Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މުވައްޒަފުންގެ އެލަވަންސް

ކޮވިޑް-19އާ ގުޅިގެން ހުއްޓާލި އެލަވަންސް އަލުން ދޭއިރު، ނުލިބި ދިޔަ ދުވަސްތައް ނުހިމެނޭނެ

މުސާރައާއި އެލަވަންސްތައް ހަމަހަމަކުރުމަށް ކުރާ މަސައްކަތްތައް ވެސް ޕޭ ކޮމިޝަނުން ކުރަމުން އަންނަނީ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2021 | އަންގާރަ 05:23
އިބްރާހިމް އަމީރް - ފިނޭންސް މިނިސްޓަރ

އިބްރާހިމް އަމީރް - ފިނޭންސް މިނިސްޓަރ

ކޮވިޑް-19ގެ ސަބަބުން ގެއްލިގެންދިޔަ އާމްދަނީއަކި މުސްތަގްބަލުގައި ލިބޭނެ އާމްދަނީއެއް ނޫން ކަމުން, ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުމަށް ހުއްޓާލުމަށް ނިންމި އެލަވަންސް އަލުން ދޭން ފަށާއިރު، ނުލިބި ދިޔަ ދުވަސްތަކަށް އެލަވަންސް ނުދޭ ގޮތަށް ނިންމާފައިވާ ކަަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ޝަފީގް ކުރެއްވި ސުވާލަކީ، 2020 ވަނަ އަހަރުން ފެށިގެން ސިވިލް ސަރވިސް މުވައްޒަފުންގެ ސެޓްފިކެޓް އެލަވަންސްއާއި ޕާފޯމަންސް އެލަވަންސް ދިނުން ވަނީ ހުއްޓާލާފައިވާ ޝަކުވާ ބައެއް މުވައްޒަފުންގެ ފަރާތުން، ޚާއްޞަ ގޮތެއްގައި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ޓީޗަރުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ. އެހެންކަމުން މި އެލަވަންސް ދެއްވަން ފައްޓަވާނީ ކޮން އިރަކުންތޯ އާއި، އަދި ދެއްވަން ފައްޓަވާއިރު، އެލަވަންސް ނުލިބި ފާއިތުވެގެން މިދިޔަ ދުވަސްތައް ހިމަނުއްވާނެތޯއެވެ.

Advertisement - newsAdvertisement

ސުވާލަށް ޖަވާބުދެއްވައި މިނިސްޓަރ ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، ޕާރފޯމެންސް އެލަވަންސް ދޭން ފަށާނީ، ދައުލަތުގެ އާމްދަނީއަށް އައި ހީނަރުކަން ފިލައިގެން ދިޔުމުން ކަަމަށެވެ. މުވައްޒަފުންގެ ޕްރޮމޯޝަން ކޮވިޑް-19އާ ގުޅިގެން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށާއި، މިގޮތުން ތައުލީމީީ ދާއިރާ ހިމެނޭ ގޮތުން ދެވޭ ސެޓްފިކެޓް އެލަވަންސާއި، ޕާރމޯމެންސް އެލަވަންސް ދިނުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލެވިފައި ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ގިނަ މުވައްޒަފުންގެ އެދުމުގެ މަތިން ސެޓްފިކެޓް އެލަވަންސް މިހާރުވަނީ ދޭން ފަށާފައި ކަމަށާއި، ޕާރމޯމެންސް އެލަވަން ދޭން ފަށަން އެންމެ އެކަށީގެންވަނީ ދައުލަތުގެ އާމްދަނީއަށް އައި ހީނަރުކަން ފިލައި ދިޔުމުން ކަމަށް ވިދާޅުވިއެވެ. ތަންފީޒުކުރާނެ ގޮތް އެކުލަވާލުމުގެ އިތުރުން ވަޒީފާގެ ގޮތުން އެއްހަމަ މުވައްޒަފުންގެ މެދުގައި މުސާރައާއި އެލަވަންސްތައް ހަމަހަމަ ކުރުމަށް ކުރާ މަސައްކަތްތައްވެސް ޕޭ ކޮމިޝަނުން ކުރަމުން އަންނަ ކަމުގައި ވިދާޅުވިއެވެ.

ކޮވިޑް-19އާއެކު ދިމާވި އިގްތިސާދީ ތަދުމަޑުކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކުރިމަތިވި ހީނަރުކަމާއެކު ދައުލަތުގެ ކޭޝަ ފްލޯ މެނޭޖް ކުރުމަށްޓަކައި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅަން ޖެހުނު ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ޖުލައި 2021ގައި މަޖިލީޖހަށް ހުށަހެޅި ފިސްކަލް ސްޓްރެޓެޖީ 2022 - 2024ގައިވެސް ބަޔާން ކޮށްފައިވާ ފަދައިން ކޮވިޑް-19ގެ ހާލަތުން އަރައިގަނެވި އާއްމު ހާލަތަކަށް ރުޖޫއަވެވެންދެން ޚަރަދުތައް ކޮންޓްރޯލް ކުރުމަށް އެޅެންހުރި ފިޔަވަޅުތައް އަޅަމުން ގެންގޮސް އެ ފިޔަވަޅުތައް ދެމެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެކަމަށް އެންމެ ފުރަތަމަ ކުރެވެން އޮތީ، ކޮވިޑާ ނުގުޅޭ ޚަރަދުތަކެއް ކަަމަށާއި، އެގޮތުން މުވައްޒަފުންނަށް ކުރާ ޚަރަދުގެ ތެރެއިން ގިނަ ދާއިރާތަކަކުން ޚަރަދު ކުޑަކުރުުގެ ފިޔަވަޅުތައް އަޅާފައިވާކަން ފާހަގަކުރެއްވިއެވެ. ކުރިން ހުރި ވަރަށް ދައުލަތުގެ އާމްދަނީ ކުރިން ހުރިވަރަށް އިއާދަ ކުރެވެން އޮތީ، 2023ވަނަ އަހަރު ކަމުން މިހާރު އަޅާފައިވާ ފިޔަވަޅުތައް އެހިސާބަަށް ދަމަހައްޓައިގެން މެނުވީ ދައުލަތުގެ ކޭޝް ފްލޯ ހިގެހެއްޓުމަށް ދަތިވާނެތީ، ޚަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަންވަނީ ބަލާފައި ކަމަށް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު