Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު ކުރިއަރުވަން މަސައްކަތްކުރުން

ކުޅިވަރު ކުރިއަރުވަން ސްޕޯޓްސް ކޯޕަރޭޝަނާއި އެމްއޯސީ ގުޅިގެން މަސައްކަތްކުރަނީ

ކުޅިވަރު ކުރިއެރުވޭނެ ގޮތްތަކެއް ހޯދުމަށްވެސް މަޝްވަރާކުރި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2021 | ބުދަ 14:37
ސްޕޯޓްސް ކޯޕަރޭޝަނާއިި އެމްއޯސީން ބޭއްވި ބައްދަލުވުމުގެ ތެރެއިން

ސްޕޯޓްސް ކޯޕަރޭޝަނާއިި އެމްއޯސީން ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގެ ކުޅިވަރު ކުރިއެރުވޭނެ ގޮތްތަކާ ބެހޭގޮތުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން މަޝްވަރާކޮށް، ދެ ފަރާތް ގުޅިގެން މަސައްކަތްކުރަން ނިންމައިފިއެވެ.

އެކަމަށް މަޝްވަރާކޮށްފައިވަނީ އަންގާރަ ދުވަހު ސްޕޯޓްސް ކޯޕަރޭޝަނުގައި ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މައުރޫފް އަޙްމަދު (މާއްޓޭ) އާއި އެމްއޯސީގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އަދި އެ ކޮމިޓީގެ އައު ހިންގާ ކޮމިޓީގެ މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މައުލޫމާތު ލިބޭ ގޮތުން މި ބައްދަލުވުމުގައި ވަނީ ރާއްޖޭގެ އުމްރާނީ ވަސީލަތްތަކުގެ ބޭނުން މިހާރާއި ކުރިއަށް އޮތްތަނުގައި ހިފާގޮތާ ގުޅޭ ގޮތުން ދުރުރާސްތާ ޕްލޭނެއް އެކުލަވާލުމަށް މަޝްވަރާކޮށްފައެވެ. އަދި ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރާއިރު، ކުޅިވަރު ކުރިއެރުވޭނެ ގޮތްތަކެއް ހޯދުމަށްވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ކުޅިވަރު ކުރިއަރުވަން ސްޕޯޓްސް ކޯޕަރޭޝަނާއި އެމްއޯސީ ގުޅިގެން މަސައްކަތްކުރަން ނިންމިއިރު، ރާއްޖޭގެ ކުޅިވަރުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ކުރިއެރުވުމާއި، ސްޕޯޓްސް ޗެނަލް ތަރައްގީކުރުމާއި، ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމުތައް ރާވައި ހިންގުމާއި، ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރުވާ ތަމްރީނު ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން އެ ކުންފުނީގެ ބެލުމުގެ ދަށުފައިވާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ކުލަބުތަކާއި އެސޯސިއޭޝަންތަކަށް ބޭނުން ހިފޭނެ މަގުފަހިކޮށްދީ، އެނޫން ފަރާތްތަކަށް އެ މުދަލުން މުއާމަލާތްކޮށް ވިޔަފާރި އުސޫލުން މަންފާ ހޯދުންވެސް ހިމެނެއެވެ.

މާ ބޮޑު މަސައްކަތެއް ނެތް ކުންފުންޏެއްގެ ގޮތުގައި އޮތް ސްޕޯޓްސް ކޯޕަރޭޝަނުން މި ސަރުކާރު އައި ފަހުން ކޮށްފައިވާ ހަމައެކަނި ބޮޑު މަސައްކަތަކީ ކުޅިވަރާ ބެހޭ ވުޒާރާއިން ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކޮށްގެން ރަށްރަށުގައި އެޅުމަށް ނިންމާފައިވާ 61 އައުޓްޑޯ ޖިމްތައް ގެނައުމުގެ މަސައްކަތެވެ.

އެއާއެކު މިދިޔަ އަހަރުގެ ޖުލައި މަހު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް ހާޒިރުވެ، ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ މިހާރު އެކުލަވާލާފައިވާ ޤާނޫނަށް އިސްލާހު ގެނެސް، ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އެކަމަކު މިހާރު ސަރުކާރުގެ ވިސްނުމަކީ ސްޕޯޓްސް ކޯޕަރޭޝަން އުވާނުލައި، ކުރިއަށްދިއުންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންމޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

23 ސެޕްޓެމްބަރު 2024
  އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله

އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله

21 ޖުލައި 2024
ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި

ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި

02 އޮކްޓޯބަރު 2022
މިއީ ކުޅިވަރުގެ ސިޔާސަތު ބަދަލުކުރުމުގެ ނަތީޖާ: މިނިސްޓަރު މަޙްލޫފް

މިއީ ކުޅިވަރުގެ ސިޔާސަތު ބަދަލުކުރުމުގެ ނަތީޖާ: މިނިސްޓަރު މަޙްލޫފް

13 އޯގަސްޓު 2022
ކޮމަންވެލްތު ގޭމްސް ފަށައިފި، ދިވެހި ޓީމުތައް އޮތީ ފުރިހަމައަށް ތައްޔާރަށް

ކޮމަންވެލްތު ގޭމްސް ފަށައިފި، ދިވެހި ޓީމުތައް އޮތީ ފުރިހަމައަށް ތައްޔާރަށް

29 ޖުލައި 2022

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު