Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ރައީސް ޔާމީނުގެ އެފައިސާ މިފައިސާ ތިއަރީ

17 ސެޕްޓެމްބަރު 2021 | ހުކުރު 14:40

އެސްއޯއެފް އަދި އެމްއެމްޕީއާރްސީ ފައިސާ ހޯދަން އަހާފައި އޮތް ކަމަށް އެއްވެސް ލިޔެކިޔުމަކުން ފެންނަން ނޯންނާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 17 ސެޕްޓެމްބަރު 2021 | ހުކުރު 14:40
ކަޅު ފައިސާ ދޮވުމުގެ ކުސް ސާބިތުވެ މިހާރުވެސް ކުރީގެ ރައީސް ޔާމީން ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން

ކަޅު ފައިސާ ދޮވުމުގެ ކުސް ސާބިތުވެ މިހާރުވެސް ކުރީގެ ރައީސް ޔާމީން ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން | ރާއްޖެއެމްވީ

ޓީމަކަށް ކޯޗް ކޮށްދޭން މީހަކު އަންނާނީ ލައްކަ ތަޖުރިބާއާއެކުގައެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި އެކަންކުރާ ގޮތާއި، އެކަމުގައި އެހެން ގައުމުތަކުން ގެންގުޅޭ އުކުޅުތަކާއި، އުސޫލްތައްވެސް ދަސްކޮށްގެންނެވެ. އިދިކޮޅުން ކުޅޭނީ ކިހިނެއްކަމާއި، ޓީމު އަތުރާލާނެ ގޮތްވެސް ދަނެގަނެގެންނެވެ. މިއީ މޮޅު ކޯޗުންގެ އުސޫލެވެ.

ދައްކަން މިއުޅެނީ ކޯޗުންގެ ވާހަކައެއް ނޫނެވެ. ދައްކަން މި އުޅެނީ ރައީސް ޔާމީނުގެ ވާހަކައެވެ. ކަޅު ފައިސާ ދޮންނަން އެމަނިކުފާނަށްވުރެ ރަނގަޅަށް ދެނެވަޑައިގަންނަވާ އެހެން ބޭފަޅަކު ހުންނަވާހެން ހިއެއް ނުވެއެވެ. ކަންކަން ކުރައްވާއިރު އެކަމުގެ ހުރިހާ ކޮޅެއް ބައްލަވައެވެ. މިހެން މިކަން އޮތްކަން މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުމުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުން ވަރަށް ރަނގަޅަށް ފަހުމްވާނެއެވެ.

ކަޅު ފައިސާ ދޮވުމަކީ ކޮބައި ކަމާއި، އެކަން ދުނިޔޭގެ ގައުމުތަކުގައި ކުރަނީ ކިހިނެއްކަމުގެ ވަރަށް ފުރިހަމަ ފިލާވަޅެއް ސުޕްރީމް ކޯޓުގައި ރައީސް ޔާމީން ނަންގަވައި ދެއްވިއެވެ. ކަޅު ފައިސާ ދޮވުމުގައި ކަން ކުރަނީ ކިހިނެއް ކަމާއި، އެކަން ކުރާ މީހާ ވިސްނަންވީ ކޮންކޮން ކަންތަކަށްކަންވެސް ވަރަށް ފުރިހަމައަށް ތަފްސީލް ކޮށްދެއްވިއެވެ.

ކަޅު ފައިސާ ދޮވުމުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދު ﷲ ޔާމީނުގެ "އެ ފައިސާ މި ފައިސާ" ގެ ވާހަކައަކީ ވަރަށް ގިނައިން ޝަރީއަތުގެ އަޑުއެހުންތަކުން އިވޭ ވާހަކައެކެވެ.

މަނީލޯންޑަރ ކޮންސެޕްޓަކީ ރާއްޖޭގެ އުފެއްދުމެއް ނޫން ކަމާއި، ރާއްޖޭގެ ގާނޫނުތަކުގައި މަނީ ލޯންޑަރ ކުރުމަކީ ކޮބައިކަން ބަޔާންކޮށް ނުދޭ ކަމާއި، ގަވައިދާ ޚިލާފަށް ހޯދާ ކޮންމެ ފައިސާއަކީ ކަޅު ފައިސާއެއް ނޫން ކަމަށް ވިދާޅުވެ އެވާހަކަފުޅުތައް ސުޕްރީމް ކޯޓުގައި ވަރަށް ތަފްސީލް ކޮށްދެއްވިއެވެ. އަދި އެމަނިކުފާނު ހިންގެވީ ގާނޫނުގެ މަގުންކަން ސާބިތު ކޮށްދެއްވުމަށް މަސައްކަތް ކުރެއްވިއެވެ.

އެއްވެސް ލިޔެކިއުމެއްގައި އެސްއޯއެފް އަދި އެމްއެމްޕީއާރްސީ ފައިސާ ހޯދަން އަހާފައި އޮތް ކަމަށް ފެންނަން ނޯންނާނެ ކަމަށް ވިދާޅުވިއެވެ. ވިދާޅުވީ، އެމަނިކުފާނު އަަދީބު ކިޔާ މީހެއްގެ ގާތުގައި އެދުނީ އެ މަނިކުފާނުގެ އަމިއްލަފުޅު ފައިސާ އަނބުރާ ރައްދު ކުރުމަށް ކަމަށެވެ. އެ ވަގުތަކީ ރިޔާސީ ލޯންޗު ގޮއްވާލައި، ތަހުގީގުތަކެއްކޮށް އެ ލޯންޗު ގޮއްވާލުމުގައި އެންމެ އިސްކޮށް ހުރި މީހަކީ އަދީބުކަން ތިލަވެފައިވާ ވަގުތުކަމަށް ވެސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އަދާވާތްތެރިއެއް ކަމަށް ޔަގީން ކުރެވިފައި ހުރި މީހެއްގެ ކައިރީގައި އޯޕެން ލައިނަކުން އަދި އެހެން ގޮތަކުންވެސް އެމަނިކުފާނު ކުށްވެރިވާ ވަރުގެ ކަމެއް ފުއްދަން އެދޭނެތޯ ސަލާމަތް ބުއްދި ހުރި މީހަކު ވިސްނާލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެދުނީ އަދީބު އަތުގައި ހުރި އެމަނިކުފާނުގެ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ކަމަށް ވިދާޅުވިއެވެ. މިކަމަށް ދަލީލުވާ ވާހަކަ އެސްއޯއެފްގެ އެމްޑީ އައްލާމް ލަތީފް ބުނެފައިވާނެ ކަމާއި، ޗެކް ދިނީ އައްލާމް ލަތީފް ކަމަށް ވިދާޅުވިއެވެ. އައްލާމަކީ ދަންނަ މީހެއް ނޫން ކަމާއި، އަދި ވާހަކަވެސް ދެއްކި މީހެއް ނޫން ކަމަށް ވިދާޅުވިއެވެ.

ލުތުފީ އާއި މުއައްވިޒުގެ ބަޔާނުގައިވެސް، ދައުލަތަށް ގެއްލިގެން އުޅޭ އެއް މިލިއަން ޑޮލަރު ކަމާއި، ފަސޭހަކާމާއެކު އެ އަނބުރާ ހޯދުމަށް އޮތް ނަމަވެސް އެއީ ކޮން ފައިސާއެއް ކަން އެނގެން ނެތް ކަމަށް ޔާމީނު ވިދާޅުވިއެވެ.

ސިޔާސީ މަސައްކަތްތަކުން ލިބުނު ފުދޭ ވަރަކަށް ގިނަ ދިވެހި ރުފިޔާ އެމަނިކުފާނުގެ އަތްޕުޅުގައި ހުރުމުން އެ ފައިސާ ޑޮލަރަށް ހަދާފައި ރަނގަޅު އިންޓްރެސްޓް ރޭޓެއް ލިބޭ އެކައުންޓެއްގައި ބަހައްޓަން ނިންމެވީއެވެ. އެ ފައިސާ ދެތިން ހަތަރު ފަހަރެއްގެ މަތިން މާރުކޮށް ޑިޕޮޒިޓް ކުރި ކަމާއި، އެއީ އަސްލު އޮޅުވާލުމެއް ނޫން ކަމަށް ވިދާޅުވިއެވެ. ނެގީ އެސްއޯއެފުން ދިން ފައިސާ ނޫން ކަމަށެވެ. އޭގެފަހުން އިތުރު ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު ހަމަ އެ ބޭންކްގެ އިންވެސްޓްމެންޓް އެކައުންޓަކަށް ބަދަލު ކުރެއްވީ ކަމަށެވެ. އިސްލާމިކް ބޭންކްގެ ކަރަންޓް އެކައުންޓަކުން ސޭވިން އެކައުންޓަށް އެ ފައިސާ ބަދަލު ކުރުމަކީ ލޯންޑަރ ކުރުމެއް ނޫން ކަމަށެވެ.

ރައީސް ޔާމީނަށް ވެރިކަމުގައި ހުންނަވަނިކޮށް ސިޔާސީ ގޮތުން ލިބުނީ ކޮންފައިސާއެއްތޯއެވެ. ރައީސް ކަމުގައި ހުންނަވާ ބޭފުޅަކަށް ސިޔާސީ ގޮތުން ލިބެން ޖެހޭ ފައިސާއެއް އޮންނަކަން އަޅުގަނޑަށް ނުވިސްނެއެވެ.

ރައީސްކަން ކުރައްވާ ބޭފުޅަކީ ހަދިޔާ ހިއްޕެވުން މަނާ ބޭފުޅެކެވެ. އެއްޗެއް ލިބުނަސް ޑިކްލެއަރ ކުރަން ޖެހެއެވެ. ސިޔާސީ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލިބެންޖެހޭ ފައިސާއެއް ނުހުންނާނެއެވެ. ސިޔާސީ ގޮތުން ލިބެންޖެހޭ ފައިސާއެއް ލިބޭނީ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީއަށެވެ. އެ ފައިސާ ހުންނަން ޖެހެނީ ޕާޓީގެ އެކައުންޓުގައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ އެކައުންޓަކަށް ޖަމާކޮށް އެއިން ބޮޑު މަންފާއެއް ހޯދަން ޖެހޭ ފައިސާއެއް ނޫނެވެ.

ފައިސާ ބަދަލުކުރި އިރު ތާރީޚު ދިމާވަނީ ކީއްވެތޯ ގާޒީ ސުވާލު ކުރެއްވުމުން ވިދާޅުވީ، އެއްވެސް ބޭންކަކުން ހަފުތާއެއްގެ ތެރޭގައި ރަނގަޅު އިންވެސްޓްމެންޓް ރޭޓެއް ނުލިބޭނެ ކަމަށާއި، އެ މުއާމަލާތް ހިނގިއިރު، އޭސީސީން ސުވާލު ނުކުރައްވާ ކަަމަށެވެ. އޭގެ ދެމަސްކުރިން ފެށިގެން އިސްލާމިކް ބޭންކާއެކު އެ މަޝްވަރާތައް ކުރަމުން ގޮސް ފައިނަލައިޒްވީ، އެ ދުވަސްވަރު ކަމަށެވެ. ފުރަތަމަ ރުފިޔާއިން އިންވެސްޓް ކޮށްގެން ލިބޭ އިންޓްރެސްޓް ކުޑަވީމާ ޑޮލަރުން އިންވެސްޓް ކުރަން ނިންމީ ކަމަށެވެ. އަދި ދުވަސް ދިމާވުން އެއީ މުޅިން އިއްތިފާގު ކަމަށެވެ.

ހަމަ މުޅިންވެސް އިއްތިފާގެވެ. އިސްލާމިކް ބޭންކުން ތިން މަސްވަންދެން ކޮންމެ ދުވަހަކު ރައީސް ޔާމީނަށް ގުޅައި ނެގޯޝިއޭޓް ކުރަނީއެވެ. މިވެސް އަޖައިބެކެވެ. ރައީސް ޔާމީން ވީމަ ކޮންމެ ދުވަހަކު ގުޅައި، އިންވެސްޓްކުރަން އެންމެ ރަނގަޅު ގޮތްވެސް ކިޔައި ދެނީއެވެ.

އެސްއޯއެފް ޗެކާ ގުޅިގެން އެއްވެސް އިރަކު ތަހުގީގީ ސުވާލެއް ނުކުރައްވާ ކަމާއި، ފައިސާގައި އަތް ނުލުމަށް ކޯޝަން ނުކުރައްވާ ކަމަށެވެ. އެއްވެސް ކޯޝަނެއް ނުކުރާނަމަ އަތުގައި ހުރި ފައިސާއިން ރަނގަޅު އެއްޗެއް ހޯދުމަށް މަސައްކަތް ނުކުރަންވީ ސަބަބެއް ނުފެންނަަ ކަމަށެވެ. އެމްއެމްޕީއާރްސީގެ ނަން އައި ނަމަވެސް ސުވާލު ކުރެއްވުނީސް ކަމަށާއި، އެކަމަކު އެސްއޯއެފްގެ ޗެކަކުން ގޯހެއް އޮވެދާނެ ކަމަށް ނުވިސްނޭނެ ސަބަބީ އޭރުވެސް އެސްއޯއެފުން އެތައް ބަޔަކާ މުއާމަލާތްކޮށް، ސަރުކާރުގެ ކުންފުނިތަކާއެކު މުއާމަލާތް ކުރަމުންދާތީ ކަމަށެވެ.

ކޯޝަން ކުރެއްވިނަމަ އެ ފައިސާ ދެވުނީސް ކަމާއި، އެކަމުން ވަކި ގެއްލުމެއްވެސް ނުވާނެ ކަމަށް ވިދާޅުވިއެވެ. އެސްކްރޯ އެކައުންޓަށް ލުމަށް ގަތް އެއް މިލިއަންޑޮލަރު ހަމަ އެ އެކައުންޓަށް ލެވުނީސް ކަމަށް ވިދާޅުވިއެވެ. އެސްއޯފްގެ ޗެކުން ޖަމާކުރި ފައިސާގައި އަތް ނުލުމަށް އެންގުމުން އެސްކްރޯ އެކައުންޓަށް ލުމަށް އެ ފައިސާގައި އަތް ނުލައި އިތުރު އެއް މިލިއަން ޑޮލަރު ގަނެ އެސްކްރޯ އެކައުންޓަށް ޖަމާކުރުމަކީ އެމަނިކުފާނުގެ އިޚުލާސްތެރިކަމެވެ.

ފައިސާގައި އަތް ނުލުމަށް ކޯޝަން ކުރައްވާފައިވަނީ 2018ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަމާއި، އިންވެސްޓްމެންޓް އެކައުންޓަށް ފައިސާ މޫވްކުރީ 2017ގައި ކަމަށެވެ. އެއް ބޭންކެއްގެ ތެރޭގައި ހުރި އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ބަދަލު ކުރުން އެއީ ފައިސާ ފަށަލަކުރުން އަދި ދޮވުމެއްވެސް ނޫން ކަމަށް ވިދާޅުވިއެވެ. ރާއްޖެއިން ބޭރަށް ފައިސާ ގެންގޮސް އޭގެ އަސްލު އޮޅުވަން މަސައްކަތް ނުކުރާހާ ހިނދަކު އެއީ ކަޅު ފައިސާ ދޮވުން ކަަމަށް ނުބެލެވޭނެ ކަމަށް ރައީސް ޔާމީން ނަންގަވައި ދެއްވި ފިލާވަޅުގައިވެއެވެ.

މިއަދުވެސް އިންވެސްޓްމެންޓް އެކައުންޓް ބެލިޔަށް ފައިސާ ފެންނަން ހުންނާނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ފައިސާ ނުގެންދަންޏާ އެ ޓްރެކްވެސް ކުރެވޭނެ ކަމާއި، ހަމަ އެކަނި ވީ ކަމަކީ، އެސްއޯއެފްއިން ދިން ޗެކް އެކައުންޓަކަށް ޖަމާކޮށް އެހެން އެކައުންޓަކަށް ޓްރާންސްފަރ ކުރުން ކަމަށެވެ.

ކޮންމެއަކަސް ވިދާޅުވާން ބޭނުންފުޅުވަނީ އެމަނިކުފާނު ކުށެއް ނުކުރައްވާ ކަމެވެ. އެމަނިކުފާނުގެ އެ ފައިސާ މި ފައިސާ ތިއަރީ އަޑުހާލައިފިނަމަ ހަމަ ވާނުވާ ނޭގޭވަރަށް މީހުން ތިބޭނީ އޮޅިފައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންއެމްއެމްޕީއާރްސީކްރިމިނަލް ކޯޓްދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

3

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

4

ޑިގްރީ ނިންމާފައި ގްރެޖުއޭޝަނަށް ފައިސާ ދެއްކި ފަހުން އެންގީ ގްރެޖުއޭޓް ނުވެވެނީ "ނަސީބު ދެރަކަމުން" ކަމަށް!

5

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2026

ފުލުސް އޮފިސަރު ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި 4 މީހަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފި

23 އޮކްޓޯބަރު 2026
ފުލުސް އޮފިސަރު ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި 4 މީހަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފި
18 އޮކްޓޯބަރު 2026

ޑްރަގް ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ދެމުންދިޔަ ދިޔަ އެޕާޓްމެންޓަކުން 6 މީހަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސް ޖަހައިފި

18 އޮކްޓޯބަރު 2026
ޑްރަގް ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ދެމުންދިޔަ ދިޔަ އެޕާޓްމެންޓަކުން 6 މީހަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސް ޖަހައިފި
17 އޮކްޓޯބަރު 2026

ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލަ: ހައްޔަރުކޮށް ބަންދު ކުރި 4 މީހުން ވެސް ތިބީ މަސްތުގެ ހާލަތުގައި!

17 އޮކްޓޯބަރު 2026
ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލަ: ހައްޔަރުކޮށް ބަންދު ކުރި 4 މީހުން ވެސް ތިބީ މަސްތުގެ ހާލަތުގައި!
13 އޮކްޓޯބަރު 2026

މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

13 އޮކްޓޯބަރު 2026
މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!
12 އޮކްޓޯބަރު 2026

އާރަށު މައްސަލައިގެ ދައުލަތުގެ ހެއްކެއްގެ ގޮތުގައި މެންބަރު ނާޒިމް ބަލައިނުގަނެވޭނެކަމަށް ކޯޓުން ނިންމައިފި

12 އޮކްޓޯބަރު 2026
އާރަށު މައްސަލައިގެ ދައުލަތުގެ ހެއްކެއްގެ ގޮތުގައި މެންބަރު ނާޒިމް ބަލައިނުގަނެވޭނެކަމަށް ކޯޓުން ނިންމައިފި
11 އޮކްޓޯބަރު 2026

ބްރިޖްމަތީ ހެލްމެޓް ނާާޅާ އޮޝޯވެ އޮވެ ސައިކަލު ދުއްވި ކަމަށް ތުހުމަތުވާ މީހާ އިތުރު 30 ދުވަހަށް ބަންދަށް!

11 އޮކްޓޯބަރު 2026
ބްރިޖްމަތީ ހެލްމެޓް ނާާޅާ އޮޝޯވެ އޮވެ ސައިކަލު ދުއްވި ކަމަށް ތުހުމަތުވާ މީހާ އިތުރު 30 ދުވަހަށް ބަންދަށް!
09 އޮކްޓޯބަރު 2026

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި، ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވި މައްސަލައިގައި އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

09 އޮކްޓޯބަރު 2026
ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި، ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވި މައްސަލައިގައި އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ
09 އޮކްޓޯބަރު 2026

ބީއޯސީގެ ކަސްޓަމަރެއްގެ އެކައުންޓުން އޮޅުވާލައިގެން 150,000 ޑޮލަރު ޓްރާންސްފަރ ކުރި މައްސަލައިގައި، އެ ބޭންކުގެ ކުރީގެ ވެރިއެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

09 އޮކްޓޯބަރު 2026
ބީއޯސީގެ ކަސްޓަމަރެއްގެ އެކައުންޓުން އޮޅުވާލައިގެން 150,000 ޑޮލަރު ޓްރާންސްފަރ ކުރި މައްސަލައިގައި، އެ ބޭންކުގެ ކުރީގެ ވެރިއެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
07 އޮކްޓޯބަރު 2026

ސައްހަ ނޫން ޓީޓީތަކުގެ މައްސަލައިގައި 109 އަހަރަށް ޖަލަށް ހުކުމް ކުރި ޝިފާއު ގޭބަންދަށް!

07 އޮކްޓޯބަރު 2026
ސައްހަ ނޫން ޓީޓީތަކުގެ މައްސަލައިގައި 109 އަހަރަށް ޖަލަށް ހުކުމް ކުރި ޝިފާއު ގޭބަންދަށް!
05 އޮކްޓޯބަރު 2026

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާގެ މައްޗަށް އުފުލާފައިވާ ގަޛުފުކުރުމުގެ ދައުވާގެ ޝަރީއަތް ސިއްރުކޮށް ބާއްވައިފި

05 އޮކްޓޯބަރު 2026
ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާގެ މައްޗަށް އުފުލާފައިވާ ގަޛުފުކުރުމުގެ ދައުވާގެ ޝަރީއަތް ސިއްރުކޮށް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް