Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޓްރޯނިކް މުއާމަލާތާ ބެހޭ ބިލު

އިލެކްޓްރޯނިކް މުއާމަލާތާ ބެހޭ ބިލު ދިރާސާކުރުމަށް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް

14 ސެޕްޓެމްބަރު 2021 | އަންގާރަ 08:42

ކޮމިޓީއަށް ފޮނުވުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 42 މެމްބަރުންގެ އިއްތިފާގުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 14 ސެޕްޓެމްބަރު 2021 | އަންގާރަ 08:42
ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން

ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން

އިލެކްޓްރޯނިކް މުޢާމަލާތްތަކާ ބެހޭ ބިލު ދިރާސާ ކުރުމަށް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ކޮމިޓީއަށް ފޮނުވުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 42 މެމްބަރުންގެ އިއްތިފާގުންނެވެ. ބިލު ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދެއެވެ.

Advertisement - newsAdvertisement

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، އިޤުތިޞާދީ އަދި އިޖްތިމާޢީ ކަންކަން ފަސޭހަކޮށް ތަރައްގީކުރުމަށްޓަކައި، ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށާއި އެނޫން ބޭނުންތަކުގައި، އިލެކްޓްރޯނިކް ޒަރީއާއިން މުއާމަލާތުކުރުމާއި، އެފަދަ މުއާމަލާތުގެ ޞައްހަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކޮށް، އިލެކްޓްރޯނިކް ޒަރީޢާއިން މުއާމަލާތު ކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށް، ޓްރަސްޓް ޚިދުމަތްތަކުގެ އުސޫލުތައް ކަނޑައެޅުން ކަމަށެވެ.

ބިލުގެ ބަހުސް މަރުހަލާގައި މެމްބަރުން ވިދާޅުވެފައިވަނީ އިލެކްޓްރޯނި މުއާމަލާތްތަކާ ބެހޭ ގާނޫނަކީ ތަރައްގީގެ ނަމުގައި ރާއްޖެއިން އަޅާ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ. ޚަރަދު ކުޑަކޮށް ވިޔަފާރިތައް ހިންގުމަށް އޮންނަ ޕްރެޝަރު ދުނިޔޭގައި ވެސް ބޮޑުވަމުން އަންނައިރު، ރާއްޖޭގައި ވިޔަފާރިތައް މި ގޮތަށް ހިންގުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، ރާއްޖޭގައި އިލެކްޓްރޯނިކް މުއާމަލާތާ ބެހޭ ގާނޫނެއް ނެތުން ކަމަށާއި، ބިލުގެ ޒަރިއްޔާއިން މި ކަންކަމަށް ހައްލު ލިބިގެންދާނެ ކަންވެސް މެމްބަރުން ވިދާޅުވިއެވެ. މި ބިލު ގާނޫނެއްގެ ގޮތުގައި ވުޖޫދުވެގެން އަންނައިރު، އިލެކްޓްރޯނިކް ޒަރިއްޔާއިން ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކަށް ގާނޫނީ ހައިސިއްޔަތު ލިބިގެންދާނެއެވެ.  

ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ވެސް އިލެކްޓްރޯނިކް ސޮއި އަދި ޓްރަސްޓްގެ ޚިދުމަތްތައް ހިމެނޭގޮތަށް، ދިވެހިރާއްޖެއާއި ދިވެހިރާއްޖޭން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުޢާމަލާތްތަކުގެ ޞައްހަކަން ގާނޫނީ ގޮތުން ކަށަވަރުކޮށްދިނުން ހިމެނެއެވެ. އަދި ދިވެހިރާއްޖެއާއި ދިވެހިރާއްޖޭން ބޭރުގައި އިލެކްޓްރޯނިކް މުއާމަލާތްތައް ހިންގުމަށް މަގުފަހިކޮށްދީ، އެކަންކަމަށް ގާނޫނީ ގޮތުންހުރި ހުރަސްތައް ނައްތާލުން ވެސް މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ޑޭޓާ މެސެޖަކަށްވީތީ ހަމައެކަނި އެ ސަބަބުގެ މައްޗަށް ބިނާކޮށް ޝަރީޢަތެއްގައި ޑޭޓާ މެސެޖެއް ހެކީގެ ގޮތުގައި ބަލައިނުގަނެވޭނެ ގޮތަށް ހެއްކާބެހޭ އުސޫލުތައް ތަތުބީގުކޮށްގެން ނުވާނެ ކަމަށާއި، ޑޭޓާ މެސެޖެއްގެ ސިފައިގައިވާ މައުލޫމާތަށް ދޭންޖެހޭ ހެކީގެ ބުރަދަން ކަނޑައެޅުމުގައި އަމަލުކުރާނީ، ހެއްކާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ކަމަށްވެސް ބިލުގައި ބަޔާން ކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް