Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިވިލް ސަރވެންޓުންގެ ހުރި މައްސަލަތައް

މުވައްޒަފުންގެ ކަންބޮޑުވުންތައް އަހައި އެކަންކަން ހައްލުކުރަން އަބަދުވެސް މަސައްކަތްކުރަން: ސިވިލް ސަރވިސް ކޮމިޝަން

20 ސެޕްޓެމްބަރު 2021 | ހޯމަ 12:56

މިހާރަކަށް އައިސް، އެކި ނަންނަމުގައި ވަކި ބަޔަކު ނޭނގޭގޮތަށް މިކަންކަމާ އަޑު އުފުލަމުން ދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 20 ސެޕްޓެމްބަރު 2021 | ހޯމަ 12:56
އެންމެ ގިނަ އަދަދެއްގެ ސިވިލް ސާރވަންޓުން އެތަނެއްގައި މަސައްކަތްކުރާ އިމާރާތް ކަމުގައިވާ ވެލާނާގެ

އެންމެ ގިނަ އަދަދެއްގެ ސިވިލް ސާރވަންޓުން އެތަނެއްގައި މަސައްކަތްކުރާ އިމާރާތް ކަމުގައިވާ ވެލާނާގެ

ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތައް ދެނެގަނެ، ގާނޫނާއި ގަވާއިދުގެ ތެރެއިން އެ މައްސަލަތަކަށް ހައްލު ހޯދުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފިއެވެ.

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ގުޅުވައިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ޝުއޫރުތަކާއި، ކުރި އިހުތިޖާޖުތަކާއެކު ބައެއް މުވައްޒަފުން މަސައްކަތް ހުއްޓާލައި، ސޯޝަލް މީޑިއާގައި ހާމަކުރަމުންދާ ޕޯސްޓްތަކާ ގުޅޭގޮތުން ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ސިވިލް ސާވިސް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި، މުވައްޒަފުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ.

Advertisement - newsAdvertisement

ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތައް ދެނެގަނެ، ގާނޫނާއި ގަވާއިދުގެ ތެރެއިން އެ މައްސަލަތަކަށް ހައްލު ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަމުންދާކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

އެހެންނަމަވެސް މިހާރަކަށް އައިސް، އެކި ނަންނަމުގައި ވަކި ބަޔަކު ނޭނގޭގޮތަށް، އެ ކޮމިޝަނުގެ ލޯގޯ ބޭނުންކޮށްގެން، ސިވިލް ސަރވިސް މުވައްޒަފުންގެ ހައްގުތައް ދިފާއުކުރުމަށް ކަމަށް ބުނެ، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ހަރަކާތްތެރިވަމުންދާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. މިގޮތުން "ދިވެހި ސިވިލް ސަރވަންޓްސް އެސޯސިއޭޝަން" ގެ ނަމުގައިމިހާރު ހަރަކާތްތެރިވާ ފަރާތަކީ، ގަވާއިދުން ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެއް ނޫން ކަމަށާއި، މިފަދައިން ވަކި ބަޔަކު ނޭނގޭގޮތަށް ހިންގާ ހަރަކާތްތަކާއި، ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް ސިވިލް ސަރވިސް މުވައްޒަފުން އަމަލުނުކުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ދޮރު އަބަދުވެސް ހުޅުވިފައި ހުންނާނެ ކަމަށާއި، ގާނޫނުން ލިބިދޭ ހައްގުތައް ބޭނުންކުރުމުގައިވެސް، ސަރުކާރުގެ އިދާރާތަކުން ދެމުންދާ ޚިދުމަތްތައް މެދުނުކެނޑޭނެގޮތަށް އަމަލުކުރުމަށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށް ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެފައެވެ.

އިހުތިޖާޖާ ގުޅޭ ގޮތުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ، އިހުތިޖާޖާ ގުޅޭ މައުލޫމާތު ލިބުނީ މީޑިއާއިން ކަމަށެވެ. ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތައް ކޮމިޝަންގެ ރައީސާއި ހިއްސާ ކޮށްފައިނުވާކަމަށް ވެސް ވިދާޅުވިއެވެ.

ސިވިލް ސަވިރސް ކޮމިޝަން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި
30 ނޮވެމްބަރު 2025

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

30 ނޮވެމްބަރު 2025
ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް
21 ސެޕްޓެމްބަރު 2025

މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

21 ސެޕްޓެމްބަރު 2025
މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި
07 ސެޕްޓެމްބަރު 2025

ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

07 ސެޕްޓެމްބަރު 2025
ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި
19 އޯގަސްޓު 2025

އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި

19 އޯގަސްޓު 2025
އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި
21 އެޕްރީލު 2025

ރިޓަޔަރ ކުރުމުން ދޭ އިނާޔަތް ދިނުމުގައި މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ދެމެދު ހުރި ބޮޑު ފަރަގުގެ ކަންބޮޑުވުން ބަންޑުންކޮށްލައިފި

21 އެޕްރީލު 2025
ރިޓަޔަރ ކުރުމުން ދޭ އިނާޔަތް ދިނުމުގައި މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ދެމެދު ހުރި ބޮޑު ފަރަގުގެ ކަންބޮޑުވުން ބަންޑުންކޮށްލައިފި
20 އެޕްރީލު 2025

ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަން ކުރައްވައިފި

20 އެޕްރީލު 2025
ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަން ކުރައްވައިފި
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
23 ޖުލައި 2024

ސީއެސްސީ އަށް ހުށަހެޅި ވަޒީފާގެ މައްސަލަތަކުގެ 87 އިންސައްތަ ވަނީ ނިންމާފައި

23 ޖުލައި 2024
ސީއެސްސީ އަށް ހުށަހެޅި ވަޒީފާގެ މައްސަލަތަކުގެ 87 އިންސައްތަ ވަނީ ނިންމާފައި
09 ޖޫން 2024

ހަތަރުވަނަ ސިވިލް ސަރވިސް ކޮންފަރެންސް ފަށައިފި

09 ޖޫން 2024
ހަތަރުވަނަ ސިވިލް ސަރވިސް ކޮންފަރެންސް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް