Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިކަމުގެ ރަންޔޫބީލް ގުނަން ފެށުން

އަމާޒަކީ މުޅި ރާއްޖެއަށް ފަތުރުވެރިކަން ފަތުރާލުން: ރައީސް

ރާއްޖޭގެ ޖީޑީޕީގެ 44.5 އިންސައްތަ ހިއްސާކުރަނީ ފަތުރުވެރިކަމުގެ ޞިނާޢަތް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 3 އޮކްޓޯބަރު 2021 | އާދީއްތަ 18:06
ތުރުވެރިކަމުގެ ރަންޔޫބީލް ގުނަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަދައްކަވަނީ

ތުރުވެރިކަމުގެ ރަންޔޫބީލް ގުނަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަދައްކަވަނީ

ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެއަށް ފަތުރުވެރިކަން ފަތުރާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ފަތުރުވެރިކަމުގެ ރަންޔޫބީލް ގުނަންފެށުމުގެ ގޮތުން އާދީއްތަ ދުވަހުގެރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް ސަރުކާރުގެ ފަރާތުން ކޮށްދެއްވާނެ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމަކީ ރާއްޖޭގެ ޖީޑީޕީގެ 44.5 އިންސައްތަ ހިއްސާ އޮންނަ ޞިނާޢަތަކަށް ވެފައި، މި ޞިނާޢަތް ތަރައްގީކޮށް ދެމެހެއްޓުމުގައި މި ޞިނާޢަތާ ގުޅިފައިވާ އެހެން ދާއިރާތަކުގެވެސް ހިއްސާ ބޮޑުކަން ރައީސް ފާހަގަކުރެއްވިއެވެ.

މިއަދުގެ ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެއަށް ފަތުރުވެރިކަން ފަތުރާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަން ކުރުމަށް ރަށްރަށަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމާއި، ސާފު ބޯފެނާއި، ނަރުދަމާ ނިޒާމެއް ކޮންމެ ރަށެއްގައި ގާއިމުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދިވެސް ކުރަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށާއި، ސަރުކާރުން މިހާރު އަންނަނީ މިކަންކަން ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ. އަތޮޅުތެރެއަށް ގެސްޓްހައުސްއާއި ހޯމް ސްޓޭގެ ޚިދުމަތް ރަނގަޅަށް ތައާރަފުވާނީ އޭރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއަރުވައި, އަންނަން އޮތް ޖީލުތަކަށް މީގެ ފައިދާ ފޯރުކޮށްދިނުމަށް ތަރައްގީގެ ޕްލޭނަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި އަދި ތިމާވެއްޓަށް ރިޢާޔަތްކޮށް, ދެމެހެއްޓެނިވި ގޮތެއްގައި މި ޞިނާޢަތް ތަރައްގީކޮށް ކުރިއެރުވުން މުހިންމު ކަމަށެވެ. އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުން، 2023ގެ ނިޔަލަށް ހުއްޓައިލުމާއި, އަދި 2030 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖެ ކާރބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ ކޮންމެ ކަމަކީ، ފަތުރުވެރިކަމަށް ލިބޭ އިތުރު ދިރުމަކަށް ވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ޞިނާޢަތުގައި ދިވެހި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން މިހާރަށް ވުރެ އިތުރުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން ތައާރަފުކޮށްފައިވާ ލަވަ ވަނީ އިފްތިތާޙު ކޮށްފައެވެ. އަދި އެ ލަވައިގެ ޅެން މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ވެދުމަށް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ބައެއް ވަޒީރުންނާއި ފަތުރުވެރިކަމުގެ ސިނާއަތު ތަމްސީލުކުރައްވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ޒަމާންތައް ހޭދަކުރައްވާފައިވާ ފަރާތްތަކާއި މި ޞިނާޢަތުގެ އިސްފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަންރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
06 ސެޕްޓެމްބަރު 2025

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި
30 އޯގަސްޓު 2025

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު
30 އޯގަސްޓު 2025

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު
09 ޑިސެމްބަރު 2024

ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

09 ޑިސެމްބަރު 2024
ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި
08 ޑިސެމްބަރު 2024

ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް

08 ޑިސެމްބަރު 2024
ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް
23 ނޮވެމްބަރު 2024

އިންޑިއަން ރުޕީސް އިން ފައިސާ ދައްކާ ގެސްޓު މީހާ އަށް ވެސް 500 ޑޮލަރު މާރު ކުރަން ޖެހޭނެތަ؟

23 ނޮވެމްބަރު 2024
އިންޑިއަން ރުޕީސް އިން ފައިސާ ދައްކާ ގެސްޓު މީހާ އަށް ވެސް 500 ޑޮލަރު މާރު ކުރަން ޖެހޭނެތަ؟
19 ނޮވެމްބަރު 2024

ޑޮލަރު މާރުކުރުމުގެ ގަވައިދާ އެކު ރިސޯޓު ހިންގަން ދަތިވެ، މުވައްޒަފުންނަށް ވެސް ގެއްލުން!

19 ނޮވެމްބަރު 2024
ޑޮލަރު މާރުކުރުމުގެ ގަވައިދާ އެކު ރިސޯޓު ހިންގަން ދަތިވެ، މުވައްޒަފުންނަށް ވެސް ގެއްލުން!
03 ނޮވެމްބަރު 2024

ފަތުުރުވެރިކަމުގެ ސިނާއަތައް ސަރުކާރު ތަކުން އަތް ނުބޭނީ ހިތްވަރު ނެތިގެންނެއް ނޫނެވެ، އެ ސިނާއަތު ފުނޑާލަން ބޭނުން ނުވާތީއެވެ

03 ނޮވެމްބަރު 2024
ފަތުުރުވެރިކަމުގެ ސިނާއަތައް ސަރުކާރު ތަކުން އަތް ނުބޭނީ ހިތްވަރު ނެތިގެންނެއް ނޫނެވެ، އެ ސިނާއަތު ފުނޑާލަން ބޭނުން ނުވާތީއެވެ
10 އޮކްޓޯބަރު 2024

ސަންސިޔާމް އިރުފުށިން ގްލަސްގޯ ޑެކްލަރޭޝަންގައި ބައިވެރިވެއްޖެ

10 އޮކްޓޯބަރު 2024
ސަންސިޔާމް އިރުފުށިން ގްލަސްގޯ ޑެކްލަރޭޝަންގައި ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު