Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީން ވަޒީފާތަކަށް ގެނައުން

ސަރުކާރުން ބިދޭސީ މުވައްޒަފުން ގެނައުމުގައި އެޖެންސީތައް ބޭނުން ކުރުމަށް އައު ގަވާއިދެއް އެކުލަވާލަނީ

4 އޮކްޓޯބަރު 2021 | ހޯމަ 11:24

މި މަހުގެ 15 ހިސާބުގައި އެޖެންސީ ތަކާއެކު މަޝްވަރާ ކުރެވޭނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 4 އޮކްޓޯބަރު 2021 | ހޯމަ 11:24
ފައްޔާޒް އިސްމާއީލް - އިކޮނޮމިކް މިނިސްޓަރ

ފައްޔާޒް އިސްމާއީލް - އިކޮނޮމިކް މިނިސްޓަރ

ސަރުކާރު މުވައްޒަފުންގެ ގޮތުގައި ބިދޭސީން ގެނައުމުގައި އެޖެންސީތައް ބޭނުން ކުރުމަށް އައު ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ވަޒީފާތަކަށް ބިދޭސީން ގެންނަ އެޖެންސީތަކުން ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭގޮތުން ޕެޓިޝަން ކޮމިޓީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ސަރުކަރުން ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި އެޖެންސީތައް ބޭނުން ކުރުމަށް އައު ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިހާރު ފުރަތަމަ ޑްރާފްޓްގެ މަސައްކަތް ވަނީ ނިމިފައެވެ. މި މަހުގެ 15 ހިސާބުގައި އެޖެންސީ ތަކާއެކު މަޝްވަރާ ކުރެވޭނެ ކަމަށާއި، އެ މަޝްވަރާތަކަށްފަހު ޑްރާފްޓް ފައިނަލް ވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ވަޒީފާތަކަށް ބިދޭސީން ގެންނަންވާނީ އެޖެންސީތައް މެދުވެރިވެގެން ކަމަށެވެ. އެހެންނަމަވެސް އަމިއްލަ ކުންފުނި ތަކުން އެޖެންސީތައް މެދުވެރިވެގެން ބިދޭސީން ގެނައުމުގައި މަޖުބޫރު ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އެޖެންސީ ތަކަކީ އޭގެ ޒާތުގައި ވިޔާފާރީގެ ގޮތުގައި ހިންގާ ތަންތަން ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެޖެންސީތަކަށް ފުރުސަތު ހުޅުވާލާއިރު ވަރަށް ވަރުގަދަ ކޮންޓްރޯލްތަކެއްވެސް ހިމަނާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ބިދޭސީންގެ މައްސަލަ ބޮއްސުން ލައިގެން ދިޔައީ ހަމައެކަނި އެޖެންސީތަކުގެ ސަބަބުން ކަމަށް ބުނެވެން ނެތް ކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

އެޖެންސީތަކުން ހުށަހަޅާފައިވާ ޕެޓިޝަނުގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ސަރުކާރުގެ ބައެއް އިދާރާތަކުން ބިދޭސީން ގެނައުމުގައި ދިވެހި އެޖެންސީތަކަށް އިސްކަން ދިނުމުގެ ބަދަލުގައި ރާއްޖެއިން ބޭރުގެ އެޖެންސީތަކަށް އިސްކަންދޭ މައްސަލައިގައެވެ. އަދި ސަރުކާރުގެ ބައެއް އިދާރާތަކުން އަމިއްލައަށް ބިދޭސީން ގެންނަ ކަމަށާއި، އެކަމުން މާލީ ފައިދާ ހޯދާ ކަމަށްވެސް ޕެޓިޝަންގައި ބުނެފައިވެއެވެ. ބިދޭސީންނާ ގުޅުންހުރި ނިންމުންތައް ނިންމާއިރު އެޖެންސީތަކުގެ ބަހެއް ނުހޯދާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ދެލައްކަ އަށްޑިހަ އެއްހާހުން މަތީގައި އުޅޭކަމަށް އިކޮނޮމިކް މިނިސްޓަރ މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލިސްމިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލްބިދޭސީން

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް