Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ތުޅާދޫ ކައުންސިލާ ބައްދަލުކުރެއްވުން

ތުޅާދޫ އެއަރޕޯޓުގެ މަސައްކަތް އޮތީ ބިޑް އިވެލުއޭޝަން މަރުޙަލާގައި: ރައީސް

ތުޅާދޫގައި ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ރައީސްއާ ހިއްސާކުރެއްވި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 16:25
ރައީސުލްޖުމްހޫރިއްޔާ ތުޅާދޫ ކައުންސިލް މެމްބަރުންނާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ތުޅާދޫ ކައުންސިލް މެމްބަރުންނާ ބައްދަލުކުރެއްވުން

ބ. ތުޅާދޫގައި އެޅުމަށް ނިންމާފައިވާ އެއަރޕޯޓުގެ މަސައްކަތް އޮތީ ބިޑް އިވެލުއޭޝަންގެ މަރުޙަލާގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ބ. ތުޅާދޫ ކައުންސިލާއެކު ބުރާސްފަތި ދުވަހު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ޙިސާން ޙުސައިން ވެސް ވަނީ ކައުންސިލް މެންބަރުންގެ އަރިހުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ތުޅާދޫ ކައުންސިލްގެ ފަރާތުން ވަނީ ތުޅާދޫގައި އެޅުމަށް ނިންމާފައިވާ އެއަރޕޯޓާ ގުޅިގެން ރައްޔިތުންގެ ހުރި ހުށަހެޅުންތަކާއި، ޞިއްޙީ ޚިދުމަތް ފުޅާކުރުމާ ގުޅޭގޮތުންނާއި، ބަނދަރަށް ދިމާވެފައިވާ މައްސަލަތަކާއި، ބިމުގެ ދަތިކަމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. އަދި ރަށުގެ ބިން ހިއްކުމާ ގުޅޭގޮތުންނާއި، ރަށުގައި އަޅާފައިވާ 50 ހައުސިން ޔުނިޓާއި، އަޅަން ނިންމާފައިވާ އަނެއް 50 ހައުސިންގ ޔުނިޓާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކާއި ކަންބޮޑުވުންތަކާއި، ކައުންސިލަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތުޅާދޫގައި ކުރިޔަށްގެންދާ މަޝްރޫއުތަކާ ބެހޭ ފަހުގެ މައުލޫމާތުތައް އެބޭފުޅުންނާ ހިއްސާކުރައްވާފައެވެ. މިގޮތުން 50 ހައުސިންގ ޔުނިޓުގެ މައްސަލައިގައި ކަމާގުޅޭ މިނިސްޓްރީން އެ ޔުނިޓްތައް އިވެލުއޭޓްކުރުމަށްފަހު ރަނގަޅު ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ތުޅާދޫގައި އެޅުމަށް ނިންމާފައިވާ އެއަރޕޯޓް އޮތީ ބިޑް އިވެލުއޭޝަންގެ މަރުހަލާގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ކައުންސިލްގެ ފަރާތުން ވަނީ ތުޅާދޫގެ ތަރައްގީއަށް ސަރުކާރުން ކުރިޔަށް ގެންދާ ބައެއް މަޝްރޫއުތަކާއި، ކައުންސިލުން ކުރިއަށް ގެންދާ ބައެއް ކަންކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ވަނީ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި ބޯޅަ ދަނޑު ހެދުމުގެ މަޝްރޫއު ކުރިޔަށްދާކަމުގައި ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުތުޅާދޫ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ބާރު ސްޕީޑުގައި ހުއްޓުމެއްނެތި ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި ތުޅާދޫ އެއަރޕޯޓު ބިންހިއްކުން ހުއްޓިއްޖެ

ބާރު ސްޕީޑުގައި ހުއްޓުމެއްނެތި ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި ތުޅާދޫ އެއަރޕޯޓު ބިންހިއްކުން ހުއްޓިއްޖެ

11 އޮކްޓޯބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

06 ސެޕްޓެމްބަރު 2025
ތުޅާދޫގައި ތަރައްގީކުރާ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަކަށް ނުދޭ: ކައުންސިލް

ތުޅާދޫގައި ތަރައްގީކުރާ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަކަށް ނުދޭ: ކައުންސިލް

02 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު