Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔަމަންގެ ހާލަތު

ޔަމަންގެ 16 މިލިއަން މީހުން ބަނޑަށްޖެހިދާނެ ކަމުގެ އިންޒާރު އދ.ން ދީފި

ޔަމަނުގެ ހާލަތު ގޯސްވަމުން އަންނައިރު އެގައުމަށް ކާނާ ލިބުމުގައި ކުރިޔަށް އޮތް އޮކްޓޯބަރ މަހު ދަތިތަކާ ދިމާވާނެކަމަށް ޑޭވިޑް ވަނީ ވިދާޅުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2021 | ހުކުރު 03:03
ޔަމަނުގައި ހާލުޖެހިފައިވާ މީހުން ދިރިއުޅޭ ޓެންޓެއް ކައިރިން ކުޑަކުއްޖެއް ދަނީ

ޔަމަނުގައި ހާލުޖެހިފައިވާ މީހުން ދިރިއުޅޭ ޓެންޓެއް ކައިރިން ކުޑަކުއްޖެއް ދަނީ

ޔަމަނުގެ 16 މިލިއަން މީހުން ބަނޑަށްޖެހިދާނެކަމުގެ އިންޒާރު އދ. ގެ ކާނާއާ ބެހޭ އެޖެންސީގެ ވެރިޔާ ޑޭވިޑް ބެސްލީ ދެއްވައިފިއެވެ.

ދިގުލައި ދެމިގެންދާ ހަނގުރާމައާއެކު ޔަމަނުގެ ހާލަތު ގޯސްވަމުން އަންނައިރު ކުރިޔަށް އޮތް އޮކްޓޯބަރ މަހު އެގައުމަށް ކާނާ ލިބުމުގައި ދަތިތަކާ ދިމާވާނެކަމަށް ޑޭވިޑް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އިތުރު ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާކަމަށް ޑޭވިޑް ވިދާޅުވިއެވެ.

ޑޭވިޑް ވިދާޅުވީ މިއަހަރު ދުނިޔޭގެ ކާނާއާ ބެހޭ ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) އަށް ބޭނުންވާ މިންވަރަށް ފައިސާ ނެތުމާއެކު ޔަމަނުގައި ދިމާވެފައިވާ އިންސާނީ ކާރިޘާއިން ކިރިޔާވެސް ސަލާމަތްވެވުނީ އެދަނޑިވަޅު އެމެރިކާ، ޖަރުމަނު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ސައުދީ އަރަބިއްޔާގެ އިތުރު އެހެން ގައުމުތަކުގެ އެހީތެރިކަމާއެކު ކަމަށެވެ. އަދި މިހާރު އަނެއްކާވެސް އެޖަމުޢިއްޔާއަށް ފައިސާ ބޭނުންވެފައިވާކަމަށާއި ފަންޑު ނުލިބިއްޖެނަމަ އޮކްޓޯބަރ މަހު 3.2 މިލިއަން މީހުންނަށް ބޭނުންވާ ކާނާ ފޯރުކޮށްނުދެވޭނެކަމަށް ޑޭވިޑް ވިދާޅުވިއެވެ. އަދި ޑިސެމްބަރ މަސް ނިމެންވާއިރު އެއަދަދު 5 މިލިއަނަށް އަރާނެކަމަށް ވިދާޅުވިއެވެ.

މަރޗް މަހު ވަރޗުއަލްކޮށް ކުރިޔަށް ގެންދިޔަ ބައްދަލުވުމެއްގައި އދ. ގެ ސެކެޓްރީ ޖެނެރަލް އެންތޯނިއާ ގުޓަރޭސް ވަނީ ޔަމަނަށް މިއަހަރު 3.85 ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެބައްދަލުވުމުގައި އެހީތެރިވެދޭ ގައުމުތަކުންނާއި ޖަމާއަތްތަކުން ޔަމަނަށް ދިނުމަށް ވައުދުވެފައިވަނީ 1.7 ބިލިއަން އެމެރިކާ ޑޮލަރެވެ. އެކަމާ ގުޅިގެން ގުޓަރޭސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ފާއިތުވި ހަ މަސް ދުވަހުގައި ޔަމަނަށް ބޭނުންވާ ފައިސާގެ މިންވަރު ވަނީ އިތުރުވެފައެވެ.

މިހާރު ކުރިޔަށްދާ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ކުރިޔަށްގެންދިޔަ ބައްދަލުވުމުގައި ޔަމަނަށް އެހީތެރިވުމަށް ހޯދިފައިވަނީ 600 މިލިއަން އެމެރިކާ ޑޮލަރު ކަމަށް ޔޫރަޕިއަން ޔޫނިއަނުން ވަނީ ބުނެފައެވެ. މިއާއެކު އަދިވެސް ޔަމަނަށް 1 ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވެއެވެ.

ޔަމަނަށް އެހީތެރިވެދޭނެކަމަށް އެންމެ ބޮޑަށް ވައުދުވީ އެމެރިކާއިންނެވެ. އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތޮނީ ބްލިކަން ވިދާޅުވީ ޔަމަނަށް އެހީތެރިވުމުގެ ގޮތުން އެމެރިކާއިން 290 މިލިއަން އެމެރިކާ ޑޮލަރު ދޭނެކަމަށެވެ. އަދި ޔޫރަޕިއަން ޔޫނިއަނުން ވަނީ 139 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެއްބަސްވެފައެވެ.

ޔަމަންގައި 2014 ވަނަ އަހަރުން ފެށިގެން އަންނަނީ ދާޚިލީ ހަނގުރާމަ ހިނގަމުންނެވެ.

ޔަމަންއެކުވެރި ދައުލަތްތައް (އ.ދ.)

ކޮމެންޓް

އިތުރަށް ކިޔާލަން

ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް މަސައްކަތް ކުރި ސައުދީ-އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގި ނެޓްވޯކެއް ޔަމަނުން އަތުލައިގަނެފި

ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް މަސައްކަތް ކުރި ސައުދީ-އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގި ނެޓްވޯކެއް ޔަމަނުން އަތުލައިގަނެފި

09 ނޮވެމްބަރު 2025
ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެލް.އެން.ޖީ ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ

ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެލް.އެން.ޖީ ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ

19 އޮކްޓޯބަރު 2025
ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

22 ސެޕްޓެމްބަރު 2025
ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން އިސްރާއީލުގެ ބެން ގުރިއަން ވައިގެ ބަނދަރަށް މިސައިލް ހަމަލާ އެއް ދީފި

ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން އިސްރާއީލުގެ ބެން ގުރިއަން ވައިގެ ބަނދަރަށް މިސައިލް ހަމަލާ އެއް ދީފި

11 ޖުލައި 2025
އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

10 ޖުލައި 2025

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު