Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޯގާ ފެތުރުން

ހަލުވި މިނެއްގައި ރޯގާ ފެތުރެމުންދާތީ ޚާއްސަ ޑިޕާޓްމެންޓެއް އޭޑީކޭއިން ގާއިމުކޮށްފި

2 އޮކްޓޯބަރު 2021 | ހޮނިހިރު 12:37

ކޮންމެ ދުވަހެއްގެ ހަވީރު 4:00ން ރޭގަނޑު 10:00ށް ފްލޫ ކްލިނިކްގެ ޚިދުމަތް ލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 2 އޮކްޓޯބަރު 2021 | ހޮނިހިރު 12:37
އޭޑީކޭ ހޮސްޕިޓަލް

އޭޑީކޭ ހޮސްޕިޓަލް

ހުން އައިސް ކެއްސާނަމަ ނުވަތަ ރޯގާގެ އަލާމާތްތައް ހުންނަ މީހުންނަށް ފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކުމަށް ޚާއްސަ ޑިޕާޓްމެންޓެއް ގާއިމުކޮށްފައިވާ ކަމަށް އޭޑީކޭއިން ބުނެފިއެވެ.

ހޮނިހިރު ދުވަހު, އޭޑީކޭއިން ބުނީ މި ދުވަސްވަރު ރޯގާ ވަރަށް ބޮޑަށް ފެތުރެމުންދާ ކަމަށާއި، އާންމު ރައްޔިތުންނަށް ފަސޭހަ, ރަނގަޅު ޚިދުމަތެއް ދިނުމުގެ ގޮތުން ޚާއްސަ ޑިޕާޓްމެންޓެއް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ހުމުގެ ޖެނެރަލް ހޯޕީޑީ ހުންނާނީ އެ ހޮސްޕިޓަލުގެ އެތެރޭގައި ކަމަށް އޭޑީކޭއިން ބުނެއެވެ.

އޭޑީކޭއިން ބުނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00ން ރޭގަނޑު 10:00ށް ފްލޫ ކްލިނިކްގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

އެހެންކަމުން ހުސްއައިސް ރޯގާގެ އެއްވެސް އަލާމާތެއް ފެންނަކަމުގައިވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އޭޑީކޭއިން ވަނީ އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން ޚާއްސަ ފްލޫ ކްލިނިކެއް ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ގާއިމުކޮށްފައިވެއެވެ.

މި ފްލޫ ކްލިނިކް ހުންނާނީ އެކުވެނި ސަރަހައްދުގައި ހުންނަ ކުރީގެ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިމާރާތުގައެވެ. އަދި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:30ން ރޭގަނޑު 10:00ށެވެ.

މި ދުވަސްވަރު އަރިދަފުސް ރޯގާ ޖެހޭ މީހުންގެ ނިސްބަތް އިތުރުވެފައިވާއިރު އާއްމު އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތަކެއް ވެއެވެ. އެގޮތުން އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ އިރު އަގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުމާއި, ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުމާއި އާއްމު ސާފުތާހިރުކަމަށް، ޚާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުން ހިމެނެއެވެ.

ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި, ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމާއި ރޯގާޖެހިފައިވާނަމަ ކުޑަކުދިންނާ ދުރުހެލިވުން ހިމެނެއެވެ. ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި, ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި ބަލި ޖެހުމުން ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިންޖެހުމާއި އަދި މި ފަރާތްތައް ރޯގާ ޖެހި ހުން އަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން ހިމެނެއެވެ.

އޭޑީކޭ ހޮސްޕިޓަލް

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
22 ސެޕްޓެމްބަރު 2025

ތައިރޮއިޑަށް ބޭނުންކުރާ ބޭހެއް އާސަންދައިން ނުލިބުނު، ގަންނަން ލިބުނީ ބޮޑު އަގުގައި

22 ސެޕްޓެމްބަރު 2025
ތައިރޮއިޑަށް ބޭނުންކުރާ ބޭހެއް އާސަންދައިން ނުލިބުނު، ގަންނަން ލިބުނީ ބޮޑު އަގުގައި
14 މެއި 2025

ފީނަންގޮސް އުޅުނު މީހެއްގެ ގަޔަށް ލޯންޗެއް އަރައި އަތް ބުރިވެއްޖެ

14 މެއި 2025
ފީނަންގޮސް އުޅުނު މީހެއްގެ ގަޔަށް ލޯންޗެއް އަރައި އަތް ބުރިވެއްޖެ
13 މެއި 2024

ބަދިގެ ތެރެއަށް ދުން ލީކުވެ އަނބުރައިގަތް 7 މީހަކަށް ފަރުވާދެނީ

13 މެއި 2024
ބަދިގެ ތެރެއަށް ދުން ލީކުވެ އަނބުރައިގަތް 7 މީހަކަށް ފަރުވާދެނީ
25 އޮކްޓޯބަރު 2023

"މޯލްޑިވްސް ބްރެއިން ސްޕައިން ކޮންފަރެންސް 2023" ފަށައިފި

25 އޮކްޓޯބަރު 2023
"މޯލްޑިވްސް ބްރެއިން ސްޕައިން ކޮންފަރެންސް 2023" ފަށައިފި
12 ސެޕްޓެމްބަރު 2023

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓް: މާލެ ގެނެސް ފަރުވާދެމުންދަނިކޮށް އެ މީހާ މަރުވެއްޖެ

12 ސެޕްޓެމްބަރު 2023
ފުވައްމުލަކުގައި ހިނގި އެކްސިޑެންޓް: މާލެ ގެނެސް ފަރުވާދެމުންދަނިކޮށް އެ މީހާ މަރުވެއްޖެ
12 ޖެނުއަރީ 2023

ޗައިނާ އެމްބަސީން އޭޑީކޭއަށް ޕީސީއާރް މެޝިނަކާއި ޓެސްޓް ކިޓުތަކެއް ހަދިޔާކޮށްފި

12 ޖެނުއަރީ 2023
ޗައިނާ އެމްބަސީން އޭޑީކޭއަށް ޕީސީއާރް މެޝިނަކާއި ޓެސްޓް ކިޓުތަކެއް ހަދިޔާކޮށްފި
14 ޑިސެމްބަރު 2022

އޭޑީކޭއިން ޚިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމައިފި

14 ޑިސެމްބަރު 2022
އޭޑީކޭއިން ޚިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމައިފި
06 ޑިސެމްބަރު 2022

ހެލްތު ދާއިރާގެ ދަރިވަރުން ތަމްރީނު ކުރުމަށް އޭޑީކޭއާއި އެމްއެންޔޫއާ ދެމެދު ފަހުމުނާމާއެއް

06 ޑިސެމްބަރު 2022
ހެލްތު ދާއިރާގެ ދަރިވަރުން ތަމްރީނު ކުރުމަށް އޭޑީކޭއާއި އެމްއެންޔޫއާ ދެމެދު ފަހުމުނާމާއެއް
28 ސެޕްޓެމްބަރު 2022

މޫނަށް ދަގަނޑު ހެރުނު ބިދޭސީ މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން: އޭޑީކޭ

28 ސެޕްޓެމްބަރު 2022
 މޫނަށް ދަގަނޑު ހެރުނު ބިދޭސީ މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް