Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއުރީދޫ ސާފް ޗެމްޕިއަންޝިޕް

އުރީދޫ ސާފް ޗެމްޕިއަންޝިޕް - ނޭޕާލުގެ ތައްޔާރީތައް

1 އޮކްޓޯބަރު 2021 | ހުކުރު 09:53

އިންޑިއާއާ ދެކޮޅަށް ނޭޕާލުން އެކުވެރިކަމުގެ ދެ މެޗެއް ކުޅުނެ

އަތޫފް އާތިފް
އަތޫފް އާތިފް | 1 އޮކްޓޯބަރު 2021 | ހުކުރު 09:53
ގަތަރުގައި ނޭޕާލުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ގަތަރުގައި ނޭޕާލުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

މި ފަހަރުގެ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" އަށް ތައްޔާރުވުމުގެ ގޮތުން ނޭޕާލުން ތަމްރީނު ކޭމްޕް ޖަހާފައިވަނީ ގަތަރުގައެވެ. މި ދަތުރުގެ ކުރިން ނޭޕާލުން އިންޑިއާއާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުނެވެ. ފުރަތަމަ މެޗުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު 1-1 ގެ ނަތީޖާއަކުން އިންޑިއާއާ އެއްވަރުވުއިރު، އެ މަހުގެ ފަސްވަނަ ދުވަހު އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

މީގެ އިތުރުން ގަތަރުގައި ކުރިއަށްގެންދިޔަ ކޭމްޕުގައި އޮމާނާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުނުއިރު، އެ މެޗުން 7-2 ގެ ބޮޑު ތަފާތަކުން އޮމާން ވަނީ ކުރިހޯދާފައެވެ.

ހުކުރު ދުވަހު ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ފަށާއިރު، ފުރަތަމަ މެޗުގައި ނޭޕާލުން ހުކުރު ދުވަހުގެރޭ ބައްދަލުކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ރާއްޖެއާއެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލާއި ރާއްޖެ ބައްދަލުކުރާއިރު، ރާއްޖޭން 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގައި ވަނީ 3-0 ގެ ނަތީޖާއަކުން ނޭޕާލް ބަލިކޮށްފައެވެ. އަދި ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލުން ރާއްޖެއާ ދެކޮޅަށް ހަތް މެޗެއް ކުޅެފައިވާއިރު، އޭފެ ތެރެއިން އެއްވެސް މެޗަކުން ނޭޕާލް މޮޅުވެފައެއް ނުވެއެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނޭޕާލުން ނުކުންނާނީ ކުވޭތުގެ ކޯޗު އަބްދުﷲ އަލް މުތައިރީގެ އިރުޝާދުގެ ދަށުންނެވެ. އެކަމަކު ދާދި ފަހުން ނޭޕާލުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ބައެއް މެމްބަރުންނާއި މުތައިރީއާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް ފަހު ވަގުތު ނޭޕާލުގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ މުތައިރީ ކޯޗު ކަމުގައި ބެހެއްޓުމަށް ނިންމާފައެވެ.

މި އަހަރުގެ މުބާރާތަށް ނޭޕާލުން ނުކުންނައިރު، އެ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާއްޖޭގެ ދަނޑަށް އެ ޓީމު ކުޅުންތެރިން ފަރިތަވުމެވެ. ކޯޗު މުތައިރީ މީގެ ކުރިން ނޭޕާލުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައިވެސް ވަނީ އެކަން ފާހަގަކޮށްފައެވެ. އެގޮތުން އެ ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ކިރަން ޝެމްޝޮން ވަނީ މީގެ ކުރިން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބަށް ކުޅެފައެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ދެކޮޅަށް ނޭޕާލް ނުކުންނައިރު، މުބާރާތުގެ ދެވަނަ މެޗުގައި އެ ގައުމު ނުކުންނާނީ އަންނަ ހޯމަ ދުވަހު ސްރީލަންކާއާ ދެކޮޅަށެވެ. އަދި މި މަހުގެ 10 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށް ނުކުންނައިރު، ފަހު މެޗުގައި މި މަހުގެ 13 ވަނަ ދުވަހު ނޭޕާލް ނުކުންނާނީ ބަންގްލަދޭޝާ ދެކޮޅަށެވެ.

ސާފް ޗެމްޕިއަންޝިޕް

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
01 ޖުލައި 2023

އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ

01 ޖުލައި 2023
އަޙުލާގު ރަނގަޅު ކުރުމަށް އިންޑިޔާ ކޯޗަށް އެ ގައުމުން ނަސޭހަތްތެރި ވެއްޖެ
01 ޖުލައި 2023

އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި

01 ޖުލައި 2023
އިންޑިޔާ ޓީމުގެ ކޯޗު ސެމީ އާއި ފައިނަލަށް ސަސްޕެންޑްކޮށްފި
30 ޖޫން 2023

ގައުމީ ޓީމު މާލެ އަންނާނީ ސެމީ ފައިނަލް މެޗުތައް ބަލާފައި!

30 ޖޫން 2023
ގައުމީ ޓީމު މާލެ އަންނާނީ ސެމީ ފައިނަލް މެޗުތައް ބަލާފައި!
28 ޖޫން 2023

ރާއްޖެ ކަޓައިފި، ތާރީޚީ ނާކާމިޔާބީއެއް

28 ޖޫން 2023
ރާއްޖެ ކަޓައިފި، ތާރީޚީ ނާކާމިޔާބީއެއް
28 ޖޫން 2023

ލެބަނަން ސެމީއަށް، ރާއްޖޭގެ އުއްމީދު ބޫޓާންގެ އަތްމައްޗަށް!

28 ޖޫން 2023
ލެބަނަން ސެމީއަށް، ރާއްޖޭގެ އުއްމީދު ބޫޓާންގެ އަތްމައްޗަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް