Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެމްއެންޔޫއެސްޔޫ ވޮލީބޯޅަ މުބާރާތް

އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް ފަށައިފި

މިއީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނައަށް އެންމެ ބޮޑު ހަރަކާތް

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2021 | ހުކުރު 11:23
އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2021

އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2021

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން ބާއްވާ ދެވަނައަށް އެންމެ ބޮޑު މުބާރާތް ކަމަށްވާ "އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2021" ފަށައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ މި މުބާރާތް ފެށިއިރު، މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއެންޔޫގެ ޑިޕިއުޓީ ވައިސް ޗާންސެލަރ ހުސައިން ހަލީމާއި، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ރަނޭޝްގެ އިތުރުން އެމްއެންޔޫގެ ފެކަލްޓީތަކުގެ ޑީނުންނާއި ލެކްޗަރާއިން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގައި ބުރާސްފަތި ދުވަހުގެރޭ ތިން މެޗެއް ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ އެމްއެންޔޫ ބިޒްނަސް ސްކޫލާއި، ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލަޖީއެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު އެމްއެމްއެންޔޫ ބިޒްނަސް ސްކޫލުން ކާމިޔާބުކުރީ 2-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ، 25-15، 17-25 އަދި 15-8 އިންނެވެ.

އަންހެން ޑިވިޝަނުގެ ގްރޫޕް "އޭ" ގައި ކުޅުނު ފުރަތަަމަ މެޗުގައި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ މައްޗަށް އެމްއެންޔޫ ބިޒްނަސް ސްކޫލުން ކުރި ހޯދީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 25-11 އަދި 25-15 އިންނެވެ.

އަންހެން ޑިވިޝަނުގެ ގްރޫޕް "އޭ" ގެ ދެވަނަ މެޗުގައި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް އާއި ފެކަލްޓީ އޮފް އެޑިއުކޭޝަން ބައްދަލުކުރި މެޗު ފެކަލްޓީ އޮފް އެޑިއުކޭޝަން އިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ފެކަލްޓީ އޮފް އެޑިއުކޭޝަން އިން ގެންދިޔައީ 28-26 އަދި 25-16 އިންނެވެ.

އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނައަށް އެންމެ ބޮޑު ހަރަކާތެވެ. މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ވޮލީބޯޅައިގެ ގަވާއިދުތަކަށް އަހުލުވެރިކޮށް ވޮލީބޯޅަ ކުޅުމުގެ ފޯރި އިތުރުކުރުމެވެ. 2015 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ކުރިއަށްދާ މި މުބާރާތަކީ އެމް.އެން.ޔޫގެ ފެކަލްޓީ/ސެންޓަރ/ކެމްޕަސްތަކުގައި ގާއިމު ކުރެވިފައިވާ ދަރިވަރުންގެ ޔޫނިއަންގެ ގޮފިތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މި އަހަރުގެ މުބާރާތަކީ މީގެ 7 ވަނަ މުބާރާތް ކަމަށްވާއިރު، މިއަހަރު ޖުމްލަ 15 ޓީމަކުން މުބާރާތުގައި ބައިވެރިވެފައިވެއެވެ. އެއީ ފިރިހެން ޑިވިޝަނުގައި 7 ޓީމު އަދި އަންހެން ޑިވިޝަނުގައި 8 ޓީމެވެ. މިފަހަރުގެ މުބާރާތަކީ މިހާތަނަށް ދަރިވަރުންގެ ޔޫނިއަންގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް އެމް.އެން.ޔޫގެ އަތޮޅުތެރޭ ކެމްޕަހަކުން ޓީމެއް ބައިވެރިވާ ތާރީހީ މުބާރާތެވެ. އެގޮތުން ގަން ކެމްޕަހުގެ އަންހެން ޓީމުން މިއަހަރުގެ މުބާރާތުގައި ވަނީ ބައިވެރިވެފައެވެ.

އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ-ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ-ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

12 މާރިޗު 2022
ސީއެފްއެސްއިން ތަށި ދިފާއުކުރިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ބީއެސްއަށް

ސީއެފްއެސްއިން ތަށި ދިފާއުކުރިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ބީއެސްއަށް

02 އޮކްޓޯބަރު 2021
އެންމެ ފަހުގެ ޗެމްޕިއަން ސީއެފްއެސް އާއި އެސްއެން ސެމީއަށް

އެންމެ ފަހުގެ ޗެމްޕިއަން ސީއެފްއެސް އާއި އެސްއެން ސެމީއަށް

28 ސެޕްޓެމްބަރު 2021
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު