Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޓީސީސީގެ މަޝްރޫއުތައް

މާފުށީ ރައްޔިތުންގެ އެދުމުގެމަތިން، އިތުރު ދެ ހެކްޓަރު ހިއްކައި ޕިކްނިކް އައިލެންޑެއް ހަދަނީ

ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މިއަހަރުގެ ނިޔަލަށް ނިމޭނެ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 12:19
މާފުށީ ބިން ހިއްކުން

މާފުށީ ބިން ހިއްކުން

މާފުށީ ރައްޔިތުންގެ އެދުމުގެމަތިން, އިތުރު ދެ ހެކްޓަރު ބިން ހިއްކައި ޕިކްނިކް އައިލެންޑެއް ހެދުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން މާލެ އަތޮޅު މާފުއްޓާއި, ހިންމަފުއްޓާއި އަދި ގުރައިދޫގައި ހިންގަމުން ގެންދާ ޕްރޮޖެކްޓްތައް ބައްލަވާލެއްވުމަށް ބުރާސްފަތި ދުވަހު އެ ކުންފުނީގެ ސީއީއޯ އާދަމް ޢާޒިމް އެ ރަށްތަކަށް ދަތުރުކުރައްވާފައިވާއިރު، މި ދަތުރުފުޅުގައި ޢާޒިމް ވަނީ މި ތިން ރަށުގެ ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު ކުރެއްވި މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވި ރަށަކީ ހިންމަފުއްޓެވެ. ހިންމަފުށީގައި އެމްޓީސީސީން ކުރަމުން ގެންދަނީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތެވެ.

މީޑިއާއަށް ދެއްވި އިންޓަރވިއުގައި ޢާޒިމް ވިދާޅުވީ މި މަޝްރޫގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ލަސްވީ ކޮވިޑާ ގުޅިގެން ދިމާވި ގޮންޖެހުންތަކުގެ ސަބަބުން ކަމަށެވެ.

ހިންމަފުށީ ކައުންސިލްގެ ރައީސް ޙަސަން ފާއިޒް ވިދާޅުވީ، މިހާރު ތަރައްގީ ކުރެވެމުން އަންނަ ބަނދަރަކީ ހިންމަފުއްޓަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށާއި، ޚާއްސަކޮށް ރަށަކީ ލޯކަލް ޓުއަރިޒަމާއި، މަސްވެރި ރަށަކަށް ވުމުން ބަނދަރުގެ މުހިންމުވެފައިވާ ކަމަށެވެ. ފާއިޒް އިތުރަށް ވިދާޅުވީ މިރަށު ބަނދަރަށް 100 ފޫޓު އިތުރު ކޮށްދިނުމަށް އެދިފައިވާނެ ކަމަށާއި، އަދި މިކަމަށް ސަރުކާރުގެ ފަރާތުން ޕޮޒިޓިވް ޖަވާބެއް ލިބިފައިވާ ކަމަށެވެ.

ޢާޒިމްގެ ދަތުރުގެ ދެވަނަ ރަށަކީ ގުރައިދޫއެވެ. ގުރައިދޫގައި އެމްޓީސީސީން ކުރިޔަށް ގެންދާ މަޝްރޫއަކީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން 15 ހެކްޓަރުގެ ބިން ހިއްކުމާއިއެކު، 1200 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

އާޒިމް ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމިގެންދާނެ ކަމަށެވެ. އަދި މި ރަށުގައި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެއްގެ އިތުރުން ޕިކްނިކް އައިލެންޑްއެއް ތަރައްގީ ކުރެވިގެންދިޔަކަމަށް ޢާޒިމް ވިދާޅުވިއެވެ.

ގުރައިދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ޝަލީޒް ވިދާޅުވީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ ގުރައިދޫއަށް ވަރަށް މުހިންމު ކަމެއް ކަމަށާއި، ގުރައިދޫއަކީ ބިމުގެ ދަތިކަން ދިމާވެފައިވާ ރަށެއްގެ އިތުރުން ރަށް ގިރުމުގެ މައްސަލަ ދިމާވެފައިވާ ރަށެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން އެކަންކަމަށް ހައްލު ލިބިފައިވާ ކަމަށް ޝަލީޒް ވިދާޅުވިއެވެ.

މާފުށީގައި އެމްޓީސީސީން ކުރިޔަށް ގެންދަނީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިންހިއްކުމާއި، 1،100 މީޓަރުގެ ސަރަހައްދެއްގައި ބޮޑުގަލުގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

އާޒިމް ވިދާޅުވީ، މާފުށީގެ 25 ހެކްޓަރުގެ ބިން މި މަހުގެ ނިޔަލަށް ނިމިގެންދާނެ ކަމަށެވެ. އެކަމަކު އޭގެ އިތުރުން 2 ހެކްޓަރުގެ ބިން ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ އީއައިއޭ ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި، އީއައިއޭގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މާފުށީ ކައުންސިލްގެ ރައީސް ޙަސަން ޞަލާޙް ވިދާޅުވީ, ކޮވިޑުގެ ދަތި ހާލުގައި ވެސް މި ސަރުކާރުން ގިނަ ޕްރޮޖެކްޓްތަކެއް މާފުށީގައި ހިންގާފައިވާ ކަމަށެވެ. މާފުއްޓަކީ ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ރަށެއް ކަމަށާއި، މާފުށީގެ ލޭންޑްޔޫސް ޕްލޭން ނިމުނުހާ އަވަހަށް ހިއްކުނު ބިމުން ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

އެމްޓީސީސީއާދަމް ޢާޒިމްމާފުށި

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު