Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮވިޑް-19ގެ ނުރައްކާ

ކޮވިޑް-19: ރަނގަޅުވުމަށްފަހު އިތުރު ބަލިތައް ހަށިގަނޑުން ފެނޭ!

23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 12:57

އާދަޔާ ޚިލާފަށް ވަރުބަލިވެ ނިދި ނުފިލާ ކަހަލަ އިހުސާސެއް ކުރުވާ

އަމްނާ އިމާދު
އަމްނާ އިމާދު | 23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 12:57
ދުނިޔޭގެ ހުރިހާ ބައްރަކުން ކޮވިޑް-19 މިހާރު ވަނީ ފެނިފައި

ދުނިޔޭގެ ހުރިހާ ބައްރަކުން ކޮވިޑް-19 މިހާރު ވަނީ ފެނިފައި

މުޅި ދުނިޔޭގެ ހުރިހާ ބައްރެއްގައި ފެތުރެމުންދާ ކޮވިޑް-19ށް ނިމުމެއްނެތެވެ. ނައްތާލެވޭނެ ދުވަހަކަށް ދުނިޔެ ކެތްމަދުވެފައި އޮތް ނަމަވެސް މިއަދާ ހަމައަށް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. ބަލިން ދިފާއު ވުމަށް ގައުމުތަކުން ދަނީ ވެކްސިން ދެމުންނެވެ. އަދި އަނެއް ބައި ގައުމުތަކުން ބަލީގެ އަސްލު ދެނެގަތުމަށްޓަކައި ދަނީ ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ. އެތައް ބަޔަކު މިބަލީގައި މަރުވަމުންދާއިރު، އަނެއް ބަޔަކަށް މިބަލި ޖެހުމުން ފެންނަ އަލާމަތްތައް ވެސް ތަފާތެވެ. އަދި ބައެއް މީހުންގެ ގައިން އެއްވެސް އަލާމާތެއް ނުފެނި ވެސް ދެއެވެ. މީގެ އިތުރުން ޕޮޒިޓިވްވެ ރަނގަޅުވުމަށްފަހު މާބޮޑަށް ބަލިވާފަހަރު ވެސް ކުރިމަތިވެއެވެ.

ކޮވިޑް-19ން ރަނގަޅުވުމަށްފަހު ފެންނަ ބައެއް އަލާމަތްތަކުގެ ތެރޭގައި ވަރުބަލިވުން އެއީ ގިނަ ބަޔަކަށް ކުރިމަތިވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ. އެއްވެސް މަސައްކަތެއް ނުކުރި ނަމަވެސް މީހާ ވަރުބަލި ކުރުވައެވެ. ގައިގަައި ހަކަތަ މަދުވެ، ނިދި ނުފިލާ ކަހަލަ އިހުސާސެއް ކުރުވައެވެ.

ގިނަ އަލާމަތްތައް ފެންނައިރު، ނޭވާ ކުރުވުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުމާއި، ހުޅުތަކުގައި ރިއްސުމާއި، ކޮޅަށް ތެދުވުމުން ބޯއަނބުރާ ގޮތްވުމާއި، އާދަޔާ ހިލާފަށް ބޮލުގައި ރިއްސުމާއި، ނުނިދުމާއި، ނިދަން އުނދަގޫވުމާއި، އާދަޔާ ހިލާފަށް މީހާ ރުންކުރުވެ، ރުޅިގަދަވުމާއި، ރަހަނުލުމާއި އަދި ވަސް ނުދުވުން ފަދަ އަލާމަތްތައް ފެނެއެއެވެ. މިއަލާމާތްތައް ދެ މަސް ނުވަތަ ތިން މަހަށް ދިގުދެމިގެންދާ ކަމަށް, ކަމާބެހޭ ޑޮކްޓަރުން ވިދާޅުވެއެވެ.

ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ކޮވިޑް-19އާ ގުޅިގެން މީހާ ހަށިގަނޑަށް ވަރަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ވައިރަސްގެ ސަބަބުން ހަށިގަނޑުގެ ބައެއް ޓިޝޫތައް ހަލާކުކޮށްލައެވެ. އެގޮތުން ހަރޓް މަސްލްއަށް ގެއްލުންވެ، ހިތުގެ ބައްޔަށް މީހާ ހުށަހެޅިގެންދެއެވެ. އަދި ބައެއް ހާލަތްތަކުގައި ހަރޓް އެޓޭކް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. މީގެ އިތުރުން ޕުއްޕާމެއަށް ލިބޭ ގެއްލުމުގެ ސަބަބުން ދިގު މުއްދަތަކަށް ނޭވާލުމުގެ ނިޒާމަށް އުނދަގޫތައް ކުރިމަތިވެއެވެ.

ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ކޮވިޑް-19އާ ގުޅިގެން ގުނަވަންތަކުގެ ޓިޝޫތަކަށް ލިބޭ ގެއްލުމުގެ ސަބަބުން ބައެއް ގުނަވަންތައް ދުޅަވެގެންދެއެވެ. އެކަމަކީ ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްކާވާފަދަ ސީރިއަސް ކަމެކެވެ. އަދި އެކަމުގެ ސަބަބުން ލޭ ގަނޑުވުމުގެ މައްސަލަތައް ކުރިމަތިވެއެވެ. މީގެ އިތުރުން ބަލީގައި އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ސިއްހީ ހާލަތު ގޯސްވާ ފަދައިން, ބަލިން ރަނގަޅުވުމަށްފަހު ވެސް މިފަދަ މީހުންނަށް އިތުރަށް ސަމާލުވާން ޖެހެއެވެ. އެއީ ސިއްހީ ގޮތުން ގިނަ އުނދަގޫތަކާއި އެމީހުން ކުރިމަތިލާން ޖެހޭތީއެެވެ.

ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފައިވަނީ ބައްޔަށް ޕޮޒިޓިވްވެ އެއްވެސް ކަހަލަ އަލާމާތެއް ނުވަތަ އުނދަގުލެއް ކުރިމަތިނުވާ މީހުންނަށް ވެސް ބަލިން ރަނގަޅުވުމަށްފަހު ސިއްހީ އެކިއެކި މައްސަލަތައް ކުރިމަތިވާ ކަމަށެވެ. އެހެންކަމުން ބަލިން ރަނގަޅުވުމަށްފަހު، ޑޮކްޓަރަށް ދައްކައި މެޑިކަލް ޗެކަޕެއް ހެއްދުމަށް އިލްތިމާސްކޮށްފައިވެއެވެ.

ކޮވިޑް-19އަކީ އާދައިގެ ރޯގާއެއް ކަމަށް ބައެއް މީހުން ބުނި ނަމަވެސް އެގޮތަށް ވިސްނުމަކީ ދެރަކަމެކެވެ. މުޅި ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކާއި، ލިބިފައިވާ ގެއްލުންތައް ރަނގަޅުވާން ދުވަސް ނަގާއިރު، ޑޮކްޓަރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ބަލިން ރަނގަޅުވުމަށްފަހު، ރަނގަޅު ސިއްހަތެއްގައި ހުރުމަށް އެމީހަކު ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހެއެވެ. ރަނގަޅު ފައިދާހުރި ކާނާ ކެއުމާއި، ކަސްރަތު ކުރުމާއި އަދި ފެން ބުއިން ގިނަ ކުރަން ޖެހެއެވެ. ބޮޑަށް މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި، ހާސްވާ ކަންކަމާއި ދުރުވެ، ގިނަ ވަގުތު އަރާމު ކުރަން ޖެހެއެވެ.

ކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
24 ޑިސެމްބަރު 2023

ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ޑިސެމްބަރު 2023
ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް