Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ފާދިރީއަކު ކޮވިޑް ޖެހިގެން މަރުވުން

ބަރަކާތުގެ ފެނަކުން ކޮވިޑްގެ ޕެންޑަމިކް ނިމުމަކަށް ގެނެވޭނެކަމަށް ދައުވާކުރި ލަންކާގެ ފާދިރީ ކޮވިޑް ޖެހިގެން މަރުވެއްޖެ

އެލިއަންތާ އަކީ ކުޅިވަރުގެ ދާއިރާއިން މަޝްހޫރު މީހުންގެ އިތުރުން ސިޔާސީ ބޮޑެތި މީހުން އެއީ ލަންކާގެ ބޮޑުވަޒީރުން ވެސް ހިމެނޭގޮތަށް އެކި ކަންކަމުގައި ފަރުވާކޮށްދީފައިވާ މީހެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 ސެޕްޓެމްބަރު 2021 | ހުކުރު 03:11
ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވި މީހަކު ގެންދަނީ

ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވި މީހަކު ގެންދަނީ

ބަރަކާތުގެ ފެނަކުން ކޮވިޑް-19ގެ މި ޕެންޑަމިކް އެއްކޮށް ނިމުމަކަށް ގެނެވޭނެކަމަށް ދައުވާކުރި ސްރީލަންކާގެ ނުފޫޒުގަދަ ފާދިރީ ކޮވިޑް ޖެހިގެން މަރުވެއްޖެއެވެ.

އޭނާގެ އާއިލާއިން ބުނާ ގޮތުގައި އެލިއަންތާ ވައިޓް އުމުރުން 48 އަހަރުގައި މަރުވެފައިވަނީ ކޮވިޑް ޖެހިގެންނެވެ. އެލިއަންތާ އަކީ ކުޅިވަރުގެ ދާއިރާއިން މަޝްހޫރު މީހުންގެ އިތުރުން ސިޔާސީ ބޮޑެތި މީހުން، އެއީ ލަންކާގެ ބޮޑުވަޒީރުން ވެސް ހިމެނޭގޮތަށް އެކި ކަންކަމުގައި ފަރުވާކޮށްދީފައިވާ މީހެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރ މަހު އެލިއަންތާ ވަނީ ސްރީލަންކާގެ އިތުރުން އިންޑިޔާގައި ކޮވިޑް-19 ޕެންޑަމިކް އޭނާއަށް ނިމުމަކަށް ގެނެވޭނެކަމަށް ދައުވާކޮށްފައެވެ. އެގޮތުން ބަރަކާތުގެ ފެނެއް ކޯރުތަކަށް އަޅައިގެން އޭނާއަށް އެކަންކުރެވޭނެކަމަށް ވަނީ ބުނެފައެވެ.

ލަންކާގެ ހެލްތު މިނިސްޓަރ ޕަވިތާ ވަންނިއަރައްޗި ވަނީ ފެނުން ކޮވިޑަށް ފަރުވާދިނުމަށް ހުއްދަދެއްވާފައެވެ. އޭގެ ދެ މަސް ދުވަސްފަހުން މިނިސްޓަރަށް ކޮވިޑް ޖެހިވަޑައިގެން ހޮސްޕިޓަލްގެ އައިސީޔޫގައި ވަނީ އެޑްމިޓްކޮށްފައެވެ. ފަހުން މިނިސްޓަރގެ މަގާމު ވަނީ ދަށްކޮށްފައެވެ. ނަމަވެސް ކެބިނެޓްގައި ހިމެނިވަޑައިގަންނަވައެވެ.

އެލިއަންތާއަށް އެންމެ ބޮޑަށް ބައިނަލްއަގްވާމީ މަޝްރަހުގެ ލޯތައް އަމާޒުވީ އިންޑިޔާގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ސަޗިން ތެންދުލްކަރ އޭނާގެ ފަޔަށް ލިބުނު ގެއްލުން އެލިއަންތާ ރަނގަޅުކޮށްދިން ކަމަށްޓަކައި އެލިއަންތާއަށް ޝުކުރު އަދާކުރުމުންނެވެ. ސަޗިން ބުނެފައިވަނީ އެލިއަންތާ އޭނާގެ ފައި ރަނގަޅުކޮށްދިނުމުގެ ސަބަބުން އެންމެ ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ ކްރިކެޓް މެޗެއްގައި އެއް ދުވަސްތެރޭ ޑަބަލް ސެންޗިއުރީއެއް ދެކުނު އެފްރިކާއާ ދެކޮޅަށް އޭނާ އަށް ހެދުނުކަމަށެވެ.

2010 ވަނަ އަހަރު އޭއެފްޕީއަށް ދިން އިންޓަރވިއުއެއްގައި އެލިންތާ ބުނެފައިވަނީ އުމުރުން 12 އަހަރުއްސުރެ އޭނާއަށް ޚާއްސަ ބާރެއް ލިބިފައިވާކަމަށެވެ. މީގެއިތުރުން އިންޑިޔާގެ އެހެން ކުރިކެޓް ސްޓާރުންނަށް އޭނާ ފަރުވާކޮށްދިންކަމަށް ވަނީ ބުނެފައެވެ.

އެލިއަންތާގެ މިބުނުންތަކާ ޑޮކްޓަރުން އަންނަނީ ދެކޮޅު ހަދަމުންނެވެ. އަދި ފިޒިޝަނުން ބުނާގޮތުގައި އެލިއަންތާ އަކީ ދޮގުވެރިއެކެވެ.

އެލިއަންތާ މަރުވުމާއެކު ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ ވަނީ އެލިއަންތާގެ ލެގަސީ ދިރުހުންނާނެކަމަށާއި އޭނާ ވަނީ އެތައް ބަޔެއްގެ ދިރިއުޅުމާ ގުޅިފައިކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. އަދި އާއިލާއަށާއި ރަށްޓެހިންނަށް ތައުޒިޔާ ވިދާޅުވެފައެވެ.

އެލިއަންތާގެ އާއިލާއިން ބުނެފައިވާ ގޮތުގައި އޭނާ ވަނީ ވެކްސިން ޖެހުމާ ދެކޮޅު ހަދާފައެވެ. އެލިއަންތާ ވަޅުލާފައިވަނީ ބުރާސްފަތި ދުވަހު ކޮވިޑްގެ މީހުން މަރުވީމާ އަމަލުކުރާ އުސޫލުގެ ތެރެއިންނެވެ.

ލަންކާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 12،000ން މައްޗަށް އަރައެވެ.

ކޮވިޑް-19ސްރީލަންކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު