Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިޔަވައްޗަށް ވަން މައްސަލަ

ފިޔަވައްޗަށް ވަން މައްސަލައިގައި ޖަވާބުދާރީ ވުމަށް ޝުޖާއަށް އަންގައިފި

މި މަހުގެ 26 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެލްޖީއޭއަށް ލިޔުމުން ޖަވާބުދާރީ ވާން ޖެހޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 22 ސެޕްޓެމްބަރު 2021 | ބުދަ 08:56
އިބްރާހީމް ޝުޖާއު - ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރ

އިބްރާހީމް ޝުޖާއު - ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރ

މާލެސިޓީ، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ފިޔަވައްޗަށް ވަން މައްސަލައިގައި ލިޔުމުން ޖަވާބުދާރީ ވުމަށް އަންގައިފިއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ މި މަހުގެ 26 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެލްޖީއޭއަށް ލިޔުމުން ޖަވާބުދާރީ ވުމަށް އެދިފައެވެ. އެލްޖީއޭ އިން ޝުޖާއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިން ދިރިއުޅެމުންދާ ފިޔަވަތި މަރުކަޒުގައި މި މަހުގެ ސަތާރަ ވަނަ ދުވަހު ހިނގި ކަންތައްތަކާ ގުޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ދިރާސާ ކުރަމުން އަންނަ ކަމަށާއި އެގޮތުން އެ ހާދިސާ ހިނގި ވަގުތު މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހީމް ސުޖާއު އެ ސަރަހައްދަށާއި އެ މަރުކަޒަށް ވަދެފައިވާ ކަމަށެވެ. އަދި ކަންހިނގި ގޮތާއި މި ކަމާގުޅޭ ގޮތުން ފާހަގަ ކުރަން ބޭނުންވާ ކަންކަމުގެ ބަޔާނެއް ދިނުމަށް ވަނީ އެދިފައެވެ.

ފިޔަވަތީގައި ހިނގައި ދިޔަ ހާދިސާގެ ރިޕޯޓް ހިއުމަން ރައިޓްސް ކޮމިޝަނުންނާއި ޗިލްޑްރެންސް އޮމްބަޑްސްޕާސަން އިން ތައްޔާރުކުރި ރިޕޯޓްގައި ހިމަނާފައިވާ ކަންކަމާ ގުޅޭ ގޮތުން ސެޕްޓެމްބަރު 19 ވަނަ ދުވަހު ކުރިއަށް ދިޔަ ކޮމިޓީގެ ބައްދަލުވުމުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ވިދާޅުވީ ފިޔަވަތީގެ ކުދިން ނުކިޔަމަންތެރިކަން ދައްކައި ފުރާޅަށް އަރައިގެން އުޅުނު ވަގުތު ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ފިޔަވައްޗަށް ވަދެ އުޅުނު ކަމަށެވެ. އަދި ބައެއް މީހުން އެތަނަށް ވައްދަން އޭނާ މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވާތީ އެކަން ހިނގައި ދިޔަގޮތް ބަލަން އެލްޖީއޭއަށް އެންގުމަށް މުމްތާޒް ހުށަހެޅުއްވިއެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވި ބައެއް ނޫސްވެރިން ހާދިސާއާ ގުޅޭ މަންޒަރުތަކާއި ފޮޓޯތައް އަމިއްލަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެެ. އަދި ކުދިންގެ މޫނު ފެންނާނެހެން ބައެއް މީޑިއާތަކުން ރިިޕޯޓް ކޮށްފައިވާތީ މައްސަލަ ބަލައިދޭން މިޑީއާ ކައުންިސލަށް އަންގަން މުމްތާޒް ހުށަހެޅުއްވިއެވެ.

އެލްޖީއޭމިނިސްޓްރީ އޮފް ޖެންޑަރ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި
25 ސެޕްޓެމްބަރު 2025

ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް

25 ސެޕްޓެމްބަރު 2025
ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް
19 ސެޕްޓެމްބަރު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އާއްމުކުރަންޖެހޭ އުސޫލާ ގަވާއިދު އާއްމުކޮށްފައިނުވޭ، މިއީ ކަންބޮޑުވާ މައްސަލައެއް: ކޮލަމާފުށި ކައުންސިލް

19 ސެޕްޓެމްބަރު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އާއްމުކުރަންޖެހޭ އުސޫލާ ގަވާއިދު އާއްމުކޮށްފައިނުވޭ، މިއީ ކަންބޮޑުވާ މައްސަލައެއް: ކޮލަމާފުށި ކައުންސިލް
18 ސެޕްޓެމްބަރު 2025

ހޯހޯއެވެ! ބޮޑު ޚަރަދު ކޮށްފައި ވައުދު ފުއްދުނު ވަރު ބަލަން އަންނާނެ ކަމެއްނެތް.

18 ސެޕްޓެމްބަރު 2025
ހޯހޯއެވެ! ބޮޑު ޚަރަދު ކޮށްފައި ވައުދު ފުއްދުނު ވަރު ބަލަން އަންނާނެ ކަމެއްނެތް.
12 ސެޕްޓެމްބަރު 2025

ފީއަލީ ކައުންސިލުން ތަރައްގީ ކުރި ވޮލީކޯޓު ސަރުކާރުގެ ބަހެއް ނެތި ހުޅުވުމުން މިނިސްޓަރ ރާފިއު އިންޒާރުދެއްވައިފި

12 ސެޕްޓެމްބަރު 2025
ފީއަލީ ކައުންސިލުން ތަރައްގީ ކުރި ވޮލީކޯޓު ސަރުކާރުގެ ބަހެއް ނެތި ހުޅުވުމުން މިނިސްޓަރ ރާފިއު އިންޒާރުދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު