Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރަޕިއަން ސުޕަ ލީގު

ސުޕަ ލީގު ކުލަބުތަކުގެ މައްސަލަ ޔުއެފާއިން ދޫކޮށްލައިފި

މައްސަލަ ބެލިކަމުގެ އެއްވެސް ރިކޯޑެއް ބާއްވަން ޔުއެފާއިން ބޭނުމެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2021 | އަންގާރަ 10:35
ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިންއާއި ރެއާލުގެ ރައީސް އަދި ސުޕަ ލީގުގެ ޗެއާމަން ފްލޮރިންޓީނޯ ޕެރޭޒް

ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިންއާއި ރެއާލުގެ ރައީސް އަދި ސުޕަ ލީގުގެ ޗެއާމަން ފްލޮރިންޓީނޯ ޕެރޭޒް

ޔޫރަޕިއަން ސުޕަ ލީގުގައި ދެމި އޮންނަން ނިންމި ކުލަބުތަކުގެ މައްސަލަ ދޫކޮށްލަން ޔުއެފާއިން ނިންމައިފިއެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ސުޕަ ލީގު އިއުލާންކުރީ ފައުންޑާ 12 ކުލަބަކާއެކުއެވެ. އޭގެ ތެރޭގައި ހިމެނުނީ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި، ލިވަޕޫލާއި، ޗެލްސީ އާއި، މެންޗެސްޓާ ސިޓީ އާއި، އާސެނަލް އަދި ޓޮޓެންހަމް ހޮޓްސްފާ އާއި، ސްޕެނިޝް ލީގުގެ ރެއާލް މެޑްރިޑާއި، ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑުގެ އިތުރުން އިޓާލިއަން ލީގުގެ އިންޓަ މިލާނާއި، އޭސީ މިލާން އަދި ޔުވެންޓަސްއެވެ.

ސުޕަ ލީގު އިއުލާންކުރީ ޔުއެފާ އާއި ފީފާއިން އެކަމާ ދެކޮޅަށް ތަކުރާރުކޮށް އިންޒާރު ދެމުން އަންނަނިކޮށެވެ. އަދި ސުޕަ ލީގާއެކު ފުޓްބޯޅަ ސަޕޯޓަރުން ނުރުހުން ފާޅުކުރަން ފެށުމާ ގުޅިގެން، އެ ލީގުގައި ހިމެނުނު އިނގިރޭސި ހަ ކުލަބުންވެސް ވަނީ އެ މުބާރާތުން ވަކިވިކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. ދެން އެ މުބާރާތުން ވަކިވެފައިވަނީ އިންޓަ އާއި މިލާނުގެ އިތުރުން ސްޕެއިނުގެ އެތުލެޓިކޯއެވެ. އެހެންކަމުން މި ވަގުތު ސުޕަ ލީގުން ވަކިނުވެ އޮތް ތިން ކުލަބަކީ ރެއާލާއި، ބާސާ އަދި ޔުވެންޓަސްއެވެ.

މީގެ ކުރިން ސުޕަ ލީގުގެ މައްސަލަ މެޑްރިޑުގެ ކޯޓެއްގައި ކުރިއަށްދިޔައިރު، އެ މައްސަލައިގައި އެ ކޯޓުން ވަނީ ސުޕަ ލީގުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށް ނިންމާފައެވެ. އެއާއެކު ބާސާ، ރެއާލް އަދި ޔުވެންޓަސްއިން ނެރުނު ބަޔާނުތަކުގައި ވަނީ ރަސްމީ އިދާރާތަކާ ގުޅިގެން ސުޕަ ލީގު ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ހޯމަ ދުވަހުގެރޭ ޔުއެފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުޕަ ލީގާ ދެކޮޅަށް މިހާތަނަށް ކޯޓުގައި ކުރިއަށް ގެންދިޔަ މައްސަލަ އަނބުރާ ގެންދިޔައީ އެއީ ނުހިނގާ ކަމެއްގެ ގޮތުގައި އެއްބަސްވުމަށްފަހު ކަމަށެވެ. އަދި އެ މައްސަލަ ޔުއެފާއިން ކުރިއަށް ގެންދިޔަކަމުގެ އެއްވެސް ރިކޯޑެއް ބާއްވަން ބޭނުމެއް ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސުޕަ ލީގު ކުލަބުތަކުގެ މައްސަލައިގައި ކުރިއަށް ނުދާން ނިންމި ނަމަވެސް، ޔުއެފާއިން އަދިވެސް ސުޕަ ލީގުގެ ވިސްނުމާ ދެކޮޅު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޔުއެފާއިން ސުޕަ ލީގުގައި ހިމެނޭ ތިން ކުލަބުގެ މައްސަލަ ދޫކޮށްލި ނަމަވެސް، މީގެ ކުރިން ސުޕަ ލީގުން ވަކިވި ނުވަ ކުލަބު ޖޫރިމަނާކުރަން އެ އިދާރާއިން ވަނީ ނިންމާފައެވެ. އެގޮތުން ސުޕަ ލީގުން ވަކިވި ކުލަބުތަކުން 15 މިލިޔަން ޕައުންޑް އެއްކޮށް ޔުއެފާގެ ގްރާސްރޫޓް ޕްރޮގްރާމަށް ފަންޑުކުރަން އެންގުމާއި، އެއް ސީޒަން ވަންދެން އެ ކުލަބުތަކަށް ލިބޭ ފައިސާގެ ފަސް އިންސައްތަ ޔުއެފާއަށް ނެގުމުގެ އިތުރުން، ކުރިއަށް އޮތްތަނުގައި ސުޕަ ލީގު ފަދަ ޔުއެފާގެ އުސޫލާ ޚިލާފު މުބާރާތެއްގައި ބައިވެރިވެއްޖެނަމަ 100 މިލިޔަން ޕައުންޑުގެ ޖޫރިމަނާއެއް ދައްކަން އެއްބަސްވުމާއި، ޔުއެފާގެ އެ ނޫން ވެސް އެހެން ކޮންމެ އުސޫލަކާ ޚިލާފުވެއްޖެނަމަ އެ ކުލަބެއް 50 މިލިޔަން ޕައުންޑްގެ ޖޫރިމަނާކުރަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ސުޕަ ލީގުގައި ބައިވެރިވި އިނގިރޭސި ހަ ކުލަބު ޖޫރިމަނާކުރަން އިނގިރޭސި ޕްރިމިއާ ލީގުންވެސް ވަނީ ނިންމާފައެވެ. އެގޮތުން އެ ހަ ކުލަބު އެކުވެގެން 21 މިލިޔަން ޕައުންޑް ދެއްކުމަށް ވަނީ އަންގާފައެވެ. އެއީ ކޮންމެ ކުލަބަކުން 3.5 މިލިޔަން ޕައުންޑެވެ. އަދި ޕްރިމިއާ ލީގުގެ ގަވާއިދު ހުއްދަ ނުދޭ މަޝްރޫއެއްގައި ދެން ބައިވެރިވެއްޖެނަމަ، އެ ކުލަބެއް ޖޫރިމަނާކުރުމުގެ އިތުރުން ޕޮއިންޓް އުނިކުރާނެ ކަމަށްވެސް ވަނީ އަންގާފައެވެ.

ޔޫރަޕިއަން ސުޕަ ލީގުޔުއެފާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025
ސްޕަލެއްޓީގެ ފާޑު ކިޔުން ސުޕަ ލީގަށް

ސްޕަލެއްޓީގެ ފާޑު ކިޔުން ސުޕަ ލީގަށް

02 ޖެނުއަރީ 2024
ސުޕަލީގުގައި އިނގިރޭސި ކްލަބްތައް ދިޔަނުދޭން ބޮޑުވަޒީރު މަސައްކަތް ފައްޓަވައިފި

ސުޕަލީގުގައި އިނގިރޭސި ކްލަބްތައް ދިޔަނުދޭން ބޮޑުވަޒީރު މަސައްކަތް ފައްޓަވައިފި

23 ޑިސެމްބަރު 2023
ކޯޓުން ނިންމީ ފީފާ، ޔޫއޭފާ އަށް ސުޕަލީގް މަނާ ނުކުރެވޭނެ ކަމަށް

ކޯޓުން ނިންމީ ފީފާ، ޔޫއޭފާ އަށް ސުޕަލީގް މަނާ ނުކުރެވޭނެ ކަމަށް

22 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު