Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤުދުރަތީ ތިމާވެށީގެ ޙިމާޔަތް

ޤުދުރަތީ ތިމާވެށީގެ ޙިމާޔަތް ކަށަވަރުނުކޮށް ހާސިލުކުރެވޭނެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިއެއް ނޯންނާނެ - ރައީސް

23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 06:10

ތިމާވެއްޓާ އެއްކީލިގޮތަކަށް ސިޔާސަތުތައް ބައްޓަންކޮށް ޢަމަލުކުރަމުން ގެންދިއުމަށް ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނަށް ރައީސުލްޖުމްހޫރިއްޔާ ގޮވައިލެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 06:10
އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ޙަވާސާގައި، ޓްރާންސްފޮރމޭޓިވް އެކްޝަން ފޮރ ނޭޗަރ އެންޑް ޕީޕަލްގެ ފަރާތުން ބޭއްވެވި ޙަފްލާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ

އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ޙަވާސާގައި، ޓްރާންސްފޮރމޭޓިވް އެކްޝަން ފޮރ ނޭޗަރ އެންޑް ޕީޕަލްގެ ފަރާތުން ބޭއްވެވި ޙަފްލާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ

ޤުދުރަތީ ތިމާވެށީގެ ޙިމާޔަތް ކަށަވަރުނުކޮށް ހާސިލުކުރެވޭނެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިއެއް ނޯންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ޓްރާންސްފޮރމޭޓިވް އެކްޝަން ފޮރ ނޭޗަރ އެންޑް ޕީޕަލްގެ ފަރާތުން ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދުނިޔެއަކީ އަބަދުވެސް އެކި ކަހަލަ ބަދަލުތައް އަންނަމުންދާ ތަނެއްކަމަށާއި، މިބަދަލުތައް އަންނަމުން ދިއުމާއެކުވެސް ދުނިޔެއަށް ބަރޯސާވާ ބަރޯސާވުން ނުހުއްޓުވޭނެކަން ފާހަގަކުރެއްވިއެވެ. އަދި، މި ސަބަބަށްޓަކައި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތައް ކުޑަކުރުމަށް މަސައްކަތްކުރުމަށާއި، ބަޔޯޑައިވަރސިޓީ ރައްކާތެރިކުރުމަށާއި، އިޤްތިޞާދީ ސިޔާސަތުތައް ބައްޓަން ކުރުމުގައި ތިމާވެއްޓާ އެއްކީލިގޮތަކަށް ސިޔާސަތުތައް ބައްޓަންކޮށް ޢަމަލުކުރަމުން ގެންދިއުމަށް ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނަށް ރައީސުލްޖުމްހޫރިއްޔާ ގޮވައިލެއްވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި، ދުނިޔެ ހޫނުވަމުން ދިއުމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭ ބަޔަކީ އަޅުގަނޑުމެން އިންސާނުންނެވެ. އަދި، ދުނިޔެއަށް ކުރިމަތިވެފައިވާ މިފަދަ ކަންކަން ހައްލުކޮށް، ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ފޫބައްދަން މަސައްކަތްކުރުމަކީ ކޮންމެ އިންސާނެއްގެ ބޮލުގައިވެސް އެޅިފައިވާ މަސްޢޫލިއްޔަތެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށާއި ބަޔޯޑައިވަރސިޓީ ހިމާޔަތްކުރުމުގެ ގޮތުން ރާއްޖޭގެ ފަރާތުން އަޅާފައިވާ ބައެއް ފިޔަވަޅުތައް ފާހަގަކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވަނީ "ނެޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން"ގެ ދަށުން، 2023 ގެ ނިޔަލަށް، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ރާއްޖޭގައި ހުއްޓާލެވޭނެކަމަށާއި، ރާއްޖޭގެ ކާރބަން އެމިޝަންގެ މިންވަރު 2030 ގެ ނިޔަލަށް ބައިކުޅަބައި ދަށްކުރުމަށް އަމާޒުހިފާފައިވާކަން ހާމަކުރައްވާފައެވެ. އަދި، ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީއާއެކު 10 އަހަރުގެ ތެރޭގައި ކަރބަން އެމިޝަންގެ މިންވަރު ނެޓް ޒީރޯއަށް ހެދުމުގެ ފުރުޞަތު ބޮޑުކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ކަނޑުފަޅުގެ ދިރުންތައް އާލާކުރުމަށް ބާރުއެޅުމުގެ ގޮތުން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު މެރިން ސްޕޭޝަލް ޕްލޭނެއް ޤާއިމުކޮށް، ޤުދުރަތީ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަށްޓަކައި ކުރާ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނކިފާނުގެ ވާހަކަފުޅު ނިންމަވައިލައްވަމުން، ތިމާވެއްޓާއި ބަޔޯޑައިވަރސިޓީ ޙިމާޔަތް ނުކޮށްފިނަމަ މުޅި އިންސާނިއްޔަތު އޮތީ ނުރައްކަލެއްގައިކަން ފާހަގަކުރެއްވިއެވެ. ޓްރާންސްފޮރމޭޓިވް އެކްޝަން ފޮރ ނޭޗަރ އެންޑް ޕީޕަލްގެ މަތީ ފަންތީގެ މި ހަރަކާތަކީ މޫދަށް އަޅާ ކުނި މަދުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާނެގޮތާއި، ދުނިޔޭގެ ދިރުންތައް އާލާކޮށް ދެމެހެއްޓުމުގައި ބޭނުންކުރެވިދާނެ އުޞޫލުތަކާއި ގޮތްތައް ހޯދައި ބެލުމަށް ޤައުމުތަކުގެ ވެރިންނާއި މި ދާއިރާގައި ޝާމިލުވާ އެކިއެކި ފަރާތްތަކުން ބާއްވާ ހަރަކާތެކެވެ.

ރާއްޖޭގެ ތިން އަތޮޅެއް މިހާރުވެސް ޔުނެސްކޯ ބަޔޮސްފިއަރ ރިޒަރވްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. އަދި، ކޮންމެ އަތޮޅަކުން އެއް ރަށާއި، އެއް ފަރާއި، އެއް ގިރި ޙިމާޔަތްކުރުމަށް ރާއްޖެއިން ވަނީ މަސައްކަތް ފަށާފައެވެ. ރާއްޖެއަކީ މެރިން ޕްލާސްޓިކް ޕޮލިއުޝަންއާ ދެކޮޅަށް މަސައްކަތްކުރުމަށް އ.ދ. އާއެކު އުފެއްދި ގްލޯބަލް އޯޝަން އެލަޔަންސްގެ ކޯފައުންޑަރ އަދި ކޯ-ޗެއަރ ވެސްމެއެވެ. އަދި މި މަޤްޞަދުގެ ދަށުން ކުރިޔަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ކަނޑުތަކުގެ 30 އިންސައްތަ ޙިމާޔަތްކުރުމަށް ވަނީ ނިންމާފައެވެ. 

ތިމާވެށިރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއދ.ގެ އާންމު މަޖިލިސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"

01 ޑިސެމްބަރު 2025
"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"
01 ޑިސެމްބަރު 2025

ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް

01 ޑިސެމްބަރު 2025
ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް
02 އޮކްޓޯބަރު 2025

ހުކުރު ދުވަހު ހެނދުނު އެޗްޑީސީ އިން މުރަކަ އިންދުމަށްފަހު ރޭގަނޑު ތިމާވެށީގެ ބައްދަލުވުމެއް ބާއްވަނީ

02 އޮކްޓޯބަރު 2025
ހުކުރު ދުވަހު ހެނދުނު އެޗްޑީސީ އިން މުރަކަ އިންދުމަށްފަހު ރޭގަނޑު ތިމާވެށީގެ ބައްދަލުވުމެއް ބާއްވަނީ
23 ސެޕްޓެމްބަރު 2025

ޒުވާނުން ހޭލުންތެރިކުރުވުމަށް ދިރާގުން، އީ-ވޭސްޓް ހެކަތޯން އެއް ބާއްވަނީ

23 ސެޕްޓެމްބަރު 2025
ޒުވާނުން ހޭލުންތެރިކުރުވުމަށް ދިރާގުން، އީ-ވޭސްޓް ހެކަތޯން އެއް ބާއްވަނީ
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
07 އޯގަސްޓު 2025

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
08 މެއި 2024

ޓިނު ފުރާޅެއްގެ ދަށުގައި އިތުރު ވޭނެއް! އޭސީ ޔުނިޓަކީ ޙައްލުބާ؟

08 މެއި 2024
ޓިނު ފުރާޅެއްގެ ދަށުގައި އިތުރު ވޭނެއް! އޭސީ ޔުނިޓަކީ ޙައްލުބާ؟
28 ނޮވެމްބަރު 2023

ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "މަގޭ ސޯލާ" އިފްތިތާޙުކޮށްފި

28 ނޮވެމްބަރު 2023
ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "މަގޭ ސޯލާ" އިފްތިތާޙުކޮށްފި
13 ނޮވެމްބަރު 2023

ރާއްޖޭގެ ވަސީލަތްތަކުގެ 30 އިންސައްތަ ހޭދަކުރަނީ މޫސުމީ ބަދަލުތަކަށް ހޭނުމަށް - ޝައުނާ

13 ނޮވެމްބަރު 2023
ރާއްޖޭގެ ވަސީލަތްތަކުގެ 30 އިންސައްތަ ހޭދަކުރަނީ މޫސުމީ ބަދަލުތަކަށް ހޭނުމަށް - ޝައުނާ
02 ނޮވެމްބަރު 2023

ވ އަތޮޅާއި، ބ އަތޮޅުގެ 10 ސަރަހައްދެއް، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއަށް

02 ނޮވެމްބަރު 2023
ވ އަތޮޅާއި، ބ އަތޮޅުގެ 10 ސަރަހައްދެއް، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް