Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފެލިދޫ ގިރާ ސަރަހައްދު

ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތްކޮށްދިނުމަށް ގޮވާލައި ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

ބަހުސް ކުރުމަށް ބަލައިގަންނަން ވޯޓު ދެއްވީ 8 މެމްބަރުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2021 | އަންގާރަ 06:52
ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު

ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު

ވ. ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ހުށަހެޅުއްވި، ވ. ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތްކޮށްދިނުމަށް ގޮވާލައި ހުށަހަޅާ ގަރާރު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މައްސަލައަށް ބަހުސް ކުރުމަށް ބަލައިގަންނަން ވޯޓު ދެއްވީ 8 މެމްބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 10 މެމްބަރުންނެވެ. ވަކިގޮތަަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ. ގަރާރަށް ބަހުސްކުރުމަށް ބަލައިގަންނަން 10 މެމްބަރުންގެ ވޯޓު ބޭނުންވެއެވެ. އެހެންކަމުން ބަހުސްކުރުމަށް ބަލައިގަންނަން ފާސް ނުވުމުން ގަރާރު މަޖިލީހުން ބޭރުކޮށްލީއެވެ.

Advertisement - newsAdvertisement

ފަޒުލް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ، ވ. ފެލިދޫގެ ގިރާ ސަރަހައްދު އާދަޔާ ޚިލާފަށް ގިރަމުން ދިއުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ގުނަ ދަތިތަކާ ކުރިމަތިވެ، ތިމާވެށީގެ ގޮތުން ރަށަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަަށެވެ. އެހެންކަމުން، ފެލިދޫގެ ގިރާ ސަރަޙައްދު ހިމާޔަތް ކޮށްދިނުން އަވަސްކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ވ. އަތޮޅު ފެލިދޫ އާދަޔާ ޚިލާފަށް ގިރަމުންދިއުމުގެ ސަބަބުން، ރަށުގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތުގެ ސަބަބުން ފެލިދޫގެ ރައްޔިތުންނަށް ބިރުވެރިކަން ކުރިމަތިވެ، ހޮސްޕިޓަލާއި، ސްކޫލާއި ރައްޔިތުންގެ ގޯތިގެދޮރަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން އެފަރާތްތަކުގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބޮޑު ކަމަށް ގަރާރުގައި ބުނެފައިވެއެވެ. ފެލިދޫގެ ރީތިކަމާއި ގުދުރަތީ ގޮނޑުދޮށްހަލާކުވެ، ރަށްގިރުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާކަމަށާއި، ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވީނަމަވެސް އެކަންވެސް ނުފެށި ލަސްވަމުންދާ ކަމަށް ފާހަގަކޮށްފައިވެއެވެ.

ފެލިދޫގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެޅުއްވެން ހުރި ހުރިހާފިޔަވަޅެއް އަޅުއްވާ ދެއްވައި، ފެލިދޫގެ ރައްޔިތުންނަށް ސަލާމަތްތެރިކަމާއި، ރައްކާތެރި މާހައުލެއް ހޯއްދަވައި ދެއްވުމަށް ކުރައްވަންޖެހޭކަންކަން ވީހާވެސް އަވަސް ކޮށްދެއްވުމަށް ސަރުކާރަށް އިލްތިމާސް ކުރުމަށްޓަކައި ހުށަހަޅާ ގަރާރެއް ކަމަށްވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު