Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޮރިޝަސްގެ ސަފީރު

މޮރިޝަސްގެ އައު ނޮން ރެޒިޑެންޓް ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ދެޤައުމުގެ ވެސް ކޮވިިޑްގެ ޙާލަތު ކޮންޓްރޯލްކުރުމަށް ދެޤައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި، ވެކްސިން ދިނުމުގެ ފަހުގެ މަޢުލޫމާތު ޙިއްސާކުރައްވާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 ސެޕްޓެމްބަރު 2021 | ހޯމަ 16:29
މޮރިޝަސްގެ އައު ނޮން ރެޒިޑެންޓް ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން

މޮރިޝަސްގެ އައު ނޮން ރެޒިޑެންޓް ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން

މޮރިޝަސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު ހަރ އެކްސެލެންސީ ސާންތީ ބާއީ ހަނޫމާންޖީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، މޮރިޝަސްގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެ އެކަމަނާގެ ސަފީރުކަމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމުގެ ޔަޤީންކަން ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މޮރިޝަސްގެ ސަފީރު ވަނީ މޮރިޝަސްގެ ބޮޑުވަޒީރާއި ރައީސްގެ ހެޔޮއެދުންތައް ރާއްޖޭގެ ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވާކަމުގައި ވިދާޅުވެފައެވެ. އަދި، މޮރިޝަސް އިން ރާއްޖެއަށް ކަނޑައަޅުއްވާ ސަފީރުކަން ލިބިވަޑައިގަތުމަކީ އެކަމަނާއަށް ލިބިވަޑައިގެންނެވި ފަޚުރެއްކަމަށާއި، އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި މޮރިޝަސްގެ ސަފީރު ވަނީ ދެޤައުމުގެ ވެސް ކޮވިިޑްގެ ޙާލަތު ކޮންޓްރޯލްކުރުމަށް ދެޤައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި، ވެކްސިން ދިނުމުގެ ފަހުގެ މަޢުލޫމާތު ޙިއްސާކުރައްވާފައެވެ. ދެޤައުމަކީވެސް ކުދި ޖަޒީރާ ދެޤައުމަށް ވުމާއެކު ރައީސުލްޖުމްހޫރިއްޔާއާއި، މޮރިޝަސްގެ ސަފީރު ވަނީ ދެޤައުމުން ޝައުޤުވެރިވާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން ދެބޭފުޅުން ވަނީ ވިޔަފާރިއާއި ޢިޤްތިޞާދީ ދާއިރާއިންނާއި، އިމްޕޯޓް އެކްސްޕޯޓް އިތުރުކުރުމާއި ގުޅޭގޮތުންނާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުންނާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުންނާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުންދެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. 

މޮރިޝަސް

އިތުރަށް ކިޔާލަން

01 މެއި 2025

ޗާގޯސް މައްސަލައިގައި ނަތީޖާ ހާސިލު ކުރަން ޑރ. މުނައްވަރަށް ވުރެ ފަހި ފުރުސަތެއް ލިބުނީ ދެން ކާކަށް ހެއްޔެވެ؟

01 މެއި 2025
ޗާގޯސް މައްސަލައިގައި ނަތީޖާ ހާސިލު ކުރަން ޑރ. މުނައްވަރަށް ވުރެ ފަހި ފުރުސަތެއް ލިބުނީ ދެން ކާކަށް ހެއްޔެވެ؟
04 ނޮވެމްބަރު 2022

ޗާގޮސްގެ މުސްތަގުބަލާއި ގުޅޭގޮތުން އިނގިރޭސިވިލާތުން މޮރިޝަސްއާއެކު ހުޅުވާލެވިފައިވާ މަޝްވަރާއަކަށް ދާން އެއްބަސްވެއްޖެ

04 ނޮވެމްބަރު 2022
ޗާގޮސްގެ މުސްތަގުބަލާއި ގުޅޭގޮތުން އިނގިރޭސިވިލާތުން މޮރިޝަސްއާއެކު ހުޅުވާލެވިފައިވާ މަޝްވަރާއަކަށް ދާން އެއްބަސްވެއްޖެ
25 އޮކްޓޯބަރު 2022

ޗާގޮސް މައްސަލައިގައި އޭޖީ އޮފީހުން މަސައްކަތް ކުރަނީ ދައުލަތުގެ މަސްލަހަތުގައި – މުއިއްޒު

25 އޮކްޓޯބަރު 2022
ޗާގޮސް މައްސަލައިގައި އޭޖީ އޮފީހުން މަސައްކަތް ކުރަނީ ދައުލަތުގެ މަސްލަހަތުގައި – މުއިއްޒު
24 އޮކްޓޯބަރު 2022

ޗާގޮސްގެ މައްސަލައިގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެ ބަހުސްކުރަން ފަށައިފި

24 އޮކްޓޯބަރު 2022
ޗާގޮސްގެ މައްސަލައިގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެ ބަހުސްކުރަން ފަށައިފި
24 އޮކްޓޯބަރު 2022

ޗާގޮސްގެ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް

24 އޮކްޓޯބަރު 2022
ޗާގޮސްގެ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު