Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮޖާ ހަންޓް މަރުވުން

އިންގްލެންޑާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ހަންޓް މަރުވެއްޖެ

28 ސެޕްޓެމްބަރު 2021 | އަންގާރަ 13:49

ހަންޓް ވަނީ ލިވަޕޫލާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 28 ސެޕްޓެމްބަރު 2021 | އަންގާރަ 13:49
އިންގްލެންޑާއި ލިވަޕޫލުގެ ކުރީގެ ފޯވާޑް ރޮޖާ ހަންޓް

އިންގްލެންޑާއި ލިވަޕޫލުގެ ކުރީގެ ފޯވާޑް ރޮޖާ ހަންޓް

އިންގްލެންޑަށް 1966 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ފޯވާޑް ރޮޖާ ހަންޓް (ސާ ރޮޖާ) އުމުރުން 83 އަހަރުގައި މަރުވެއްޖެއެވެ.

އިންގްލެންޑަށް 34 މެޗު ކުޅެދީފައިވާ ހަންޓް ވަނީ 1966 ވަނަ އަހަރު އިންގްލެންޑުން ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދިއިރު، މުބާރާތުގައި އެ ޓީމުން ކުޅުނު ހަ މެޗުގައިވެސް ކުޅެފައެވެ. އަދި މި ހަ މެޗުގައި އޭނާ ވަނީ ތިން ލަނޑު ޖަހާފައެވެ.

މީގެ އިތުރުން ހަންޓް ވަނީ ކުލަބު ކެރިއަރުގައި ލިވަޕޫލާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 1958 ވަނަ އަހަރު ހަންޓް އެންމެ ފުރަތަމަ ލިވަޕޫލާ ގުޅުނުއިރު އެ ޓީމު އޮތީ އިނގިރޭސި ދެވަނަ ޑިވިޝަނުގައެވެ. އެކަމަކު ހަންޓުގެ މޮޅު ކުޅުމާއެކު 1962 ވަނަ އަހަރު ލިވަޕޫލުން ވަނީ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެފައެވެ.

އޭގެ ފަހުން ހަންޓް ވަނީ ލިވަޕޫލާއެކު 1964 ވަނަ އަހަރާއި 1966 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި ވަނީ އެ ކުލަބާއެކު 1965 ވަނަ އަހަރުގެ އެފްއޭ ކަޕުގެ އިތުރުން އެފްއޭ ޗެރިޓީ ޝީލްޑް ތިން ފަހަރު ކާމިޔާބުކޮށްފައެވެ. އަދި ލިވަޕޫލުގެ ޖާޒީގައި ކުޅުނު 492 މެޗުގައި އޭނާ ވަނީ ޖުމްލަ 285 ލަނޑު ޖަހާފައެވެ.

ހަންޓް މަރުވުމުގެ ހިތާމައިގައި ބައިވެރިވެ ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ ހަންޓަކީ ލިވަޕޫލުގެ ތާރީޚުގައި ދެވަނައަށް އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށެވެ. އެގޮތުން ލިވަޕޫލުގެ ލެޖެންޑުންގެ ތެރޭގައި ހަންޓް ހިމެނޭއިރު، މިހާރު ލިވަޕޫލް އޮތް ހާލަތަށް ގެނައުމުގައި ހަންޓުގެ ދައުރު ބޮޑު ކަމަށްވެސް ވަނީ ބުނެފައެވެ.

ލިވަޕޫލާއެކު ހަންޓް ގިނަ ރިކޯޑުތަކެއްވެސް ހެދިއިރު، އޭގެ ތެރޭގައި އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި ލިވަޕޫލަށް އެންމެ އަވަހަށް 100 ލަނޑު ހަމަކުރި ކުޅުންތެރިޔާގެ ރިކޯޑުވެސް ހިމެނުނެވެ. އެކަމަކު މިދިޔަ ހޮނިހިރު ދުވަހު ލިވަޕޫލުގެ ފޯވާޑް މުހައްމަދު ސަލާހު ވަނީ ހަންޓުގެ އެ ރިކޯޑު މުގުރާލާފައެވެ. ލިވަޕޫލަށް ކުޅެދިން 151 މެޗުން ސަލާހު 100 ލަނޑު ހަމަކުރިއިރު، މީގެ ކުރިން ހަންޓް އެ ރިކޯޑު ހަދާފައިވަނީ 152 މެޗުންނެވެ.

ލިވަޕޫލުގައި ކާމިޔާބު 11 ސީޒަން ހޭދަކުރުމަށްފަހު ހަންޓް ވަނީ އިންގްލެންޑުގެ ބޮލްޓަން ވަންޑަރާސްއަށްވެސް ކުޅެފައެވެ.

ރޮޖާ ހަންޓް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް