Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެހެންދޫ ބަނދަރު ތަރައްގީކުރުން

އުންމީދަކީ ފެހެންދޫ ބަނދަރުގެ މަސައްކަތް އަންނަ މަހު ނިންމާލުން: އާޒިމް

ކޮވިޑް-19ގެ ހާލަތާ ގުޅިގެން މަސައްކަތް ކުރިއަށްގެންދިއުމަށް ގޮންޖެހުންތަކެއް ދިމާވި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 10:15
ފެހެންދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު

ފެހެންދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު

އުންމީދަކީ ބ. ފެހެންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަަލަށް ނިންމާލުންކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ބ. އަތޮޅުގެ ހަތަރު ރަށެއްގައި ކުރިއަށްގެންދާ މަޝްރޫއުތައް ބައްލަވާލެއްވުމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވަނީ އެ ރަށްތަކަށް ދަތުރުކުރައްވާފައެވެ. މި ދަތުރުގައި ފެހެންދޫގައި އެކުންފުނިން ކުރިއަށްގެންދާ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްގޮސްފައިވާ ހިސާބު ބައްލަވާލައްވައި މީޑިއާތަކަށް މައުލޫމާތުދެއްވަމުން އާޒިމް ވިދާޅުވީ ފެހެންދޫ ބަނދަރުގެ މަސައްކަތަކީ 2019 ވަނަ އަހަރުގެ ފަހުކޮޅުގައި މޮބިލައިޒް ކޮށްފައިވާ މަސައްކަތަކަށް ވެފައި ކޮވިޑް-19ގެ ހާލަތާ ގުޅިގެން އެރަށަށް ބޭނުންވާ ބައެއް ތަކެތި ގެންދިއުމުގައި ދަތިތަކެއް ދިމާވި ކަމަށެވެ.

އެހެންނަމަވެސް ގޮންޖެހުންތަކާއެކުވެސް މިހާރު މި ވަނީ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ގާތަށް އައިސްފައި ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ފެހެންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އަންނަ މަހު އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާކަމަށެވެ.

ފެހެންދޫ ބަނދަރު ތަރައްގީކުުރުމުގެ މަޝްރޫއާ ގުޅޭގޮތުން ޕްރޮޖެކްޓުގެ ކަންކަން ބެލުމުގައި އެންމެ އިސްކޮށް ހުންނަވާ ރަމްޒީ އަބޫބަކުރު ވިދާޅުވީ ފެހެންދޫ ބަނދަރު ތަރައްގީކުރަމުންދަނީ ރަށާއި ވަކިން އިންނަ ބަނދަރެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން މިހާރު ކީވޯލް ގާއިމްކުރުމުގެ މަސައްކަތާއި، ރިވެޓެމްންޓު ޖެހުމުގެ މައިގަނޑު މަސައްކަތްތަކާއި، ހިލައިގެ ބޭނުންކޮށްގެން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމާލެވޭ ހިސާބަށް މިހާރު އައިސްފައިވާކަމަށް ރަމްޒީ ވިދާޅުވިއެވެ. ކުރިއަށްއޮތީ ބްރިޖުގެ ފިނިޝިން މަސައްކަތްތައް ކަމަށް ރަމްޒީ ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީފެހެންދޫ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު