Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕްގެ އިންޝުއަރަންސް ޕާޓްނަރަަކަށް އެލައިޑް އިންޝުއަރަންސް

ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭގޮތަށް ހާއްސަ އިންޝުއަަރަންސް ޕެކޭޖެއް ފޯރުކޮށްދީފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2021 | އަންގާރަ 06:26
ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކުރިޔަށް އޮތް ދިވެހިންގެ ފުޓްބޯޅަ އީދު، "ސާފް ޗެމްޕިއަންޝިޕް"ގެ މި އަހަރުގެ އިންޝުއަރަންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރަންސް ކުންފުނި ސޮއިކޮށްފިއެވެ.

ފުޓުބޯޅަ އެސޯސިއޭޝަނާ އެކު ޕާޓްނަރވުމަށް، ގަލޮޅު ސްޓޭޑިއަމްގައި ކުރިޔަށްގެންދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެލައިޑް އިންޝުއަރަންސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަފާޒު އެެވެ. އަދި ފުޓުބޯޅަ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.

Advertisement - newsAdvertisement

އޮކްޓޫބަރު މަހުގެ 1-16 އަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އިންޝުއަރަންސް ޕާޓްނަރުގެ ހައިސިއްޔަތުން އެލައިޑް އިންޝުއަރަންސުން ވަނީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭގޮތަށް ހާއްސަ އިންޝުއަަރަންސް ޕެކޭޖެއް ފޯރުކޮށްދީފައެވެ. އެގޮތުން ކުޅުންތެރިންނަށް ދަނޑުމަތީގައި ކުރިމަތިވެދާނެ ހާނީއްކަތަކާއި އެހެނިހެން ހާލަތްތައް ކަވަރު ކުރާ ގޮތަށް ތައްޔާރުކޮށްފައިވާ މި "ގްރޫޕް ޕަރސަނަލް އެކްސިޑެންޓް" އިންޝުއަރަންސް ޕްލޭންގެ ރައްކާތެރިކަން 29 ކުޅުންތެރިންނާއި 6 އޮފިޝަލުން ހިމެނޭގޮތަށް މުޅި ޓީމަށް މުބާރާތް ނިމެންދެން ލިބޭނެ ކަމުގައި އެލައިޑުން ބުންޏެވެ.

މީގެ އިތުރުން، މުބާރާތުގެ ފޯރިއާއި ގައުމީ ރޫހު އިތުރު ކުރުމަށް އިތުރު ކަންތައްތަކެއް ރާވަމުން ދާކަމަށް ވެސް އެކުންފުނިން ފާހަގަކުރިއެވެ. މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ހުކުރު ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. 

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު، މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. އެގޮތުން 2008 ވަނަ އަހަރުގެ މުބާރާތް ރާއްޖެ އާއި ސްރީ ލަންކާގައި ބޭއްވިއިރު، ރާއްޖެއިން ވަނީ އެ ފަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

އެލައިޑް އިންޝުއަރެންސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

02 ސެޕްޓެމްބަރު 2025
މުދަލު ޒަކާތުގެ ގޮތުގައި 2852 ފަޤީރުންނަށް ބޮލަކަށް 5000 ރުފިޔާ ބަހައިފި

މުދަލު ޒަކާތުގެ ގޮތުގައި 2852 ފަޤީރުންނަށް ބޮލަކަށް 5000 ރުފިޔާ ބަހައިފި

26 ޖޫން 2025
ޓީޓީއެމް ގާލާގެ ތެރެއިން ނަސީބުވެރި 3 ފަރާތަކަށް އެލައިޑްގެ ކޮމްޕްލިމެންޓަރީ ޕްރިމިއަމް ހެލްތް ޕްލޭނަކާއި ވަރލްޑްވައިޑް ޓްރެވަލް ޕްލޭންސް ހަދިޔާކޮށްފި

ޓީޓީއެމް ގާލާގެ ތެރެއިން ނަސީބުވެރި 3 ފަރާތަކަށް އެލައިޑްގެ ކޮމްޕްލިމެންޓަރީ ޕްރިމިއަމް ހެލްތް ޕްލޭނަކާއި ވަރލްޑްވައިޑް ޓްރެވަލް ޕްލޭންސް ހަދިޔާކޮށްފި

26 އޯގަސްޓު 2024
އެލައިޑުގެ ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއަށް ޚާއްސަ ޕްރޮމޯޝަނެއް

އެލައިޑުގެ ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއަށް ޚާއްސަ ޕްރޮމޯޝަނެއް

09 މެއި 2024
އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިޔުކޭޝަން ފަންޑް ލިބޭ ފަރާތްތައް އިއުލާންކޮށްފި

އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިޔުކޭޝަން ފަންޑް ލިބޭ ފަރާތްތައް އިއުލާންކޮށްފި

04 ޖެނުއަރީ 2024

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު