Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިޔަވަތި

ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންކަމާއި ގުޅިގެން 4 ކަމެއް

19 ސެޕްޓެމްބަރު 2021 | އާދީއްތަ 11:17

މުވައްޒަފުންނަށް ވުރެ އެތާގައި ބަލަހައްޓާ ކުދިންގެ އަދަދު ގިނަ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 19 ސެޕްޓެމްބަރު 2021 | އާދީއްތަ 11:17
ފިޔަވަތީގެ ފުރާޅުމައްޗަށް ކުޑަކުދިންތަކެއް އަރައި ތިބި މަންޒަރު

ފިޔަވަތީގެ ފުރާޅުމައްޗަށް ކުޑަކުދިންތަކެއް އަރައި ތިބި މަންޒަރު

ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންކަމާއި ގުޅިގެން، މައްސަލަ ދިމާވެގެން އުޅެނީ މައިގަނޑު ހަތަރު ސަބަބަކާއި ގުޅިގެން ކަމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބުނެފިއެވެ.

އާދީއްތަ ދުވަހު ބޭއްވި ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގައި މަޝްވަރާކޮށް، ދިރާސާކޮށްފައިވަނީ އެޗްއާރްސީއެމް އަދި ޗިލްޑްރަންސް އޮމްބަޑްޕާސަން ހުށަހަޅާފައިވާ ރިޕޯޓާ ބެހޭ ގޮތުންނެވެ. ކޮންމެ މުއައްސަސާއަކުން ވެސް ވަނީ ދެ ރިޕޯޓެއް ހުށަހަޅާފައެވެ. ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ހަތަރު ކަމެއް ފާހަގަކޮށްފައިވެއެވެ. ޖާގައަށްވުރެ ގިނައިން އެތަނުގައި ކުދިން ގެންގުޅުމާއި، މުވައްޒަފުންނަށް ވުރެ އެތާގައި ބަލަހައްޓާ ކުދިންގެ އަދަދު ގިނަވުމެވެ. އަދި ތަނުގެ މުވައްޒަފުން ތަމްރީން ކޮށްފައިވަނީ ތުއްތު ކުދިން ބަލަހައްޓަން ކަމަށާއި ނަމަވެސް އުމުރުން 14 އަހަރުގެ ކުދިން އެތަނުގައި މިހާރު އެބަތިބި ކަމަށެވެ. މުވައްޒަފުންނަށް ބޮޑެތި ކުދިން ބެލެހެއްޓޭނެ ތަމްރީން ލިބިފައި ނެތުމާއި، ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާއިރު އެ އެހީތެރިކަން ލިބެމުން ނުދާ ކަަމަށެވެ. ފިޔަވަތީގައި އުޅެމުންދާ ކުދިންނަށް ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެކި މާހައުލުތަކުގައި ބޮޑުތިވެފައިވާ ކުދިން އެއްތަނެއްގައި ބަލަހައްޓަން ޖެހުމެވެ. އެކި މާހައުލުން އަންނަ ކުދިން ދެނެގަނެ ވަކި ތަނެއްގައި ބެލެހެއްޓުން މުހިއްމު ކަމަށްވެސް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ކޮމިޓީގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ވިދާޅުވީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ބައެއް ނޫސްވެރިން ހާދިސާއާ ގުޅޭ މަންޒަރުތަކާއި ފޮޓޯތައް އަމިއްލަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ބައެއް މީޑިއާތަކުން އެކުދިންގެ މޫނު ފެންނަހެން ފޮޓޯއާ ވިޑިއޯ އާއްމުކޮށްފައިވާ ކަމަަށެވެ. އެހެންވެ އެ މައްސަލަ ބަލައިދޭން މިޑީއާ ކައުންސިލަށް އަންގަން މުމްތާޒް ހުށަހެޅުއްވިއެވެ. 

ފިޔަވަތި ހުންނަ ސަރަހައްދުގެ ގޮތުން ކުދިންނަށް ނުރައްކާތެރިވެދާނެ ކަމުގެ ކަންބޮޑުވުން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މި ރިޕޯޓްތަކާއި ގުޅިގެން ޖެންޑަރ މިނިސްޓްރީއަށް ފިޔަވަޅުތަކެއް އަޅަން އަންގާފައިވެއެވެ. އެގޮތުން ކުދިން ފުރާޅަށް އެރޭހެން ހުރި ތަންތަން ބަންދު ކުރުމާއި ފިޔަވަތީގައި އަލިފާނުން ރައްކާތެރިވުމަށް ވަސީލަތްތައް ގާއިމުކުރުން ހިމެނެއެވެ.

ޖެންޑަރ މިނިސްޓްރީގެ ރިޕޯޓްވެސް ކޮމިޓީއަށް ލިބުމުން ދިރާސާކުރުމަށްފަހު ކޮމިޓީއަށް ފެންނަ ކަންކަން ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް ޖެންޑަރރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް