Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހަކަތައިގެ ބިލް

ހަކަތައިގެ ބިލް 43 މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފި

ޕެޓްރޯލިއަމްއާއި ޕެޓްރޯލިއަމްގެ ބާވަތްތަކަށް ޚާއްސަ ޗެޕްޓަރއެއް ވަނީ ހިމަނާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2021 | އަންގާރަ 08:35
އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ބިލުގައި ވަނީ ބާރު އަޅާފައި

އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ބިލުގައި ވަނީ ބާރު އަޅާފައި

ހަކަތައިގެ ބިލް 43 މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ބިލު ދިރާސާ ކޮށް ނިންމި ގޮތުގެ ރިޕޯޓު ތަޅުމަށް އިއްވީ ސެޕްޓެމްބަރ މަހުގެ 14 ވަނަ ދުވަހުއެވެ. ކޮމިޓީ ރިޕޯޓަށް އެއްވެސް އިސްލާހެއް ހުށަހަޅާފައެއް ނުވެއެވެ. ރިޕޯޓު ތަޅުމަށް އިއްވަވަމުން ކޮމިޓީގެ މުގައްރިރު އަދި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، ކޮމިޓީއަށް ހުށަހެޅުނު ބިލް ދިރާސާ ކުރުމަށްފަހު ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި ތިން ފަހަރެއްގެ މަތިން ކަމާ ގުޅޭ ފަރާތްތަކަށް ބިލަށް ކޮމެންޓް ކުރަން ފުރުސަތު ދެއްވި ކަމަށެވެ. ސަލީމް ވިދާޅުވީ، ބިލަކީ މުހިއްމު ބިލަކަށްވާތީ، ބިލަށް ގެނައި އިސްލާހުތައް ބައްޓަން ކުރުމުގައި ކައުންސިލްގެ ޒިންމާތަކާއި ބާރުތައް ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން ހަކަތައިގެ ދާއިރާ ރެގިއުލޭޓް ކުރުމަށް ރަށު ފެންވަރުގައާއި ސިޓީ ފެންވަރުގައި ހިންގާ ޕްރޮޖެކްްޓަތަކަށް ލައިސެންސް ދިނުން ޔޫޓިލިޓީ އޮތޯރިޓީގެ ދަށުން އެކުލަވާލާ އުސޫލެއްގެ ދަށުން ކަންސިލްތަކަށް އެ ބާރުތައް ދިނުމަށް ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިއީ ޚިދުމަތް ލިބިގަންނަ ފަަރާތްތަކުގެ ހައްގު ހިމާޔަތް ކުރުމަށް ގާނޫނެއްގައި ލިޔެވިގެން އަންނަ ފުރަތަމަ ފަހަރެވެ. ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ކަރަންޓު ކަނޑާލަން ޖެހޭ ހާލަތުގައި ރައްޔިތުންނަށް ދުރާލާ އެކަން އަންގަން ޖެހެއެވެ. މިކަމުގެ ސަބަބުން ކުއްލި ކުއްލިއަށް ކަރަންޓު ކެނޑުމުން ލިބޭ ގެއްލުން ކުޑަކުރެވިގެންދާނެއެވެ. އަދި ކުއްލިއަކަށް ކަރަންޓު ކަނޑައިގެން ހިނގައިދާނެ ހާލަތަކަށް ތައްޔާރު ވުން ލާޒިމް ކަމަަށް ބިލުގައި މިހާރު ހިމަނާފައިވެއެވެ.

ބިލުގެ މަގުސަދުތަކުގެ ތެރޭގައި، ދައުލަތުގެ އިދާރާތަކުގެ ޒިންމާތަކާއި ބާރުތަކާއި، ހަކަތައިގެ ޚިދުމަތް ގާއިމް ކުރުމާއި ހިންގުމުގެ ތެރެއިން ތިމާވެށްޓާއި އާއްމު ސިއްހަތަށް ލިބޭ ގެއްލުންތައް ވެސް ހިމަނާފައިވެއެވެ. އަދި ރާއްޖެ ނެޓް ޒީރޯގެ ގައުމަކަށް ހެދުމަށް ކަމާ ބެހޭ ގާނޫނުތަކާއި ގަަވާއިދުތަކުގައި ކަނޑައަޅާފައިވާ ލަނޑުދަޑިތައް ހާސިލްކުރުމަށް އިއާދަކުރަނިވި ހަކަތައަށް ރާއްޖޭގެ ހަކަތައިގެ ދާއިރާ ބަދަލު ކުރުމަށް އެކުލަވާލަންޖެހެ ޕްލޭން އެކުލަވާލުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

2030 ވަނަ އަހަރުގައި ނެޓް ޒީރޯއަށް އަމާޒު ހިފާފައިވާއިރު އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ވަސީލަތްތައް ދެނެގަނެ، އެކަމަށް ބާރު އެޅުމުގެ ގޮތުން ބިލު ގާނޫނަކަށް ވެގެން އަންނައިރު، ރާއްޖޭގެ ސަރަހައްދުގައި ހިމެނޭ އިއާދަކުރަނިވި ހަކަތައިގެ ހުރިހާ ވަސީލަތްތަކުގެ ސަރވޭއެއް ހެދުމުގެ މަސައްކަތް މިނިސްޓްރީން ފަށަން ޖެހެއެވެ. ގާނޫނަށް އަމަލުކުރަން ފަށާތާ 24 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުގައި ހިމެނޭ ހުރިހާ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުގެ އިންވެންޓްރީއެއް އެކުލަވާލައި ވަސީލަތްތަކުގެ ޗާޓެއް ހަދައި އާއްމުކުރަން ލާޒިމް ކޮށްފައިވާއިރު، އަހަރަކު އެއްފަހަރު ޗާޓް މުރާޖާ ކުރަން ޖެހެއެވެ.

އަމިއްލަ ފަރާތްތަކުން އިއާދަކުރަނިވި ހަކަދަ އުފައްދާ ބޭނުންކޮށް އެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ވިއްކޭނެ ފަސޭހަ ނިޒާމެއް އެކުލަވާލަން ޖެހޭނެ ކަމަށާއި، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތުން އެރަށެއްގެ ކަރަންޓް ވިއުގަ ތަންދޭ އެންމެ މަތީ މިންވަރަކަށް އިއާދަކުރަނިވި ހަކަތަ ދެވޭނެ އިންތިޒާމު ހަމަ ޖައްސަން ޖެހެއެވެ. ހަކަތަ ބޭނުން ކުރެވޭނެ މިންވަރާއި، އެންމެ ބޮޑަށް ހަކަތަ ފޯރުކޮށްދެވޭނެ މިންވަރު ކޮންމެ 6 މަހަކުން އަޕްޑޭޓް ކޮށް، އެކަން އާއްމުކޮށް އިއުލާން ކުރަން ޖެހެއެވެ.

ތަރައްގީގެ މަޝްރޫއުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމް ފަސޭހައިން ގާއިމް ކުރެވޭނެ ކަންކަމަށް އިސްކަން ދިނުމަށް ވެސް ބިލުގައި ވަނީ ހިމަނާފައެވެ. ހަކަތައިގެ ވަސީލަތްތައް ބޭނުންކުރާއިރު، އެއްކަމަކަށް އެއްބާވަތަށްވުރެ ގިނަ ބާވަތެއް ބޭނުން ކުރެވެން އޮންނަ ހާލަތުގައި އިސްކަންދޭން ވާނީ ތިމާވެއްޓާ އެންމެ ރަހުމަތްތެރި ބާވަތަށްކަން ފުރަތަމަ ފަހަރަށް ގާނޫނެއްގައި ލިޔެވިގެންދާނެއެވެ.

ބިލް ހުށަހެޅުނުއިރު ޕެޓްރޯލިއަމްއާއި ޕެޓްރޯލިއަމްގެ ބާވަތްތައް ހިމަނާފައި ނެތް ނަަމަވެސް ކޮމިޓީންވަނީ މުޅިން އައު ޗެޕްޓަރެއް މިކަމަށް މިހާރު ހިމަނާފައެވެ. ކަރަންޓުގެ ޚިދުމަތް ދިނުމުގައި ނިކަމެތިންނަށް ލުއި ގޮތްތައް ހިމަނަން ޖެހޭ ކަމަަށް ބިލުގައި މުޅިން އައު މާއްދާއެއް ހިމަނާފައިވެއެވެ.

ހުއްދަ ދީފައި އޮންނަ ފަރާތަކުން ކަރަންޓު ވިއްކަން ވާނީ ހުއްދަ ދީފައިވާ އަގަށް ކަމަށް އޮންނަ އޮތުމަށް ބަދަލު ގެނެސްފައިވާނެ ކަމަށާއި، މިއީ އަގު ހެޔޮކޮށް ކަރަންޓު ފޯރުކޮށްދެވޭނެ ފުރުސަތު ފަހި ކޮށްދިނުމަށް ވެސް ވަނީ ހިމަނާފައެވެ. އެންމެ މަތީ އަގަށްވުރެ ހެޔޮ އަގެއްގައި ކައުންސިލާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ މަޝްވަރާގެ މަތިން ފޯރުކޮށްދެވޭނެ ކަމަށް ބަޔާން ކޮށްފައިވެއެވެ. އެގޮތުން އަންނަ ފަރަގު ސަރުކާރުގެ އަހަރީ ބަޖެޓުން ހަަމަ ނުޖެއްސޭނެ ކަމަށްވެސް ބިލުގައި ސާފުކޮށް ބަޔާން ކޮށްފައިވެއެވެ. އެހެންނަމަވެސް ކައުންސިލްތަކުން މަސައްކަތް ކޮށްގެން އާމްދަނީ އިތުރުކޮށްގެން ރައްޔިތުންނަށް ކަރަންޓުގެ އަގު ހެޔޮ ކޮށްދެވިދާނެއެވެ.

ސޯލާ ހަކަތަރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު