Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާއާއެކު އެމްއޯޔޫގައި ސޮއިކުރުން

ތިމާވެށި ހިމާޔަތް ކުރުން ފުޅާކުރުމުގެ ގޮތުން އިންޑިޔާއާއެކު ދިވެހިރާއްޖެއިން އެމްއޯޔޫއެއްގައި ސޮއިކޮށްފި

އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2021 | ބުރާސްފަތި 08:40
އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސަރަހައްދީ ސަލާމާތާއި، ރައްކާތެރިކަމާއި ތިމާވެށި ހިމާޔަތް ކުރުން ފުޅާކުރުމުގެ ގޮތުން އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ސަރަހައްދީ ސަލާމާތާއި، ރައްކާތެރިކަމާއި ތިމާވެށި ހިމާޔަތްކުރުން ފުޅާކުރުމުގެ ގޮތުން 30 ސެޕްޓެމްބަރުގައި ސޮއިކުރީ " އޯގްމެންޓިންގް މެރިން ސޭފްޓީ،ސެކިއުރިޓީ އަދި އެންވައިރަންމަންޓް ޕްރޮޓެކްޝަން އިން ދަ ރީޖަން ތްރޫ ދަ ކޯޕަރޭޝަން އިން ދަ ލޯންގް ރޭންޖް އައިޑެންޓިފިކޭޝަން އެންޑް ޓްރެކިންގް އޮފް ޝިޕްސް (އެލްއާރްއައިޓީ) ސިސްޓަމް" އެމްއޯޔޫއެވެ.

Advertisement - newsAdvertisement

މި އެމްއޯޔޫގައި ސޮއިކުރެއްވީ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު އަދި ޓްރާންސްޕޯރޓް އަދި ސިވިލް އޭވިއޭޝަންް މިނިސްޓަރު ޢާއިޝަތު ނަހުލާއެވެ. 

މި އެމްއޯޔޫގެ ދަށުން ރާއްޖޭއަށް އިންޑިއާގެ އެލްއާރްއައިޓީ ޚިދުމަތްތައް - ނެޝަނަލް ޑާޓާ ސެންޓަރު (އެންޑީސީ) އަދި އެތަނުގެ އެލްއާރްއައިޓީ ކޮންފޯރމަންސް ޓެސްޓު ފެސިލިޓީ ހިލޭ ބޭނުން ކުރެވޭނެއެވެ. މި އެހީތެރިކަމުގެ ސަބަބުން ރާއްޖެ، އައިއެމްއޯ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އިތުރު އެންޑީސީއެއްގެ ބޭނުމަކާއި ނުލާ އަދާކުރެވޭނެއެވެ. ދެގައުމުން ވެސް އެއްބަސް ވެފައިވަނީ "މެރިޓައިމް އެސިސްޓަންޓް ސާރވިސަސް"، "މެރިޓައިމް ކޮންޓިންޖެންސީ މެނޭޖްމަންޓް ސިސްޓެމް" އަދި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތައް ފާހަގަކޮށް، ގުޅިގެން ހިންގާ ތަމްރީނު ޕްރޮގްރާމް ތަކާއި، ތަޖުރިބާއާއި މަޢުލޫމާތު ހިއްސާ ކުރުމަށެވެ.

އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން އެލްއާރްއައިޓީ ސިސްޓަމް ބައިނަލްއަޤްވާމީ ފެންވަރުގައި ގާއިމްކުރީ 19 މޭ 2006 ގައެވެ. އަދި އައިއެމްއޯގައި ބައިވެރިވާ ހުރިހާ ގައުމުތަކަށް މި ބޭނުން ކުރުން ލާޒިމްކުރިއެވެ. މި ސިސްޓަމުން ބައިނަލްއަޤްވާމީ އައިޑެންޓިފިކޭޝަން އަދި އުޅަނދުތަކުގެ ސަލާމަތްތެރިކަން އިތުރުކޮށް މެރިޓައިމް ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކަން ކަށަވަރު ކޮށްދެއެވެ. ސޭފްޓީ ފޯ ލައިފް އެޓް ސީޒް (ސޯލާސް)ގެ ބައިނަލްއަޤްވާމީ މުއާހަދާގެ ދަށުން މި ސިސްޓަމް އިން އައިއެމްއޯ މެމްބަރު އުޅަނދުތައް އޮތްތަނުގެ މައުލޫމާތު އެއްކޮށް، މައުލޫމާތު ފޯރުކޮށްދެވޭނެއެވެ. މީގެ ބަދަލުގައި އައިއެމްއޯ މެމްބަރު ގައުމުތަކުގެ 300 ޓަނަށް ވުރެން ބޮޑު އުޅަނދުތައް އައިއެމްއޯގެ ސިސްޓަމްގައި ރެޖިސްޓަރކުރުން ލާޒިމްކުރިއެވެ. އެ ސިސްޓަމްއިން ބަނދަރުން ފެށިގެން 1000 ނޯޓިކަލް މޭލު ދުރަށް އުޅަނދުތައް ޓްރެކްކޮށް މައުލޫމާތު ފޯރުކޮށްދެއެވެ. މީގެ ސަބަބުން އެ ގައުމެއްގެ މެރިޓައިމް ޑޮމެއިންގެ ހޭލުންތެރިކަން އިތުރުވެއެވެ. މި ޚިދުމަތަށް ގައުމުތަކުން އައިއެމްއޯއަށް ފީއެއް ދައްކަން ޖެހެއެވެ.

އިންޑިއާ ނެޝަނަލް ޑާޓާ ސެންޓަރު ހުޅުވީ ޖުލައި 2009 ގައެވެ. އަދި 2016ގައި ވަނީ ސަރަހައްދީ ގައުމުތަކުގެ ބޭނުންތަކަށް އެހީވެދިނުމަށް އިތުރަށް ތަރައްޤީކުރެވިފައެވެ. މިތަނުގައި އެލްއާރްއައިޓީގެ މައުލޫމާތުތައް ރައްކާކުރެވި، އަދި އިތުރަށް ކުރި އަރާފައިވާ ބައިނަލްއަޤްވާމީ އެލްއާރްއައިޓީ ސިސްޓަމް އަކަށް އިންޓަރނޭޝަނަލް ޑާޓާ އެކްސްޗޭންޖް (އައިޑީއީ) މެދުވެރިކޮށް ޚާއްސަ އެލްއާރްއައިޓީ ކޮމިއުނިކޭޝަން ޕްރޮޓޮކޯލްއެއްގެ ދަށުން ވަނީ ގުޅިފައެވެ. 24 ގަޑި އިރު މުވައްޒަފުން ތިބޭ އެންޑީސީގެ ފުރިހަމަ ބެކަޕް ނުވަތަ ކޮމްޕްލީޓް ޑިޒާސްޓަރ ރިކަވަރީ ސެންޓަރ އެއް ދިއްލީގެ ޑީއެންސީއޯގައި ހުރެއެވެ. އެންޑީސީއިން މެދުނުކެނޑި ބައިނަލްއަޤްވާމީ ވިޔަފާރީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އިންޑިއާގެ އުޅަނދުތައް ބަލަހައްޓައެވެ.

ޝިޕިން ކުންފުނިތަކުގެ ވެރިން އަދި މެނޭޖަރުންނަށް ވެސް ވަކި ކަހަލަ މައުލޫމާތުތައް ލިބޭ ގޮތަށް ވެބްސައިޓެއް މެދުވެރިކޮށް އެ ކުންފުންޏެއްގެ އުޅަނދުތައް ވަގުތުން ވަގުތަށް ބެލެހެއްޓޭނެއެވެ. އަދި ޑިރެކްޓަރޭޓް އޮފް ޝިޕިންއަށް ބޭނުންވާ މައުލޫމާތު އެޅޭނެއެވެ. މީގެ ސަބަބުން ކުންފުނިތަކަށް އުޅަނދުތައް ވަގުތުން ވަގުތަށް ބެލެހެއްޓި، ހައިޖެކްޓް ކޮށް ނުވަތަ އެކްސިޑެންޓެއް ނުވަތަ ކާރިސާއެއް ދިމާވިޔަސް ވަގުތުން މަޢުލޫމާތު ބެލޭނެއެވެ. އެގޮތުން މިދިޔަ އޮގަސްޓް މަހު ކ. އަތޮޅު ކަނޑަށް 'ނަވިއޮސް އަމަރިލިސް' އުރުނު  ހާދިސާތައް ފަދަ ހާދިސާތައް ވަގުތުން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވޭނެއެވެ. އިންޑިއާގެ އެލްއާރްއައިޓީ އެންޑީސީ އިން އޮކްޓޫބަރު 2014 ފެށިގެން ސްރީލަންކާއަށް އެލްއާރްއައިޓީގެ ޚިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ.

މިއަދު ސޮއި ކުރެވުނު އެލްއާރްއައިޓީ އެއްބަސްވުމަކީ ވެސް އިންޑިއާ އާއި ދިވެހިރާއްޖެ ގުޅިގެން ސަލާމަތީ ކަންކަން އަދި އިޤްތިޞާދީ ކުރިއެރުމަށް މަސައްކަތް ކުރުމަށް އޮންނަ އަހަންމިއްޔަތު ކަމެވެ.

ދިވެހި ރާއްޖެ-އިންޑިއާގެ ގުުޅުންޓްރާންސްޕޯޓް މިނިސްޓްރީމިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ޢާއިޝަތު ނަޙުލާ

ކޮމެންޓް

އިތުރަށް ކިޔާލަން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު