Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޫއެންޖީއޭ ހަވާސާ ބައްދަލުވުން

ރައީސް ޞާލިޙް، ކާބޯ ވަރޑޭގެ ރައީސްއާ ބައްދަލުކުރައްވައިފި

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2021 | ހުކުރު 06:30
އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ޙަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ކާބޯ ވަރޑޭގެ ރައީސްއާ ބައްދަލުކުރެއްވުން

އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ޙަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ކާބޯ ވަރޑޭގެ ރައީސްއާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކާބޯ ވަރޑޭގެ ރައީސް ހިޒް އެކްސެލެންސީ ޖޯޖް ކާރލޮސް ފޮންސެކާ އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ އ.ދ. ގެ މައި އިދާރާގައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ކާބޯ ވަރޑޭގެ ރައީސް ވަނީ ރާއްޖެއިން އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ކާމިޔާބު ކޮށްފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވެ، އެއީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި އަދި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގައި ހިމެނޭ، ރާއްޖެފަދަ ކުދި ޖަޒީރާ އެހެން ޤައުމުތަކަށް ވެސް ލިބުނު ހިތްވަރެއްކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ކާބޯ ވަރޑޭގެ ރައީސްގެ މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ކޮވިޑް-19ގެ ހާލަތު ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެ ޤައުމަކީ ވެސް ފަތުވެރިކަމަށް ބަރޯސާވެފައިވާ ދެ ޤައުމު ކަމުގައިވާތީ، ކޮވިޑް-19ގެ ސަބަބުން ސިނާއަތަށް ލިބުނު ގެއްލުންތަކާ ބޭހޭގޮތުން ވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އެ ގޮތުން ދެ ބޭފުޅުން ވެސް ވަނީ މި ދެ ޤައުމުގެ ވެސް ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބުނު ގެއްލުންތައް ފޫބެދެމުންދާކަމަށާއި، އަދި ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް ވެސް ފާއިތުވި މަސްތަކުގައި ވަރަށް ބޮޑަށް އިތުރުވާން ފަށާފައިވާކަން ފާހަގަކުރައްވާފައެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އަލި އަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ދުރާލާ ފިޔަވަޅު އެޅުމުގައި ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވާފައިވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާގުޅޭ މަޝްވަރާތަކަށް ކާބޯ ވަރޑޭގެ ރައީސް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ކޮޕް-26 ސަމިޓުގައި އެ ޤައުމުގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ރައީސުލްޖުމްހޫރިއްޔާ ފާޅުކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއާއި ކާބޯ ވަރޑޭއަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ދެ ޤައުމުކަމުން ދެ ޤައުމުން ވެސް ދާދި އެއްކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، ދެ ޤައުމަށް ފައިދާކުރަނިވި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާ ކަމާބެހޭ ޢިލްމީ މަޢުލޫމާތު ޙިއްޞާކުރުމުގެ ބޭނުންތެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ކާބޯ ވަރޑޭގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ސިޑްސްގެ ތެރޭގައި ހިމެނޭ "ސައުތު- ސައުތު ކޯޕަރޭޝަން" ގެ ޤައުމުތަކުގެ ގުޅުން ފާހަގަކުރައްވައި ކުދި ޤައުމުތަކަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމުގައި ހުރިހާ ޤައުމަކުން ވެސް އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން ދަރަނި ލުއިކޮށްދިނުމާއި ތަރައްޤީގެ މަސައްކަތްތަކަށް ފައިސާ ހޯދުމާއި އީ-ކޮމަރސްފަދަ ދާއިރާތަކަކީ 'އެއޯސިސް' ފަދަ ޖަމާޢަތްތައް މެދުވެރިކޮށް ބައިނަލްއަޤްވާމީ ޕްލެޓްފޯމުތަކަށް ގެންދިއުން މުހިންމު ދާއިރާތައްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ގާތް ގުޅުން މުސްތަޤުބަލުގައި އިތުރަށް ބަދަހިވެ ކުރިއަރައި ދިއުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.

ރާއްޖެއިން ކާބޯ ވަރޑޭ އާ ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 2003 ވަނަ އަހަރުގެ އެޕްރީލް މަހުގެ 23 ގައެވެ.

ޖޯޖް ކާރލޮސް ފޮންސެކާކާބޯ ވަރޑޭރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއދ.ގެ އާންމު މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ފަލަސްތީނާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި

ފަލަސްތީނާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި

24 އޮކްޓޯބަރު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު