްހީ ދާއިރާގެ ކެޕޭސިޓީ އިތުރުކުރުމަށް 3 މިލިއަން ޑޮލަރުގެ އެހީއެއް

މި އެހީ ބޭނުންކުރާނީ ސީ އެމްބިއުލާންސް ގަތުމަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 4 އޮކްޓޯބަރު 2021 | ހޯމަ 16:09
ޖަޕާނުން ރާއްޖެއަށް 3 މިލިއަން ޑޮލަރުގެ އެހީ ދިނުން

ޖަޕާނުން ރާއްޖެއަށް 3 މިލިއަން ޑޮލަރުގެ އެހީ ދިނުން

ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގެ ކެޕޭސިޓީ އިތުރުކުރުމަށް ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖެއަށް 3 މިލިއަން ޑޮލަރުގެ އެހީއެއް ދީފިއެވެ.

މި އެހީ ހަވާލުކުރުމަށް ފޮރިން މިނިސްޓްރީގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްުޔާތުގައި އެހީ ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ޚަލީލެވެ.

މި އެހީއާ ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަދައްކަވަމުން ޚަލީލް ވިދާޅުވީ, ޖަޕާނުން ހަދިޔާކުރި 400 މިލިއަން ޖަޕަނީޒް ޔެން (3 މިލިއަން ޔޫއެސް ޑޮލަރު) ޚަރަދުކުރާނީ ސިއްހީ ދާއިރާއަށް ކަމަށެވެ. މި އެހީ ބޭނުންކުރާނީ ރާއްޖެއަށް ބޭނުންވާ ސީ އެމްބިއުލާންސްތައް ގަތުމަށާއި، އެ ޚިދުމަތަށް މުވައްޒަފުން ތަމްރީނުކުރުމަށް ކަމަށެވެ.

ރާއްޖޭގައި މިހާރު އޮތް ސީ އެމްބިއުލާންސް ކެޕޭސިޓީ އިތުރުކުރުމަކީ މިވަގުތު ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއް ކަމަށް ޚަލީލް ވިދާޅުވިއެވެ. މި ޚިދުމަތް ފެށުމުން އިމަރޖެންސީ ތަކުގައި ބަލި މީހުން އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ދިމާވާ ދަތިތަކަށް ހައްލު ލިބި, ރަނގަޅު ޚިދުމަތްތަކެއް ދެވިގެންދާނެ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ ސީރިއަސް ހާލަތުގައި ތިބޭ ބަލި މީހުން އެއް ތަނުން އަނެއް ތަނަށް ގެންދަންޖެހޭ ޖެހުން ކޮވިޑް-19ގެ ހާލަތާއެކު އިތުރުވެފައިވާކަމަށެވެ. ދިވެހިރާއްޖެ އުފެދިފައި އޮތް ގޮތުން މިއީ ގޮންޖެހުން ބޮޑު ކަމަކަށް ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޖަޕާނުން ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށް ދިން އެހީއާއެކު ރާއްޖެއާ ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޖަޕާނަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އަބަދުވެސް އެހީވެދޭ ގައުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޚާރިޖީ ވުޒާރާ

އިތުރަށް ކިޔާލަން

29 ޖޫން 2025

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި
29 ޖެނުއަރީ 2025

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް
03 ނޮވެމްބަރު 2024

ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

03 ނޮވެމްބަރު 2024
ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން
03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
20 ސެޕްޓެމްބަރު 2024

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު