Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

އާސެނަލުން ވާދަވެރި ޓޮޓެންހަމް ބަލިކޮށްފި

26 ސެޕްޓެމްބަރު 2021 | އާދީއްތަ 20:06

ތާވަލުގެ 10 ވަނައަށް އާސެނަލް ވަނީ ކުރިއަށް ޖެހިލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 ސެޕްޓެމްބަރު 2021 | އާދީއްތަ 20:06
އާސެނަލާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން

އާސެނަލާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު ޑާބީ މެޗުގައި އާސެނަލުން ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުން އާސެނަލް މޮޅުވިއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. އެކަމަކު މި ފަހަރުގެ ލީގު ފަށައިގެން ތާވަލުގެ އެއްވަނައިގައި ޓޮޓެންހަމުން އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ. އަދި މި ތިން މެޗުގައި ޓޮޓެންހަމް ކޮޅަށް ވަނީ ނުވަ ލަނޑު ވަދެފައެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން މި މެޗުގައި ކާމިޔާބުކުރި ތިން ލަނޑުވެސް ޖަހާފައިވަނީ މި ހާފުގައެވެ. އެގޮތުން މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ބުކަޔޯ ސަކާ ދިން ޕާހަކުން އެމީލް ސްމިތު-ރޯވް ވަނީ ލަނޑެއް ޖަހައި، އާސެނަލަށް ލީޑު ނަގައިދީފައެވެ.

އަދި މެޗުގެ 27 ވަނަ މިނެޓުގައި ކައުންޓަ އެޓޭކެއްގައި ސްމިތު-ރޯވް ދިން ޕާހަކުން ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން ވަނީ ލަނޑެއް ޖަހައި، އާސެނަލުގެ ލީޑު ފުޅާކޮށްދީފައެވެ. އޭގެ ހަ މިނެޓު ފަހުން އާސެނަލުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސަކާއެވެ. މި މެޗުގައި ޓޮޓެންހަމުން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ސޮން ހުއެން-މިންއެވެ.

މި މޮޅާއެކު ތާވަލުގެ 10 ވަނައަށް އާސެނަލް ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު ހަ މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ. އަދި ތާވަލުގެ 11 ވަނައަށް ވެއްޓުނު ޓޮޓެންހަމަށްވެސް ވަނީ ހަ މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ.

ޕްރިމިއަރ ލީގުއާސެނަލްޓޮޓްނަމް ހޮޓްސްޕަރ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް