Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިނަރެސްގެ މަޝްރޫއު

ވިނަރެސް ފްލެޓްތަކުގެ މަސައްކަތް ލަސްވެގެން ދިޔައީ، ކުރީ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން: އެޗްޑީސީ

14 ސެޕްޓެމްބަރު 2021 | އަންގާރަ 19:16

ހުޅުމާލޭގެ މައި މަގެއްގައި އިމާރާތް ކުރާ މިފްލެޓްތަކަށް ކޮމާޝަލް ޒޯނެއް ވަރަށް މުހިންމުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 14 ސެޕްޓެމްބަރު 2021 | އަންގާރަ 19:16
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ވިނަރެސް ފްލެޓްތަކުގެ މަސައްކަތް ލަސްވެގެން ދިޔައީ ކުރީ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

ވިނަރެސް ފްލެޓްތަކާ ބެހޭ ގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދު ވިދާޅުވީ, ކުރީ ސަރުކާރުން މިޝްރޫއަށް ނަން ދީފައިނުވާ ކަމަށާއި، ''ވިނަރެސް''ގެ ނަމުން ނަންދީ މިމަޝްރޫއުގެ މަސައްކަތްތައް ފަށައިގެން ކުރިއަށްދާ ކަަމަށެވެ.

Advertisement - newsAdvertisement

ސުހައިލް ވިދާޅުވީ ކުރީގެ ހައުސިން މިނިސްޓަރު، އަދި މިހާރުގެ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުގެ ބެއްލެވެމުގެ ދަށުން އެޗްޑީސީއާ މިމަޝްރޫއު ހަވާލުކޮށްފައިވަނީ ޕާކިން ޒޯނާއި، ކޮމާޝަލް ޒޯނަށް ޖާގައެއް ކަނޑައެޅުމެއްނެތި ކަމަށެވެ. ހުޅުމާލޭގެ މައި މަގެއްގައި އިމާރާތް ކުރާ މިފްލެޓްތަކަށް ކޮމާޝަލް ޒޯނެއް ވަރަށް މުހިންމުވާނެ ކަމަށް ސުހައިލް ވިދާޅުވިއެވެ.

ކޮމާޝަލް ޒޯނަކާއި ނުލައި ފްލެޓްތައް އެޅުމަކީ އެޗްޑީސީގެ އުސޫލާއި ގައިޑްލައިންއާ ޚިލާފުކަމެއްކަން ފާހަގަކުރައްވައި ސުހައިލް ވިދާޅުވީ މިމަސައްކަތްތައް ކުރުމަށް އިތުރު ވަގުތު ނެގި ކަމަށާއި، އެހެންކަމުން މަޝްރޫއު ލަސްވެގެން ދިޔައީ ކަމަށެވެ. ސުހައިލް ވިދާޅުވީ މިމަސައްކަތްތައް ކުރުމަށް ދެގޮތަށް ޕްލޭން ކުރި ކަަމަށެވެ. އެއީ ފްލެޓްތަކުގެ އަދަދު މަދުކުރުން ނުވަތަ ލޯނު އިތުރު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ވަރަށް ގިނަ މަޝްވަރާތަކަށްފަހު، ލޯނު ނެގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވާތީ ފްލެޓްތަކުގެ އަދަދު މަދުކޮށް މިހާރު ވެސް ނަގާފައިވާ ލޯނާއެކު، ޕާކިން ޒޯނާއި ކޮމާޝަލް ޒޯނު ހެދުން ކަމަށް ސުހައިލް ވިދާޅުވިއެވެ.

މިމަޝްރޫއު އެޗްޑީސީއާ ހަވާލުކުރިއިރު 1530 ފްލެޓް އަޅަން ނިންމި ނަމަވެސް މިހާރު އެ އަދަދު ވަނީ 1344 ފްލެޓަށް މަދުވެފައެވެ. އެއީ މުޅިން ވެސް 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި މަޝްރޫއުގައި 4 ބާވަތެއްގެ ޔުނިޓްތައް ހިމެނެއެވެ. އެއީ މެރީނާ ވިއު، އައުޓަރ ވިއު، އިނަރ ވިއު އަދި ސްޓޭންޑަރޑް ވިއު ފްލެޓްތަކެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންފްލެޓްވިނަރެސް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
09 ނޮވެމްބަރު 2025

ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

09 ނޮވެމްބަރު 2025
ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް
22 އޮކްޓޯބަރު 2025

އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

22 އޮކްޓޯބަރު 2025
އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!
21 ސެޕްޓެމްބަރު 2025

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި
08 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"
07 އޯގަސްޓު 2025

ކުރީގެ ފްލެޓް އެއްބަސްވުންތައް އުވާލާ، އެހެން ބަޔަކަށް ފްލެޓް ދިނުމުގެ މަސައްކަތުގައި ބައިވެރިވާ މުވައްޒަފުން ބައިވެރިވަނީ ޤާނޫނާއި ޚިލާފު އަމަލެއްގައި- އެމްޑީޕީ

07 އޯގަސްޓު 2025
ކުރީގެ ފްލެޓް އެއްބަސްވުންތައް އުވާލާ، އެހެން ބަޔަކަށް ފްލެޓް ދިނުމުގެ މަސައްކަތުގައި ބައިވެރިވާ މުވައްޒަފުން ބައިވެރިވަނީ ޤާނޫނާއި ޚިލާފު އަމަލެއްގައި- އެމްޑީޕީ
05 އޯގަސްޓު 2025

އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި

05 އޯގަސްޓު 2025
އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި
03 އޯގަސްޓު 2025

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓް އެއްބަސްވުމުގައި ސޮއި ކުރުން ހުއްޓާލައިފި

03 އޯގަސްޓު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓް އެއްބަސްވުމުގައި ސޮއި ކުރުން ހުއްޓާލައިފި
10 ޖުލައި 2025

ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން

10 ޖުލައި 2025
ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް