Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑްރަގް ރިހެބިލިޓޭޝަން

ޖަލުތަކުގައި ޑްރަގް ޑިޓޮކްސް ޕްރޮގްރާމް ފަށައިފި

2 އޮކްޓޯބަރު 2021 | ހޮނިހިރު 14:25

ދީނީ އަޤީދާ ވަރުގަދަ ކުރުމަށްޓަކައި މި ޕްރޮގްރާމްގައި ޚާއްސަ އިސްކަމެއް ދެެއްވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 އޮކްޓޯބަރު 2021 | ހޮނިހިރު 14:25
ޤައިދީން އަނބުރާ މުޖުތަމައަށް ގެނެސް، ޖަލުތައް އިސްލާޙު ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައި

ޤައިދީން އަނބުރާ މުޖުތަމައަށް ގެނެސް، ޖަލުތައް އިސްލާޙު ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ޖަލުތަކުގައި ޑްރަގް ޑިޓޮކްސިފިކޭޝަން ޕްރޮގްރާމް ފަށައިފިއެވެ.

އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު އެ މަސައްކަތް ފަށާފައިވާކަން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، ޑިޓޮކްސް ޕްރޮގްރާމް ފަށާފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ފަރުވާއަށް ބޭނުންވާ ޤައިދީން ދެނެގަތުމަށްޓަކައި އެސެސްމަންޓު ހެދުމުގެ މަރުޙަލާ ކަމަށެވެ.

Advertisement - newsAdvertisement

ކަރެކްޝަންސްއިން އެހެން ބުނެފައިވާއިރު، ޑްރަގް ރިހެބިލިޓޭޝަން ފެށުމަށްޓަކައި ޑިޓޮކްސް ކުރުމުގެ މަސައްކަތް ޖަލުގައި ވަރަށް އަވަހަށް ފަށާނެކަން ދާދި ފަހުން ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ ވިދާޅުވީ، އެކަމަށްޓަކައި ޚާއްސަ ޔުނިޓެއްވެސް ޤާއިމު ކޮށްފައިވާ ކަމަށެވެ. އަދި އެ ޔުނިޓުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޭރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ޑިޓޮކްސް މަރުޙަލާއަށްފަހު ރިހެބިލިޓޭޝަންގެ ބާކީ ބައިތައް ކުރިއަށް ގެންދިއުމަށްޓަކައި ޚާއްސަ މަރުކަޒެއް ޤާއިމުކޮށް، އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އެކަމަށް ޚާއްސަ އޮފިސަރުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން ޓްރެއިނިންގެ ފުރަތަމަ މަރުޙަލާ މިހާރު ނިމިފައިވާކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ޤައިދީންގެ ދީނީ އަޤީދާ ވަރުގަދަ ކުރުމަށްޓަކައި މި ޕްރޮގްރާމްގައި ޚާއްސަ އިސްކަމެއް ދެެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް (އެމްސީއެސް)އިން ބަލަހައްޓަމުންދާ ޖަލުތަކުގައި ތިބި ޤައިދީންގެ 70 އިންސައްތަ އަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ޖަލުގައި ބަންދުކޮށްފައިވާ މީހުންކަމަށް ކަރެކްޝަންސްއިން ހާމަކޮށްފައިވެއެވެ. އެގޮތުން ހަތަރު ޖަލުގައިވެސް މިހާރު ބަންދުކުރެވިފައިވާ ޤައިދީންގެ ނިސްބަތަށް ބަލާއިރު 70 އިން ސައްތަ ޤައިދީންނަކީ މަސްތުވާތަކެއްޗާއި ކޮންމެވެސް ބާވަތެއްގައި ޝާމިލްވާ މީހުންކަމަށާއި، ޖަލުތަކުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ސަޕްލައި ހުއްޓުވުމަށް ވެސް މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ކަރެކްޝަންސްއިން ބުނެފައިވެއެވެ.

އެގޮތުން އެމްސީއެސްއިން ޝާއިޢުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ބައި ކިލޯގެ މަސްތުވާތަކެތި އެކި އެކި އޮޕަރޭޝަންތަކުން އަތުލައިގަނެވިފައިވެއެވެ.

މަސްތުވާތަކެތިމިނިސްޓަރ އިމްރާން

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 ޖުލައި 2025

ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް

02 ޖުލައި 2025
ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް
02 ފެބުރުއަރީ 2025

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޒުވާނާގެ ބަންދަށް 10 ދުވަސް ޖަހައިފި

02 ފެބުރުއަރީ 2025
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޒުވާނާގެ ބަންދަށް 10 ދުވަސް ޖަހައިފި
24 ޑިސެމްބަރު 2024

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުން - ފަރުޝާންގެ ވަކީލުގެ ފަރާތުން އުފުލީ އޭނާ އާއި ބައްދަލު ނުވާކަމުގެ ކަންބޮޑުވުން

24 ޑިސެމްބަރު 2024
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުން - ފަރުޝާންގެ ވަކީލުގެ ފަރާތުން އުފުލީ އޭނާ އާއި ބައްދަލު ނުވާކަމުގެ ކަންބޮޑުވުން
22 އޮކްޓޯބަރު 2024

ފުލުހުންނާއި ގުޅޭ މައްސަލަތަކާއި ގުޅިގެން 48 މީހަކަށް ފިޔަވަޅު އަޅާފައިވޭ، 17 ފުލުހުން ވަޒީފާ އިން ވަނީ ވަކިކޮށްފައި- ސީޕީ

22 އޮކްޓޯބަރު 2024
ފުލުހުންނާއި ގުޅޭ މައްސަލަތަކާއި ގުޅިގެން 48 މީހަކަށް ފިޔަވަޅު އަޅާފައިވޭ، 17 ފުލުހުން ވަޒީފާ އިން ވަނީ ވަކިކޮށްފައި- ސީޕީ
18 ސެޕްޓެމްބަރު 2024

ނ އަދި ޅ އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ފައިސާ ހޯދާފައިވޭ: ފުލުހުން

18 ސެޕްޓެމްބަރު 2024
ނ އަދި ޅ އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ފައިސާ ހޯދާފައިވޭ: ފުލުހުން
20 ޖުލައި 2024

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ

20 ޖުލައި 2024
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ
06 ޖުލައި 2024

100 ކިލޯގެ ޑްރަގު މައްސަލައިގައި ދައުވާ އުފުލާފައިވާ ޒާއިދު ޑްރަގް ވިޔަފާރީގެ ތުހުމަތުގައި ހައްޔަރުކޮށްފި

06 ޖުލައި 2024
100 ކިލޯގެ ޑްރަގު މައްސަލައިގައި ދައުވާ އުފުލާފައިވާ ޒާއިދު ޑްރަގް ވިޔަފާރީގެ ތުހުމަތުގައި ހައްޔަރުކޮށްފި
25 ޖޫން 2024

"މަސްތުވާތަކެތި ބޭނުންކުރާ އައްޑާތަކުގެ ގޮތުގައި މާލޭގައި ބޭނުންކުރި 50 ތަނެއް، އޭގެ ތެރޭގައި ސަރުކާރު އިމާރާތްތައް ހިމެނޭ"

25 ޖޫން 2024
"މަސްތުވާތަކެތި ބޭނުންކުރާ އައްޑާތަކުގެ ގޮތުގައި މާލޭގައި ބޭނުންކުރި 50 ތަނެއް، އޭގެ ތެރޭގައި ސަރުކާރު އިމާރާތްތައް ހިމެނޭ"
06 ޖޫން 2024

ކުރިއަރ އަދި ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 7.840 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

06 ޖޫން 2024
ކުރިއަރ އަދި ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 7.840 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
18 މެއި 2024

4 ކިލޯ ޑްރަގް މައްސަލައިގައި ހައްޔަރުކުރި މީހާ އިތުރު 30 ދުވަހަށް ބަންދުކޮށްފި

18 މެއި 2024
4 ކިލޯ ޑްރަގް މައްސަލައިގައި ހައްޔަރުކުރި މީހާ އިތުރު 30 ދުވަހަށް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް