Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެމްއެންޔޫއެސްޔޫ ވޮލީބޯޅަ މުބާރާތް

އެންމެ ފަހުގެ ޗެމްޕިއަން ސީއެފްއެސް އާއި އެސްއެން ސެމީއަށް

މިއީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނައަށް އެންމެ ބޮޑު ހަރަކާތް

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2021 | އަންގާރަ 13:09
އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ ތެރެއިން

އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ ތެރެއިން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއިން ބާއްވާ "އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2021" ގެ ސެމީ ފައިނަލަށް ފިރިހެން ޑިވިޝަނުގެ އެންމެ ފަހުގެ ޗެމްޕިއަން ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީސް (ސީއެފްއެސް) އަދި އަންހެން ޑިވިޝަނުގެ އެންމެ ފަހުގެ ޗެމްޕިއަން ސްކޫލް އޮފް ނާސިން (އެސްއެން) ދަތުރުކޮށްފިއެވެ.

ފިރިހެން ޑިވިޝަނުގެ ފައިނަލަށް ސީއެފްއެސްއިން ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. އެގޮތުން ގްރޫޕްގެ ފުރަތަމަ މެޗުގައި ފެކަލްޓީ އޮފް ހެލްތު ސައިންސް (އެފްއެޗްއެސް) ގެ މައްޗަށް ސީދާ ދެ ސެޓުން ކުރިހޯދާފައިވާއިރު، ދެވަނަ މެޗުގައި ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީގެ މައްޗަށްވެސް ސީއެފްއެސްއިން ކުރި ހޯދީ ސީދާ ދެ ސެޓުންނެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެމްއެންޔޫ ބިޒްނަސް ސްކޫލުގެ މައްޗަށްވެސް ސީއެފްއެސްއިން ކުރިހޯދީ ސީދާ ދެ ސެޓުންނެވެ.

މި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރީ އެމްއެންޔޫ ބިޒްނަސް ސްކޫލެވެ. އެގޮތުން އެމްއެންޔޫ ބިޒްނަސް ސްކޫލުން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ސީދާ ދެ ސެޓުން މޮޅުވެފައެވެ. އެކަމަކު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސީއެފްއެސް އަތުން ސީދާ ތިން ސެޓުން ވަނީ ބަލިވެފައެވެ.

ފިރިހެން ޑިވިޝަނުގެ ގްރޫޕް "ބީ" އިން ސެމީ ފައިނަލަށް ދަތުރުކުރީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްސް (އެފްއެޗްޓީއެސް) އަދި ސްކޫލް އޮފް ނާސިން (އެސްއެން) އެވެ. ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި އެފްއެޗްޓީއެސް ސެމީ ފައިނަލަށް ދަތުރުކުރިއިރު، ފުރަތަމަ މެޗުގައި ފެކަލްޓީ އޮފް ޝަރިއާ އެންޑް ލޯ ގެ މައްޗަށް އެ ޓީމުން ކުރި ހޯދީ ސީދާ ދެ ސެޓުންނެވެ. އަދި ދެވަނަ މެޗުގައި އެސްއެންގެ މައްޗަށް ކުރި ހޯދީ ދެ ސެޓު އެއްސެޓުންނެވެ.

މި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރީ އެސްއެންއެވެ. އެ ޓީމުން ފުރަތަމަ ކުޅުނު މެޗުގައި އެފްއެޗްޓީއެސް އަތުން 2-1 ސެޓުން ބަލިވި ނަމަވެސް، ދެވަނަ މެޗުގައި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ މައްޗަށް ސީދާ ދެ ސެޓުން ވަނީ ކުރިހޯދާފައެވެ.

މީގެ އިތުރުން އަންހެން ޑިވިޝަނުގެ ގްރޫޕް "އޭ" ގެ އެއްވަނަ ޓީމުގެ ގޮތުގައި އެންމެ ފަހުގެ ރަނަރަޕް އެމްއެންޔޫ ބިޒްނަސް ސްކޫލް ސެމީއަށް ދަތުރުކުރިއިރު، އެ ޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ. އެގޮތުން ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އަތުން ސީދާ ދެ ސެޓުންނެވެ. އަދި ދެވަނަ މެޗުގައި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފްއީ) ގެ މައްޗަށް ކުރިހޯދީވެސް ސީދާ ދެ ސެޓުންނެވެ. އަދި ތިންވަނަ މެޗުގައި އެފްއެޗްޓީއެސްއާ ދެކޮޅަށް ނުކުތްއިރު، އެ މެޗުވެސް ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ.

އަންހެން ޑިވިޝަނުގެ ގްރޫޕް "ބީ" ގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން އެސްއެންއެވެ. އެ ޓީމުން ފުރަތަމަ މެޗުގައި ގަމު ކެމްޕަސް ބަލިކުރީ ސީދާ ދެ ސެޓުންނެވެ. އަދި ދެވަނަ މެޗުގައި ސީދާ ދެ ސެޓުން ސީއެފްއެސް ބަލިކުރިއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެފްއެޗްއެސްވެސް ބަލިކުރީ ސީދާ ދެ ސެޓުންނެވެ. މި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ އެފްއެޗްއެސްއެވެ. އެ ޓީމުން ކުޅުނު މެޗުތަކުގެ ތެރެއިން ބަލިވެފައިވަނީ އެސްއެން އަތުން އެކަންޏެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލް މެޗުތައް އަންގާރަ ދުވަހުގެރޭ ކުޅޭއިރު، ފުރަތަމަ މެޗުގައި ނުކުންނާނީ އެސްއެން އާއި އެފްއީއެވެ. އަދި ދެވަނަ މެޗުގައި އެމްއެންޔޫ ބިޒްނަސް ސްކޫލާ ދެކޮޅަށް ނުކުންނާނީ އެފްއެޗްއެސް އެވެ. އަދި މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އެފްއެޗްޓީއެސްއާ ދެކޮޅަށް ނުކުންނާނީ އެމްއެންޔޫ ބިޒްނަސް ސްކޫލެވެ. އަދި ދެވަނަ މެޗުގައި ސީއެފްއެސްއާ ބައްދަލުކުރާނީ އެސްއެންއެވެ.

މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންއިން ބާއްވާ ދެވަނައަށް އެންމެ ބޮޑު ހަރަކާތެވެ.

އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ-ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ-ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

12 މާރިޗު 2022
ސީއެފްއެސްއިން ތަށި ދިފާއުކުރިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ބީއެސްއަށް

ސީއެފްއެސްއިން ތަށި ދިފާއުކުރިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ބީއެސްއަށް

02 އޮކްޓޯބަރު 2021
އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް ފަށައިފި

އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް ފަށައިފި

24 ސެޕްޓެމްބަރު 2021
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު