Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވީއައިޕީ ލައުންޖް

ވީއައިޕީ ލައުންޖާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމަން ޖެހުނީ އެއްވެސް ހަމައެއްނެތި އެތަން ބޭނުން ކުރާތީ

އިކްރާމް ވިދާޅުވީ އިއްޒަތްތެރި ކަމުގެ އިހުސާސް ކުޑަކޮށްވެސް ނުވާ ކަމަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 3 އޮކްޓޯބަރު 2021 | އާދީއްތަ 07:27
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވީއައިޕީ ލައުންޖެއް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވީއައިޕީ ލައުންޖެއް

ވީއައިޕީ ލައުންޖާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމަން ޖެހުނީ އެއްވެސް ހަމައެއްނެތި އެތަން ބޭނުން ކުރާތީ ކަމަށް އާއްމު ކޮމިޓީގެ މެމްބަރަކު ވިދާޅުވެއްޖެއެވެ.

ވީއައިޕީ ލައުންޖާ ގުޅޭ ގޮތުން ފާއިތުވި ހަފްތާގައި އާއްމު ކޮމިޓީން ނިންމި ނިންމުމާ ގުޅޭ ގޮތުން 'ރާއްޖެ އެމްވީ'އާ ވާހަކަދައްކަވަމުން ކޮމިޓީގެ މެމްބަރަކު ވިދާޅުވި، 19 ވަނަ މަޖިލިސް އައުމުގެ ކުރިން ލައުންޖު ބޭނުން ކުރުމުގައި އެއްވެސް ހިފެހެއްޓުމެއް ނެތް ކަމަށެވެ. އެ ޚަރަދުތަކަކީ، މަޖިލީހުގެ ބަޖެޓުން ކުރަމުން އަންނަ ޚަރަދަކަށްވެފައި، އެކަމަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށް ކޮމިޓީއަށް ފެނުމުން ފުރަތަމަ ބަދަލުކުރީ ހަމަ އެކަނި މަޖިލިސް މެމްބަރުންގެ އާއިލާއަށް ލައުންޖްގެ ޚިދުމަތް ލިބޭ ގޮތަށް ކަމަށެވެ. އެހެންނަމަވެސް ބައެއް މެމްބަރުންގެ ކަންބޮޑުވުން އެކަމުގައި ހުރުމުން އާއިލާ މީހުން ފިޔަވައި އިތުރު ދެ މީހަކަށް ލައުންޖް ބޭނުން ނުކުރެވޭ ގޮތަށް ނިންމީ ކަމަށް ވިދާޅުވިއެވެ.

ނިމިދިޔަ 18 ވަނަ މަޖިލީހުގެ ބައެއް މެމްބަރުންގެ ނަމުގައި އެއްވެސް ހައްދެއް ނެތި ލައުންޖް ބޭނުން ކޮށްފައި ހުރިކަން ފާހަގަކޮށް މެމްބަރު ވިދާޅުވީ، ފޮނަދު ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ ނަމުގައި ލައުންޖް ބޭނުންކޮށް މަޖިލީހަށް ބޮޑު ބިލްތަކެއް އައި ކަމަށެވެ. މިފަދަ ކަންކަން މިހެން ވިޔަ ނުދިނުމަށް ލައުންޖް ބޭނުން ކުރުން ވަކި ހައްދެއްގައި ހިފެހެއްޓުމަށް ނިންމީ ކަމަށް ވިދާޅުވިއެވެ. މިހާރު ކޮމިޓީން ނިންމާފައިވާ ގޮތް މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ ކަމަށާއި، އެއަށް ގޮތެއް ނިންމާނީ އަޣުލަބިއްޔަތުން ކަމަށެވެ.

ކޮމެޓީގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާއިރު އެ ނިންމުން ފާސް ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ވީއައިޕީ ލައުންޖާ ގުޅޭ ގޮތުން ކޮމިޓީން ނިންމި ގޮތާމެދު ނުރުހުންވެ ވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބެންޖެހޭ އިއްޒަތް ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ދިއްގަރު ދާއިރާގެ އެމްޑީޕީ މެންބަރު އިކްރާމް ހަސަން ވަރަށް ބޮޑަށް ކަންބޮޑުފާޅު ކުރައްވާފައެވެ.

މަޖިލީސް މެންބަރުންނަށް ހަދާފައިވާ ވަޓްސްއަޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި އިކްރާމް ވިދާޅުވީ މަޖިލީސް މެންބަރުންގެ ކުރިއަށް "އިއްޒަތްތެރި މެންބަރުންގެ" ލަގަބު ދީފައި އޮތަސް އެކަން ހަގީގީ މާނައިގައި ނުހިނގާ ކަމަށެވެ. މަޖިލީސް ތެރޭގައި ގަވައިދެއް ލިިޔެގެން އެކަކު އަނެކަކަށް އިއްޒަތްތެރި ކިޔުން މަޖްބޫރު ކުރެވިފައި، އޭގެ ހަގީގީ މާނައިގައި އެކަން ނުހިނގާ ބަަަޔަކަށް ވާނީ ރާއްޖޭގެ މަޖިލީސް އެކަނި ކަމަށް ގަބޫލްކުރެވޭ ކަމަށް އިކްރާމްވަނީ ވިދާޅުވެފައެވެ.

އިކްރާމް ވިދާޅުވި ގޮތުގައި ބޭރު ތެރޭގައި އިއްޒަތްތެރި ކަމުގެ އިހުސާސް ކުޑަކޮށް ވެސް ނުވާ ކަމަށެވެ. އިއްޒަތްތެރިކަން ނުލިބޭނަމަ އިއްޒަތްތެރި ކިޔުމުގެ ބަދަލުގައި ނިކަމެތި މެންބަރުން ކިޔުން މާ ރަނގަޅު ވާނެ ކަމަށް ވިދާޅުވިއެވެ.

އިކްރާމް މިހެން ވިދާޅުވެ މެސެޖެއް ފޮނުއްވީ ވީއައިޕީގައި މަޖިލީހުގެ މެންބަރެއްގެ ދެ ރައްޓެހިންނަށް ތިބެވޭ ގޮތަށް މަޖިލީހުގެ ބަޖެޓުން ޚިދުމަތް ދެވޭ ގޮތަށް އިންތިޒާމު ހަމަޖެއްސުމާ ދެކޮޅަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ގްރޫޕަށް ފޮނުއްވި މެސެޖަކާ ގުޅިގެންނެވެ.

އާއްމު ކޮމިޓީގެ އެ ބައްދަލުވުމުގައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ ގެކޮޅާއި، ސެކިއުރިޓީއަށް އަންނަ އަހަރަށް ލާފާކުރާ ޚަރަދުތައް ވެސް ފާސްކޮށްފައެވެ. އަދި މަޖިލީހުގެ ސެކިއުރިޓީ ކަންކަމާ ގުޅޭ ގޮތުން އެމްއެންޑީއެފުން ފޮނުވާފައިވާ ރިޕޯޓަށް ވެސް މަޝްވަރާ ކޮށްފައިވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
28 އޮކްޓޯބަރު 2025

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު