Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދީބާޖާ މައްސަލަ

ދީބާޖާ މައްސަލަ: އިސްތިއުނާފީ ނުކުތާތަކަށް، ދެން އޮންނަ އަޑުއެހުމެއްގައި ޖަވާބު ދިނުމުގެ ފުރުސަތު ދައުލަތަށް ލިބޭނެ

އިސްތިއުނާފީ ގިނަ ނުކުތާތަކެއް ވަނީ ފާހަގަކުރައްވާފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2021 | ބުދަ 13:27
ސުޕްރީމް ކޯޓުގައި ބޭއްވި ދީބާޖާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގެ މަންޒަރެއް

ސުޕްރީމް ކޯޓުގައި ބޭއްވި ދީބާޖާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގެ މަންޒަރެއް

ދީބާޖާ އިންވެސްޓްމަންޓްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ދެން އޮންނަ އަޑުއެހުމެއްގައި ޖަވާބު ދިނުމުގެ ފުރުސަތު ދައުލަތަށް ލިބޭނެ ކަމަށް ބުނެ, ޝަރީއަތް ނިންމާލައިފިއެވެ.

ދީބާޖާއާއި ދައުލަތާ ދެމެދު ވެފައިވާ އެއްބަސްވުން ދައުލަތުން ބާތިލް ކުރުމާ ގުޅިގެން ދީބާޖާއަށް, ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ސުޕްރީމް ކޯޓުގައި ބުދަ ދުވަހު ކުރިއަށް ގެންގޮސްފައިވެއެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި އަލުން އިސްތިއުނާފް ކުރުމުން، އެ ޝަރީއަތުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދީބާޖާގެ ވަކީލް މުޙައްމަދު ޙަލީމް ވަނީ އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި މީގެ ކުރިން ފާހަގަ ކޮށްފައިނުވާ ނުކުތާތަކެއް ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

އިސްތިއުނާފީ ގިނަ ނުކުތާތައް ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓަށް ދައުލަތުން ހުށަހެޅީ ގާނޫނުގައި އިސްތިއުނާފު ކުރަން އޮންނަ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ކަމަށްވާތީ, އެކަމާ ގުޅުވައިގެންނެވެ.

ވަކީލު ވިދާޅުވީ އިސްތިއުނާފަށް 90 ދުވަހުގެ މުއްދަތެއް ގާނޫނުގައި އޮތް މުއްދަތަށް އަމަލު ކުރުން ލާޒިމުނުވާ ޚާއްސަ ހާލަތްތަކެއް ގާނޫނުގައި އޮތުމުން, އެއާ ގުޅުވާފައި މައްސަލަ ބަލައިގަތީ ގާނޫނާ ޚިލާފަށް ކަމަށެވެ. އަދި މުއްދަތު ލަސްވިކަމަށް ދައުލަތުން ބުނާ ހާލަތަކީ ދައުލަތަށް ބާރު ފޯރުވޭނެ ހާލަތެއް ކަމަށާއި، އެ ހާލަތު ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ވަކީލު ވިދާޅުވިއެވެ.

އެގޮތުން މިއަދު އަޑު އެހުން ނިންމާލާފައިވަނީ ދެން އޮންނަ އަޑުއެހުމެއްގައި އެ ނުކުތާތަކަށް ޖަވާބު ދިނުމުގެ ފުރުސަތު ދައުލަށް ދިނުމަށްފަހުއެވެ.

މި މައްސަލައަކީ ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏާއި އިކޮނޮމިކް މިނިސްޓްރީއާމެދު 2010 ވަނަ އަހަރު އެއްބަސްވުމެއްގެ ދަށުން އުތުރު ޕްރޮވިންސްގެ (ނ، ރ، ބ އަދި ޅ އަތޮޅުގެ) ދަތުރުފަތުރު ޚިދުމަތް ދިނުމުގެ އެންމެހާ ކަންކަން ހަވާލު ކުރުމަށްފަހު، އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަ ކޮށްދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެ އެއްބަސްވުން ބާތިލުކުރުމުން ދީބާޖާއިން ގެއްލުމުގެ ބަދަލު ހޯދުމަށް ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލަ އޭރު ސިވިލް ކޯޓަށް ހުށަހެޅުމުން މައްސަލަ ނިންމީ ދައުލަތުން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ ދީބާޖާ ކުންފުންޏާ އެއްކޮޅަށެވެ. ނަމަވެސް ދައުލަތުން ބުނީ އެއްބަސްވުން ބާތިލްކުރީ ދީބާޖާ ކުންފުނިން އެއްބަސްވުމާ ޚިލާފުވެފައިވާތީ ކަމަށެވެ. އަދި ސިވިލް ކޯޓުން، އެ ކުންފުންޏާ އެއްކޮޅަށް މައްސަލަ ނިންމުމުން ދައުލަތުގެ ފަރާތުން 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށް ދައުލަތާ އެއްކޮޅަށް ހުކުމް ކުރިއެވެ.

ނަމަވެސް ދީބާޖާ ކުންފުނިން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅީ އެ މައްސަލާގައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުން ކަމަށް ބުނެއެވެ. އެކަމާ ގުޅޭގޮތުން ދައުލަތުން ދިފާއުގައި ބުނީ، އިސްތިއުނާފުގެ މުއްދަތުގައި މައްސަލަ ހައިކޯޓަށް ހުށަނޭޅުނީ ސިވިލް ކޯޓުގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ލިބުން ލަސްވުމުގެ ސަބަބުންނާއި، އެ މައްސަލައާ ހަވާލުވި އެޓަރނީ ޖެނަރަލްގެ އޮފީހުގެ ވަކީލުންގެ އިހުމާލުގެ ސަބަބުން ކަމަށެވެ. 

މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނީ އިސްތިއުނާފު ކުރުުމުގެ މުއްދަތު ފަހަނަ އަޅާ ދިޔުމުން އެ ހައްގު ގެއްލޭނެ ކަމަށާއި، އަދި ހައިކޯޓަށް އެ މައްސަލަ ބަލައިގަނެ ކުރިއަށް ގެންގޮސްފައިވަނީ އިޖުރާއީ އުސޫލުތަކާއި، ޝަރުއީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަަމަށެވެ. އެގޮތުން ހައިކޯޓުން ކުރި ހުކުމް ބާތިލުކޮށް، ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ދީބާޖާއާ އެއްކޮޅަށް ހުކުމް ކޮށްފައެވެ. އަދި ދީބާޖާއަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 348.10 މިލިއަން ރުފިޔާ ދައްކަން ދައުލަތަށް ވަނީ ހުކުމް ކޮށްފައެވެ. 

ސުޕްރީމް ކޯޓުގަައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީއާއި، ފަނޑިޔާރު ޢަބްދުﷲ ޢަރީފާއި، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އެވެ. 

އެހެންނަމަވެސް، ޙުކުމް މުރާޖަޢާ ކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް އަލުން ހުށައެޅުމުން، ދީބާޖާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް ސުޕްރީމް ކޯޓުން އިއްވާފައިވާ ޙުކުމް އެ ކޯޓުން 7 އޭޕްރީލްގައި އަނެއްކާވެސް ބާތިލު ކުރީއެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ އިތުރުން ދެން ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރުންނަކީ ޑރ. އަޒްމިރާލްދާ ޒާހިރު އަދި ޑރ. މުޙައްމަދު އިބްރާހީމްއެވެ.

މި މައްސަލަ ރިވިއު ކުރުމަށްފަހު އޭރު ސުޕްރީމް ކޯޓުން ވަނީ 17 އޭޕްރީލް 2019 ވަނަ ދުވަހު ނިންމާފައިވާ ނިންމުން ބާތިލްކޮށް، ހައިކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ. އަދި 15 ދުވަސް ތެރޭގައި އެ މައްސަލަ އިސްތިއުނާފު ކޮށްދިނުން އެދި ސުޕްރީމް ކޯޓަށް ހުށައެޅުމުގެ ފުރުސަތު ލިބިގެންވާކަން ޙުކުމުގައި ބަޔާންކޮށްފައިވެއެވެ. އެއާއެކު އަނެއްކާވެސް މި މައްސަލައިގެ އަޑުއެހުންތައް މިވަނީ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައެވެ.

ދީބާޖާ އިންވެސްޓްމަންޓްސްދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

28 ޖޫން 2025
ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

04 ޖޫން 2025
މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

05 މެއި 2025
މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި

މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި

16 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު