Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޫއެންޖީއޭ 76 ވަނަ ސެޝަން

ރައީސް ޞާލިޙް، އދ.ގެ ޢާންމު މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

މުޅި ދުނިޔޭގެ އާބާދީއަށް ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ޖަހައި ނިންމުމަށް އަމާޒުހިފާފައިވާކަން ޝާހިދު ފާހަގަކުރެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2021 | އަންގާރަ 02:28
ރައީސް ޞާލިޙް ޔޫއެންޖީއޭގެ ރައީސް އަބްދުﷲ ޝާހިދާ ބައްދަލުކުރެއްވުން

ރައީސް ޞާލިޙް ޔޫއެންޖީއޭގެ ރައީސް އަބްދުﷲ ޝާހިދާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ހަވާސާގައި އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާ ބައްދަލުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ނިއުޔޯކް ސިޓީގައި ހުންނަ އ.ދ. ގެ މައި މަރުކަޒުގައެވެ. ރައީސުލްޖުމްހުރިއްޔާ ވަނީ ޢަބްދުﷲ ޝާހިދު އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ އުންމީދީ ރިޔާސަތުގައިވާ "ފައިވް ރޭސް އޮފް ހޯޕް" ގެ ކަންކަން ހާސިލުކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. މިގޮތުން، އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ވަނީ، 2022 ވަނަ އަހަރުގެ ޑިސެންބަރުގެ ނިޔަލަށް މުޅި ދުނިޔޭގެ އާބާދީއަށް ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ޖަހައި ނިންމުމަށް އަމާޒުހިފާފައިވާކަމަށާއި، ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް އިސްކަންދެއްވާނެކަމުގައި ވިދާޅުވެފައެވެ.

އަދި، އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ވަނީ އެމަނިކުފާނު އެ މަޤާމަށް ކުރިމަތިލުމާ ހަމައިން ފެށިގެން ވެސް އެމަނިކުފާނަށް ކުރެއްވި އިތުބާރާއި ދެއްވި އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި، ދިވެހި ދަރިޔަކަށްވެ އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވުމަށް ފުރުޞަތު ލިބުމަކީ އެމަނިކުފާނަށް ލިބުނު ޝަރަފެއްކަމަށާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވަނީ ބޭރު ޤައުމުތަކާއެކު މިހާރު އޮންނަ ގުޅުންތައް ދެމެހެއްޓުމާއެކު އާ ގުޅުންތައް ޤާއިމު ކުރުމަށްކަމުގައި ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ޢަބްދުﷲ ޝާހިދު ވިދާޅުވިގޮތުގައި އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްގެ މަޤާމު އެމަނިކުފާނަށް ކާމިޔާބުކުރެއްވުމުން ރަމްޒުކޮށްދެނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބަލައިގަނެފައިވާކަމެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޢަބްދުﷲ ޝާހިދު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. އަދި، ޢަބްދުﷲ ޝާހިދު ވަނީ މި ކާމިޔާބީގެ ފަހަތުގައި ރާއްޖޭގެ ޚާރިޖިއްޔާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ޤާބިލްކަމާއި ފަންނުވެރިކަން މުހިންމު ދައުރެއް އަދާކުރާކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވެސް ވަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙާލަތު ރަނގަޅުކުރުމުގައި ބޭނުންވާ ފަރާތްތަކަށް ހަމަހަމަކަމާއެކު ވެކްސިން ލިބޭނެ މަގު ތަނަވަސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުންވެސް ޢަބްދުﷲ ޝާހިދު ވަނީ މިންތީގެ ހަމަހަމަކަމަކީ އެމަނިކުފާނުގެ ރިޔާސަތުގައި އިސްކަންދެއްވާނެ ދާއިރާއެއްކަން ފާހަގަކުރައްވައި، ރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނަންގަވާފައިވާ މުހިންމު ފިޔަވަޅުތަކާގުޅޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން ރާއްޖޭގެ ސަފީރުންގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންކަން ޢަބްދުﷲ ޝާހިދު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތުދެއްވާފައެވެ. 

ޢަބްދުﷲ ޝާހިދުފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދުއދ.ގެ އާންމު މަޖިލިސްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

04 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު