Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނެޓްބޯލް އެސޯސިއޭޝަން

ރާއްޖޭގެ ނެޓްބޯލް ދެ އަމްޕަޔަރަކަށް ބީ ބެޖް ސެޓްފިކެޓް ލިބިއްޖެ

ބީ ބެޖް ލިބުނު ދެ އަމްޕަޔަރުންނަކީ ރިލްވާން އާދަމާއި ނަބީލް އިބްރާހިމް

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 22 މެއި 2017 | ހޯމަ 19:12
ބީ ބެޖް ސެޓްފިކެޓް ހާސިލްކުރި ރާއްޖޭގެ ދެ އަމްޕަޔަރުން

ބީ ބެޖް ސެޓްފިކެޓް ހާސިލްކުރި ރާއްޖޭގެ ދެ އަމްޕަޔަރުން

ރާއްޖޭގެ ނެޓްބޯލް ދެ އަމްޕަޔަރުން ކަމަށްވާ ރިލްވާން އާދަމާއި ނަބީލް އިބްރާހިމަށް ބީ ބެޖް އަމްޔަރިންގް ސެޓްފިކެޓް ލިބިއްޖެއެވެ.

މިއާއެކު މި ދެ އަމްޕަޔަރުން ވެގެން ގޮސްފައި ވަނީ ރާއްޖޭގައި މިވަގުތު ތިބި ނެޓްބޯލް އެންމެ ސީނިއާ ދެ އަމްޕަޔަރުންނަށެވެ.

ކުރިން ސީ ބެޖް އަމްޕަޔަރުން ގޮތުގައި މަސައްކަތް ކުރި މި ދެ އަމްޕަޔަރުންނަށް ބީ ބެޖް އަމްޕަޔަރު ކަމުގެ ސެޓްފިކެޓް ލިބުނީ މިމަހުގެ ކުރީކޮޅު ދެކުނު ކޮރެޔާގެ ޖިއޮންޖޫގައި ކުރިއަށްދިޔަ އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ތަމްސީލްކޮށް އެ މުބާރާތުގައި ދެއްކި ޕާފޯމެންސަށް ބެލުމަށްފަހު އޭޝިއަން ނެޓްބޯލް ފެޑެރޭޝަނުންނެވެ.

ރިލްވާން އާދަމާއި ނަބީލް އިބްރާހިމަށް ލިބުނު މިކާމިޔާބީއާ ބެހޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ނެޓްބޯލް އެސޯސިއޭޝަންގެ ރައީސާ އައިމިނަތު ޝާޒްލީން (ޝާޒް) ވިދާޅުވީ ރާއްޖޭގައި މި ކުރިއެރުމާއިއެކު ރާއްޖޭގެ އެހެން އަމްޕަޔަރުންނަށް ހިތްވަރަކާއި އުއްމީދެއް ލިބިއްޖެ ކަމަށާއި އަދި ނެޓްބޯޅަ އަމްޕަޔަރިންގައި ކުރިއަށްދާން އަލި މަގެއް ފެނިއްޖެ ކަމަށެވެ.

ޝާޒް ވިދާޅުވީ ފިރިހެން އަމްޕަޔަރުންގެ އިތުރުން އަންހެން އަމްޕަޔަރުން ވެސް މިފަދަ މުބާރާތްތަކުގައި ތަމްސީލުކުރާތަން ފެންނަން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް އެފަރާތްތަކުން މިހާރަށްވުރެ ބުރަކޮށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މިހާރަށްވުރެން ބޮޑަށް އަންހެން އަމްޕަޔަރުންގެ ފިޒިކަލް ފިޓްނަސް ރަނގަޅުކުރަންޖެހޭ ކަމަށް ވެސް ޝާޒް ވިދާޅުވިއެވެ.

ރިލްވާން އާދަމަކީ މި އަހަރުގެ މުބާރާތުގެ އިތުރުން މިދިޔަ އަހަރުވެސް މި މުބާރާތުގައި ތަމްސީލްކޮށްފައިވާ ފަރާތެކެވެ. އޭނާ ވަނީ މިދިޔަ އަހަރު ތައިލެންޑުގައި އޮތް މުބާރާތުގެ ސެމީ ފައިނަލްގައި އަދި މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗުގައި އަމްޕަޔަރުކަން ކޮށްފައެވެ.

އޭޝިޔާގެ 8 ޤައުމުން 40 އަމްޕަޔަރުން ފުރިހަމަކުރި ތަމްރީންތަކުގައި ރާއްޖޭގެ ހަތަރު އަމްޕަޔަރުން ބައިވެރިވި އިރު، އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕުން ފުރުސަތު ލިބުނު ރިލްވާން އާދަމާއި ނަބީލް އިބްރާހީމަކީ މި ބައިވެރިންގެ އެންމެ ރަނގަޅު ޕާފޯމެންސެއް ދެއްކި 11 އަމްޕަޔަރުންގެ ތެރޭގައި ހިމެނޭ ދެ މީހުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން

ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން

02 އެޕްރީލު 2017
ނެޓްބޯލް ސީ ބެޖް ހަތަރު އަމްޕަޔަރުން ސިންގަޕޫރަށް

ނެޓްބޯލް ސީ ބެޖް ހަތަރު އަމްޕަޔަރުން ސިންގަޕޫރަށް

01 އެޕްރީލު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: އަންހެން ފައިނަލަށް އިމިގްރޭޝަން އަދި ކަސްޓަމްސް

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: އަންހެން ފައިނަލަށް އިމިގްރޭޝަން އަދި ކަސްޓަމްސް

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު