Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖާބިރު ސެކިއުރިޓީ

ޖާބިރަށް ސެކިއުރިޓީ ދޭން އެދިއްޖެ

28 ސެޕްޓެމްބަރު 2021 | އަންގާރަ 08:37

މެމްބަރުން އެދިއްޖެ ހާލަތެއްގައި އެ މެމްބަރަކަށް ސެކިއުރިޓީ ހަމަޖައްސައިދޭން ޖެހޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 28 ސެޕްޓެމްބަރު 2021 | އަންގާރަ 08:37
އަބްދުﷲ ޖާބިރު - ކާށިދޫ ދާއިރާގެ މެމްބަރު

އަބްދުﷲ ޖާބިރު - ކާށިދޫ ދާއިރާގެ މެމްބަރު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ސެކިއުރިޓީ ދިނުމަށް ރައްޔިތުންގެ މަޖިލީހުން އެމްއެންޑީފްގައި އެދިއްޖެއެވެ.

އެންމެ މަތީ ދަރަޖައިގެ ސެކިއުރިޓީ ހަމަޖައްސަވައިދެއްވުމަށް ޖާބިރު އެދިވަޑައިގެންފައި މިވަނީ އއ. މަތިވެރިއަށް ދިއުމުން އޭނާއަށް ހަމަލާދިން ކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުން ޑިފެންސް މިނިސްޓަރަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ސެކިއުރިޓީ ހަމަޖައްސަވައި ދެއްވުމަށް ޖާބިރު އެދި ވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން ޖާބިރަށް ސެކިއުރިޓީ ދިނުމަށް އެދޭ ކަމަށެވެ. މެމްބަރުން އެދިއްޖެ ހާލަތެއްގައި އެ މެމްބަރަކަށް ސެކިއުރިޓީ ހަމަޖައްސައިދޭން ޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވެއެވެ.

ސެކިއުރިޓީއަށް އެދިވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ޖާބިރު ފޮނުއްވި ސިޓީގައި ބުނެފައިވަނީ, އެމަނިކުފާނަކީ ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު ކަމަށްވާތީއާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވާތީ ޑިފެންސް މިނިސްޓްރީ މެދުވެރި ކުރައްވައި ވީއެންމެ އަވަހަކަށް، އެންމެ މަތީ ދަރަޖައިގެ ސެކިއުރިޓީ ހަމަޖައްސައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެމަނިކުފާނަކީ، ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ މަޖިލީހުގައި ވަކާލާތުކޮށް ޑިމޮކްރެސީއަށްޓަކައި މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށާއި، އެކަން ނިމުމަކަށް ގެނައުމަށްޓަކައި މަރާލާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ލިބެމުން އަންނަ ކަމަށެވެ. އަދި އއ. މަތިވެރިން ދިން ހަަމަލާއިން ﷲގެ ހެޔޮ ރަހުމަތާއެކު ސަލާމަތްވެފައިވާކަމަށް ވެސް ސިޓީގައި ބުނެފައިވެއވެެ.

ޖާބިރު، އއ. މަތިވެރިއަށް ދިއުމުން އޭނާއަށް ހަމަލާދިން ކަމަށް ބުނާ މައްސަލައެއްގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ ހައްޔަރުކޮށްފައިވަނީ 42 އަހަރާއި 19 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. ރަސްދޫ ކޯޓުން ވަނީ މި މަހުގެ 23ވަނަ ދުވަހު، މި ދެ މީހުންގެ ބަންދަށް 7 ދުވަސް ޖަހާފައެވެ.

ޖާބިރަށް ހަމަލާދިންކަމަށްބުނެ ފުލުހުން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، މި މަހުގެ 21 ދުވަހު ޖާބިރު އެ ރަށަށް އަރަން މަސައްކަތް ކުރުމުން، މަތިވެރި ކައުންސިލަށް ދައްކަންޖެހޭ 4.7 މިލިއަން ރުފިޔާ ނުދައްކާ ކަމަށް ބުނެ، އެ ރަށު ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ. އަދި ޖާބިރަށް ވަނީ އަނިޔާ ވެސް ކޮށްފައިވެއެވެ. މި ހަމަނުޖެހުން ހިންގަން ފެށުމުން އެރަށު ފުލުހުން ވަނީ ޖާބިރު ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައެވެ. އަދި ފަހުން އެސްއޯ ފުލުހުންނާއެކު ޖާބިރު ޕޮލިސް ސްޓޭޝަނުން ނުކުތް ވަގުތު ވެސް ހަމަލާދީފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ރާއްޖެއެމްވީއަށް މަތިވެރި ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް ވިދާޅުވީ މަތިވެރީގެ ރައްޔިތުން ޖާބިރާ ދެކޮޅަށް މުޒާހަރާއަށް ނުކުތީ ކައުންސިލަށް ދައްކަން ޖެހޭ 4.7 މިލިއަން ރުފިޔާ ނުދައްކާތީ ކަމަށާއި، އެފައިސާ ދައްކަން ރައްޔިތުން ޑިމާންޑް ކުރި ކަމަށެވެ.

އަބްދުﷲ ޖާބިރުރައްޔިތުންގެ މަޖިލިސްމިނިސްޓްރީ އޮފް ޑިފެންސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް