Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފިޝަރީޒް މިނިސްޓަރާ ސުވާލުކުރުން

ނައިފަރުގައި އައިސް ޕްލާންޓެއް ހެދުމަށް ސަރުކާރުން ވައުދެވެފައެއް ނުވޭ - މިނިސްޓަރ ހުސައިން

ލުއި ގޮތަކަށް ފެލިވަރުން އައިސް ލިބޭނެ ގޮތެއް ހެދުމަށް ވައުދުވެ އެފުރުސަތު މިހާރު ފަހިވެފައިވާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2021 | ހޯމަ 05:17
ޑރ.ޙުސައިން ރަޝީދު ޙަސަން - މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

ޑރ.ޙުސައިން ރަޝީދު ޙަސަން - މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

ނައިފަރުގައި އައިސް ޕާލާންޓެއް ހެދުމަށް ސަރުކާރުން ވައުދެވެފައި ނުވާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ނައިފަރުގައި އައިސް ޕްލާންޓެއް ޤާއިމުކުރުމަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނައިފަރުގެ މަސްވެރިންނަށް ވެވަޑައިގެންފައިވާ ވަޢުދެއްނަމަވެސް މިހާތަނަށް އައިސް ޕްލާންޓް ޤާއިމުކުރުމު ގެ މަސައްކަތް އެއްވެސް ސިފައެއްގައި ކުރިއަށް ނުދާތީ މި މަސައްކަތް ކުރިއަށްނުދަނީ ކީއްވެތޯ އާއި މި މަޝްރޫޢުގެ މަސައްކަތް ފަށާނެ ތާރީޚަކީ ކޮބައިތޯ ޝިޔާމް ސުވާލު ކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ރައީސް ނައިފަރަށް ކުރެއްވި ދަތުރުފުޅުގެ ރެކޯޑިންގ އެބައޮތް ކަމަށާއި، ނައިފަރުގައި އައިސް ޕްލާންޓެއް ހަދަން ވައުދުވެފައެއް ނެތް ކަމަށެވެ. އެހެންނަމަވެސް ނައިފަރުގެ މަސްވެރިންނަށް ލުއި ގޮތަކަށް ފެލިވަރުން އައިސް ލިބޭނެ ގޮތެއް ހެދުމަށް ވައުދުވެ އެފުރުސަތު މިހާރު ފަހިވެފައިވާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން، ފެލިވަރުން މިހާރު ދުވާލެއްގެ މައްޗަށް 1060 ޓަނުގެ އައިސް ލިބޭނެ ކަމަށެވެ. ކުރިން ދުވާލަކަށް ލިބޭނީ 750 ޓަނުގެ އައިސް ކަން ފާހަގަކުރެއްވިއެވެ. ދާ އަޅައިގެން މަސްވެރިކަންކުރުން މަނާ ކޮށްފައިވާނެ ކަމަށާއި، ލޭނު އެޅުން ވެސް މަނާކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

ފެލިވަރުގައި މިހާރު ފަށާފައިވާ ކެޕޭސިޓީ އިތުރު ކުރުމުގެ ބޮޑު މަޝްރޫއުއާއެކު 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމް ކުރެވިގެންދާނެ ކަމަށެވެ. އަދި މި އަހަރުގެ މަސްވެރިންގެ ދުވަސް އަންނަ އިރު މަސްވެރިންނަށް ވެވަޑައިގެންފައިވާ ވައުދުތަކުގެ ބޮޑު ބައި ފުދިފައި އޮންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ. ފެލިވަރުގައި މިހާރު ހިނގާ މަޝްރޫއަކީ 35 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މުޅި މަޝްރޫއު 2023 ވަނަ އަހަރުގެ މެދުތެރޭގައި ފުރިހަމަ ވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރު މެމްބަރުން ކުރެއްވި ސުވާލްތަކަށް ވެސް މިނިސްޓަރ ޖަވާބު ދެއްވިއެވެ. ހޯޑެއްދޫގައި ގާއިމްކުރާ މަސް ފެކްޓްރީގެ މަސައްކަތް އަމަލީ ގޮތުން ނުހިނގަނީ ކީއްވެގެންތޯ ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ، އެތަނުގައި ހިނގި އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ ތަކެތި އަނދައިގެން ދިޔުމުން، އަލުން އެތަން ހެދުމަށް އިންވެސްޓް ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން އިތުރަށް އިންވެސްޓް ކުރުމަށް 5 ނުވަތަ 6 މިލިއަން ޑޮލަރު ބޭނުންވާކަން މިހާތަނަށް ފާހަގަވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ކުންފުންޏާއެކު މަޝްވަރާ ކޮށްގެން އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ސަރުކާރުން ދައްކާ ޚަލާސް ކޮށްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރާ ހަވާލުވިއިރު، 39 މިލިއަން ރުފިޔާ މަސްވެރިންނަށް ދޭން އޮތް ކަމަށާއި، އެ ފައިސާ މިހާރު މަސްވެރިންނަށް ދައްކާ ޚަލާސް ކޮށްފައިވާ ކަމަށެވެ. މިހާރު މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ކޮންމެ ހަފްތާއަކު އެއްފަހަރު ދެމުން ގެންދާ ކަން ފާހަގަކުރެއްވިއެވެ.

މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ރަނގަޅު މާރކެޓްތަކަށް މަސް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަަމަށް ވިދާޅުވިއެވެ. އަދި އައު މާރކެޓްތަކަށް މަސް އެކްސްޕޯޓް ކުރުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްމިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރމިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގަރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު