Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަހަރެންގެ ހިޔާ

ހިޔާ ފްލެޓްތައް ފަސޭހައިން، އަގުހެޔޮކޮށް ރައްކާތެރި ކުރެވޭނެ ޕްލޭނެއް އެލައިޑް އިސްލާމިކް ވިންޑޯއިން ތައާރަފުކޮށްފި

ޕެކޭޖުގައި 3 ބާވަތެއްގެ ޕްލޭނެއް ހިމެނޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 17:37
އެލައިޑުގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެލައިޑުގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެލައިޑް އިންޝުއަރެންސް ކުންފުނީގެ އިސްލާމިކް ވިންޑޯ, އަޔާދީ ތަކާފުލްއިން ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުން ފަރާތްތަކަށް ޚާއްސަކޮށްގެން އައު ޕެކޭޖެއް ތައާރަފުކޮށްފިއެވެ.

އެލައިޑުގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިޕެކޭޖު އިއުލާނުކޮށްދެއްވީ އެލައިޑް އިންޝުއަރެންސްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާންއާއި އަޔާދީ ތަކާފުލްގެ އެސިސްޓެންޓް މެނޭޖަރ ފަރީދާ ސިއްތިއެވެ.

Advertisement - newsAdvertisement

"އަހަރެންގެ ހިޔާ"ގެ ނަމުގައި ތައާރަފު ކޮށްފައިވާ މިޕެކޭޖުން ރައްކާތެރިކޮށްދެނީ ގޭތެރޭގައި ހިފާގެންގުޅޭ ސާމާނާއި ފަރުނީޗަރު ފަދަ އެހެނިހެން އަގުބޮޑު ތަކެއްޗެވެ. ޕެކޭޖުގައި 3 ބާވަތެއްގެ ޕްލޭނެއް ހިމެނޭއިރު، މިއިން ކޮންމެ ޕްލޭނަކުންވެސް ގޭތެރޭގައިވާ ތަކެއްޗަށް ގެއްލުން ލިބިދާނެ އެތަކެއް ހާލަތަށް ބަދަލު ހޯދައިދެއެވެ. އެގޮތުން އަލިފާނުގެ ހާދިސާތަކާއި، ވައްކަން އަދި ގުދުރަތީ ކާރިސާތަކުން ގޭތެރޭގައިވާ ތަކެއްޗަށް ލިބޭ ގެއްލުމުގެ އިތުރުން އެހެނިހެން ހާލަތްތަކަށްވެސް "އަހަރެންގެ ހިޔާ"ގެ ޕްލޭންތަކުން ރައްކާތެރިކަން ފޯރުކޮށްދެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެލައިޑް ޖެނެރަލް މެނޭޖަރ ފިރުޝާން ވިދާޅުވީ, އަޔާދީއިން މިޕްލޭން ތައްޔާރުކޮށްފައިވަނީ ހެޔޮ އަގެއްގައި ފަސޭހައިން ހޯދޭ ރައްކާތެރިކަމެއް އެކުލަވާލުމުގެ ނިޔަތުގައެވެ. އެގޮތުން އަހަރަކަށް އެންމެ 200 ރުފިޔާ ދައްކާލައިގެން ނެގޭ "އަހަރެންގެ ހިޔާ"ގެ ބޭސިކް ޕްލޭނުން އެކަނިވެސް 150،000 ރުފިޔާއާއި ހަމަޔަށް ރައްކާތެރިކަން ޔަގީންކުރެވެއެވެ. އެހެންކަމުން، ބޮޑު ޚަރަދުކޮށްގެން ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތްތައް ނިންމުމަށްފަހު ފްލެޓަށް ވަންނައިރު، ކުރިމަތިވެދާނެ މާލީ ގެއްލުމަކުން ރައްކާތެރިވުމަށް މިފަދަ ރައްކާތެރިކަމެއް އޮތުން މުހިންމުކަމުގައި ފިރުޝާން ފާހަގަ ކުރެއްވިއެވެ.

އަޔާދީގެ އެސިސްޓެންޓް މެނޭޖަރ ފަރީދާ ވިދާޅުވީ، ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަަކަށް މަރުހަބާ ވިދާޅުވާކަމަށާއި, ހުރިހާ އެންމެންވެސް "އަހަރެންގެ ހިޔާ"ގެ އެމީހަކަށް ކަމުދާ ޕްލޭނެއް ނެގުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި ކަސްޓަމަރުންގެ ޖީބަށް ލުއި ވުމުގެ އިތުރުން މިޕްލޭން ނެގުމުގައިވެސް ފަސޭހަތަކެއް އެކުލަވާލުމަށްޓަކައި, މިއީ އޮންލައިންކޮށް "މައި އެލައިޑް"އިން ނެގޭނެ ޚިދުމަތެއްކަމުގައި ފާހަގަ ކުރެއްވިއެވެ.

އެލައިޑް އިންޝުއަރެންސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

02 ސެޕްޓެމްބަރު 2025
މުދަލު ޒަކާތުގެ ގޮތުގައި 2852 ފަޤީރުންނަށް ބޮލަކަށް 5000 ރުފިޔާ ބަހައިފި

މުދަލު ޒަކާތުގެ ގޮތުގައި 2852 ފަޤީރުންނަށް ބޮލަކަށް 5000 ރުފިޔާ ބަހައިފި

26 ޖޫން 2025
ޓީޓީއެމް ގާލާގެ ތެރެއިން ނަސީބުވެރި 3 ފަރާތަކަށް އެލައިޑްގެ ކޮމްޕްލިމެންޓަރީ ޕްރިމިއަމް ހެލްތް ޕްލޭނަކާއި ވަރލްޑްވައިޑް ޓްރެވަލް ޕްލޭންސް ހަދިޔާކޮށްފި

ޓީޓީއެމް ގާލާގެ ތެރެއިން ނަސީބުވެރި 3 ފަރާތަކަށް އެލައިޑްގެ ކޮމްޕްލިމެންޓަރީ ޕްރިމިއަމް ހެލްތް ޕްލޭނަކާއި ވަރލްޑްވައިޑް ޓްރެވަލް ޕްލޭންސް ހަދިޔާކޮށްފި

26 އޯގަސްޓު 2024
އެލައިޑުގެ ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއަށް ޚާއްސަ ޕްރޮމޯޝަނެއް

އެލައިޑުގެ ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއަށް ޚާއްސަ ޕްރޮމޯޝަނެއް

09 މެއި 2024
އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިޔުކޭޝަން ފަންޑް ލިބޭ ފަރާތްތައް އިއުލާންކޮށްފި

އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިޔުކޭޝަން ފަންޑް ލިބޭ ފަރާތްތައް އިއުލާންކޮށްފި

04 ޖެނުއަރީ 2024

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު