Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެންފަށަލަ ބެލެހެއްޓުން

ރަށްރަށުގެ މީރު ފެންފަށަލަ ވަކި ލެވެލެއްގައި ބެހެއްޓުމަށް ދަނީ މަސައްކަތް ކުރެވެމުން

30 ރަށެއްގެ ފެންފަށަލައަށް އަސަރުކޮށްފައި ހުރީ ކިހާ ވަރަކަށްތޯ ބެލުމުގެ މަސައްކަތް މިހާރު ކުރިއަށްދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 19 ސެޕްޓެމްބަރު 2021 | އާދީއްތަ 18:07
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރ އަހުމަދު މުޖުތަބާ

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރ އަހުމަދު މުޖުތަބާ

އަތޮޅުތެރޭގެ ރަށްރަށުގެ މީރު ފެންފަށަލަ ވަކި ލެވެލެއްގައި ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖުތަބާ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި މުޖުތަބާ ވިދާޅުވީ ޚާއްސަ އިސްކަމެއް ދީގެން އަތޮޅުތެރޭގެ ރަށްރަށުގެ ފެންފަށަލައަށް ކުރާ އަސަރުތައް ދެނެގަތުމަށް މަސައްކަތްތައް ކުރާ ކަމަށެވެ. ވަރަށް ބޮޑު މަޝްރޫއެއް ކުރިއަށް ގެންދާކަން ފާހަގަކުރައްވައި މުޖުތަބާ ވިދާޅުވީ 30 ރަށެއްގެ ފެންފަށަލައަށް އަސަރުކޮށްފައި ހުރީ ކިހާ ވަރަކަށްތޯ ބެލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން އެރަށްރަށުގެ ފެންފަށަލަ ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

މުޖުތަބާ ވިދާޅުވީ ސިޔާސަތަކީ ކޮންމެ ރަށެއްގައި ވެސް ތާޒާ ފެން ވަކި ލެވަލެއްގައި ބެހެއްޓުން ކަމަށެވެ. އެގޮތުން ފެން ހިންދާ ނިޒާމު ގާއިމް ކުރާއިރު، އެހުރިހާ ކަމަކަށް ބަލާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ޑްރައިނޭޖް ސިސްޓަމް ގާއިމް ކުރަނީ ރަށުގެ ތެރެއަށް ފެން ހިނދޭ ގޮތަށް ކަމަށެވެ.

މުޖުތަބާ ވިދާޅުވީ ބައެއް ރަށްރަށުގައި ޑީސަލިނޭޓްކޮށްގެން ވެސް ފެން ބޭނުންކުރާ ކަމަށެވެ. އަދި ބައެއް ރަށްރަށުގައި ފެންފަށަލައަށް އެއްވެސް މައްސަލައެއް ދިމާނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
07 ސެޕްޓެމްބަރު 2025

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި
20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
16 ފެބުރުއަރީ 2025

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

16 ފެބުރުއަރީ 2025
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު