Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅުން މުޒާހަރާ ކުރުން

އިދިކޮޅުން، މުއައްސަސާތަކުގެ ވެރިން ދިރިއުޅުއްވާ ގެކޮޅުތައްދޮށަށް މުޒާހަރާއަށް، ފުލުހުން ފެންނައިރަށް ފިލާ

2 އޮކްޓޯބަރު 2021 | ހޮނިހިރު 18:40

ފުލުހުންގެ ވެހިކަލަށް އެހިސާބަށް ނާދެވެނީސް މުޒާހަރާގެ ބައިވެރިން އެސަރަހައްދު ދޫކޮށް ދިޔަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 އޮކްޓޯބަރު 2021 | ހޮނިހިރު 18:40
އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

އިދިކޮޅު ފަރާތްތަކުން ދައުލަތުގެ މުއައްސަސާތަކުގެ ވެރިން ދިރިއުޅުއްވާ ގެކޮޅުތައްދޮށަށް އެއްވެ މުޒާހަރާ ކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީން "މިނިވަންކަމުގެ ދިފާޢުގައި ދިވެހިން"ގެ ނަމުގައި ކުރިއަށް ގެންދާ އެއްވުންތަކުގައިވެސް ބައިވެރިވާ ފަރާތްތައް ހޮނިހިރު ދުވަހުގެރޭ ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާކޮށްފައެވެ. އެގޮތުން ހޮނިހިރު ދުވަހުގެރޭ 9:00ހާއިރު ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ދިރިއުޅުއްވާ ގޭދޮށަށް އެއްވެ ޝަމީމްގެ އިސްތިއުފާއަށް ގޮވާލައި އަޑުގަދަކޮށްފައިވާއިރު، ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެސްއޯ ފުލުހުންގެ ވެހިކަލް އެ ސަރަޙައްދަށް ވަނީ ގޮސްފައެވެ. ނަމަވެސް އެސްއޯ ފުލުހުންގެ ވެހިކަލަށް އެހިސާބަށް ނާދެވެނީސް މުޒާހަރާގެ ބައިވެރިން ވަނީ އެސަރަހައްދު ދޫކޮށް ގޮސްފައެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ ދިރިއުޅުއްވާ ގެކޮޅުދޮށަށްވެސް އެއްވެ ހަމައެގޮތަށް އަޑުއުފުލާފައިވެއެވެ.

އިދިކޮޅުން ދޭތެރެ ދޭތެރެއިން ގެންދަނީ ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ. އެކި ނަންނަމުގައި ކުރިއަށްގެންދާ މި މުޒާހަރާތަކުގައި މައިގަނޑު ގޮތެއްގައި ގޮވާލަމުން ގެންދަނީ މަނީ ލޯންޑަރިންގގެ ކުށް ސާބިތުވެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަން ކުރުމަށެވެ.

ފަހަކަށް އައިސް އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާތަކާއި އެއްވުންތަކުގައި ގައުމީ ދިދައާއި، ރަތްކުލައިގެ ޓީޝަރޓް ބޭނުންކުރާއިރު، މައިގަނޑު ޝިއާރެއްގެ ގޮތުގައި ބޭނުންކުރަމުންދަނީ "މިނިވަންކަމުގެ ދިފާޢުގައި ދިވެހީން"އެވެ.

އިދިކޮޅުން އެންމެ ފުރަތަމަ އެއްވުންތައް ބާއްވަން ފަށާފައިވަނީ "އިންޑިއާ އައުޓް"ގެ ނަމުގައެވެ. އެއަށްފަހު ކޮވިޝީލްޑް ވެކްސިން ޖެހުމާ ދެކޮޅަށް އަޑުއުފުލާފައިވާއިރު، ފިޔަވަތި އިސްލާހުކުރުމާއި، ތަހުގީގުތައް އަވަސް ކުރުމާއި، ދީނުގެ ދިފާޢުގެ ނަމުގައިވެސް ތަފާތު އެކި އެއްވުންތައް ބާއްވާފައިވެއެވެ. ނަމަވެސް މިއިން ކޮންމެ އެއްވުމެއްގައިވެސް ގޮވާލާފައިވަނީ ރައީސް ޔާމީނު މިނިވަން ކޮށްދިނުމަށެވެ.

އޭގެ އިތުރުން، ރައީސް ޔާމީނުގެ މައްޗަށް ވައްކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި އެކަމުގެ ތަހުގީގު ކުރިއަށްދާއިރު، ދައުލަތުގެ ވެރިން ދިރިއުޅުއްވާ ގެކޮޅުތައްދޮށަށް އެއްވެ މިފަދައިން މުޒަހަރާކޮށް އަޑުގަދަ ކުރުމަކީ ތަހުގީގުތަކަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. އެގޮތުން ދާދި ފަހުން އުއްތަމަފަނޑިޔާރު އަޙުމަދު މުޢުތަސިމު ޢަދުނާން ދިރިއުޅުއްވާ ގެކޮޅުގެ ސީސީޓީވީ ކެމެރާތައް ހަލާކުކޮށްލައި، ސެކިޔުރިޓީ ފޫއަޅުވާލައި އެ ގެޔަށް މީހަކު ވަދެފައިވާ މައްސަލައެއްވެސް ފެންމަތިވެފައިވެއެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންމުޒާހަރާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
18 ސެޕްޓެމްބަރު 2025

ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން

18 ސެޕްޓެމްބަރު 2025
ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން
17 ސެޕްޓެމްބަރު 2025

މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

17 ސެޕްޓެމްބަރު 2025
މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި
16 ސެޕްޓެމްބަރު 2025

މުޒާހަރާ ރޫޅާލަން ފުލުހުން ނުހައްގު ބާރުގެ ބޭނުންކޮށް، އެތައް ނޫސްވެރިންނަކަށް އަނިޔާކުރި!

16 ސެޕްޓެމްބަރު 2025
މުޒާހަރާ ރޫޅާލަން ފުލުހުން ނުހައްގު ބާރުގެ ބޭނުންކޮށް، އެތައް ނޫސްވެރިންނަކަށް އަނިޔާކުރި!
01 ސެޕްޓެމްބަރު 2025

މަނިކުފާނަކީ ގަދަ ބޭފުޅެއް، ސާބަހޭ ނުދަންނަވާ ހުންނާނީ ކިހިނެތޯއޭ؟

01 ސެޕްޓެމްބަރު 2025
މަނިކުފާނަކީ ގަދަ ބޭފުޅެއް، ސާބަހޭ ނުދަންނަވާ ހުންނާނީ ކިހިނެތޯއޭ؟
17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
03 މެއި 2025

ފުލުހުން އިންޒާރު ދިން ނަމަވެސް މާލޭގެ ހުރިހާ ތަނަކަށް ވެސް އެއްވެވޭނެ: ރައީސް

03 މެއި 2025
ފުލުހުން އިންޒާރު ދިން ނަމަވެސް މާލޭގެ ހުރިހާ ތަނަކަށް ވެސް އެއްވެވޭނެ: ރައީސް
20 މާރިޗު 2025

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް