Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސުލްޠާންގެ ޖަނާޒާ

އަސްކަރީ ޢިއްޒަތުގައި ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން ވަޅުލައިފި

އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ހޯމަ ދުވަހުގެ ހަވީރު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 ސެޕްޓެމްބަރު 2021 | ހޯމަ 15:30
ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާންގެ މަހާނަ - އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސް އަސްކަރީ ޢިއްޒަތުގައި ވަޅުލާފައިވަނީ ހޯމަ ދުވަހުގެ މަޣްރިބް ނަމާދަށްފަހު

ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާންގެ މަހާނަ - އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސް އަސްކަރީ ޢިއްޒަތުގައި ވަޅުލާފައިވަނީ ހޯމަ ދުވަހުގެ މަޣްރިބް ނަމާދަށްފަހު

އިންޑިއާގައި އަސްކަރީ ތަމްރީނު ފުރިހަމަ ކުރަމުންދިޔަ ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން އަސްކަރީ ޢިއްޒަތުގައި ވަޅުލައިފިއެވެ.

ސުލްޠާންގެ ޖަނާޒާގެ ކަންކަން ކުރިޔަށް ގެންދިޔައީ މަޣްރިބް ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ. ޖަނާޒާގައި އެންސީޓީސީގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޒަކަރިއްޔާ މަންޞޫރާއި، ސިފައިންގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ސުލްޠާން ނިޔާވެފައި ވަނީ އިންޑިއާގެ ނެޝަނަލް ޑިފެންސް އެކެޑެމީގެ، ކޭމްޕް ގްރީން ހޯންގައި ހޮނިހިރު ދުވަހު އޮތް އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައެވެ. ހޮނިހިރު ދުވަހުގެ މެންދުރުފަހު އޮތް ދުވުމުގެ ތެރޭގައި ސުލްޠާން ވެއްޓުމުން، މެންދުރު 1:38 ހާއިރު އިމަރޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޭނާ ވަނީ ނިޔާވެފައިކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ސުލްޠާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް މީގެ ކުރިން ބުނެފައިވަނީ ނަމަވެސް، އެމްއެންޑީއެފުން ބުނީ އާއިލާގެ އެދުމަށް ޕޯސްޓްމޯޓަމް ނުހަދާ ކަމަށެވެ. އޭނާ ނިޔާވުމާ ގުޅިގެން އާދީއްތަ ދުވަހުގެ ހަވީރު 6:00ން ފެށިގެން 48 ގަޑިއިރަށް ސިފައިންގެ މަރުކަޒުތަކުގައި ސިފައިންގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ. 

2018 އޭޕްރީލް 8 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅުނު ސުލްޠާން ފުރިހަމަކުރަމުންދިޔައީ 2021 މާރިޗް 1އިން 2024 މާރިޗް 15އަށް ޕޫނޭ ނެޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށް ގެންދިޔަ 145 ވަނަ އޮފިސަރ ކެޑޭޓް ކޯހެވެ. މިކޯހަށް ދިއުމުގެ ކުރިން އޭނާ މަސައްކަތް ކުރަމުން ގެންދިޔައީ އިންޓަގްރޭޓެޑް ހެޑްކްއާޓަރޒް (ޖޭ-1)ގައެވެ. އޭނާއަށް ލާންސް ކޯޕްރަލްކަމުގެ ރޭންކް ލިބިފައިވަނީ މި ކޯސް ފުރިހަމަ ކުރަމުންދަނިކޮށެވެ.

މުހައްމަދު ސުލްތާންއެމްއެންޑީއެފް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު