Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މައިކްރޯސޮފްޓް އޮފީސް 365 ގާއިމުކުރުން

ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ޑިޖިޓަލް ޓްރާންސްފޯރމޭޝަނެއް!

ލޯކަލް ކައުންސިލްތައް މައިކްރޯސޮފްޓް 365އަށް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2021 | އަންގާރަ 12:24
ކުޅުދުއްފުށި ކައުންސިލް އިދާރާ

ކުޅުދުއްފުށި ކައުންސިލް އިދާރާ

ލޯކަލް ކައުންސިލްތައް މައިކްރޯސޮފްޓް 365އަށް ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން، ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި އެ ނިޒާމު ގާއިމުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން ދާދިފަހުން މައިކްރޯސޮފްޓާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ސަރުކާރުގެ އޮފީސްތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި މައިކްރޯސޮފްޓް އޮފީސް 365އަށް ސަރުކާރުގެ އޮފީސްތައް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިގޮތުން ފުރަތަމަ ބަދަލުކުރެވުނު ކައުންސިލަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލެވެ.

މައިކްރޯސޮޕްޓް އޮފީސް 365ގެ ޚިދުމަތް ރޯލްއައުޓް ކުރުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރު އޮފީސްތަކުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ސަރުކާރު އިދާރާތަކުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމެވެ. މިގޮތުން މައިކްރޯސޮޕްޓް އޮފީސް 365 އެންމެ ފުރަތަމަ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކަށެވެ. އެއަށްފަހު ސަރުކާރުގެ ވުޒާރާތަކާއި، މިނިވަން މުއައްސަސާތަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.

މިކަމަށްޓަކައި ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން 4،200 ކައުންސިލަރުން ހިމެނޭގޮތަށް, ސަރުކާރުގެ 20,000 މުވައްޒަފުންނަށް މި ނިޒާމު ބޭނުންކުރަން ދަސްކޮށްދިނުމަށް ވަނީ ނިންމާފައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ބުނީ, މައިކްރޯސޮފްޓް 365 ފަދަ މުހިއްމު ޚިދުމަތެއް ސަރުކާރުން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުން ދައްކުވައިދެނީ, ޑިޖިޓަލް ޓްރާންސްފޯރމޭޝަންގެ އެހީގައި އާންމުންނަށް ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވާ  އިސްކަމާއި ސަމާލުކަމާއި އަހައްމިއްޔަތުކަން ކަމަށެވެ.

މައިކްރޯސޮފްޓް 365އަކީ ސަރުކާރުގެ ޑިޖިޓަލް އޭޖެންޑާގައި ހިމެނޭ މުހިންމު މަޝްރޫއެކެވެ. ސަރުކާރުގެ އޮފީސްތަކުގެ ކައުންޓަރުދޮށުގައި ކިއުގައި ނުޖެހި ސަރުކާރާއި ސަރުކާރުގެ އޮފީސްތަކުން ދޭ  ޚިދުމަތްތައް ރައްޔިތުންނަށް ވީހާވެސް ގާތުން ,ފޯރުކޮށްދިނުމުގެ ސިޔާސަތަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރ އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ދެއްވާ އެއްބާރުލުން ފާހަގަކޮށް މިނިސްޓްރީއިން  ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މައިކްރޯސޮފްޓް އޮފީސް 365 ކުޅުދުއްފުށި ސިޓީ ކައުންސިލަށް ރޯލްއައުޓް ކުރުމުގެ ތެރެއިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަރީފް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ކައުންސިލް ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުންވެސް ސިޓީ ކައުންސިލްގެ ތަސައްވުރެއްކަމުގައިވާ ސްމާޓް ސިޓީ ކައުންސިލަކަށް ކުޅުދުއްފުށި ހެދުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ބެހޭގޮތުން އޮޅުންފިލުއްވިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީލޯކަލް ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒު ސަރުކާރުން ބޮޑު ކުރި މުސާރަ އާ އެކު ލީގަލް އޮފިސަރުންގެ މުސާރަ އާއި އިނަޔާތްތައް ކުޑަވެ، 10 ތަނަކަށް ޕެޓިޝަން ހުށަހަޅައިފި

މުއިއްޒު ސަރުކާރުން ބޮޑު ކުރި މުސާރަ އާ އެކު ލީގަލް އޮފިސަރުންގެ މުސާރަ އާއި އިނަޔާތްތައް ކުޑަވެ، 10 ތަނަކަށް ޕެޓިޝަން ހުށަހަޅައިފި

10 ނޮވެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ކޮމިޓީ އިން ފާސްކޮށް ތަޅުމަށް ފޮނުވައިފި

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ކޮމިޓީ އިން ފާސްކޮށް ތަޅުމަށް ފޮނުވައިފި

14 ސެޕްޓެމްބަރު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް!

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް!

21 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ކުޅުދުއްފުށީ މާލިއްޔަތަށް އަހަރަކު ހަތަރު މިލިއަން ރުފިޔާގެ ގެއްލުންވާނެ

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ކުޅުދުއްފުށީ މާލިއްޔަތަށް އަހަރަކު ހަތަރު މިލިއަން ރުފިޔާގެ ގެއްލުންވާނެ

07 އޯގަސްޓު 2025
ކައުންސިލްތަކުން ކަނބޮޑުވުން ފާޅުކުރަމުން ދަނިކޮށް ކައުންސިލްތައް ހުއްޓުވާލަން ހުށަހެޅި ބިލު ކޮމެޓީން ފާސްކޮށްފި

ކައުންސިލްތަކުން ކަނބޮޑުވުން ފާޅުކުރަމުން ދަނިކޮށް ކައުންސިލްތައް ހުއްޓުވާލަން ހުށަހެޅި ބިލު ކޮމެޓީން ފާސްކޮށްފި

05 އޯގަސްޓު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު