Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ އާޖެންޓީނާގެ އައު ސަފީރު

އާޖެންޓީނާގެ އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި

13 ސެޕްޓެމްބަރު 2021 | ހޯމަ 13:31

އާޖެންޓީނާގެ އައު ސަފީރަކަށް ހަމަޖައްސަވާފައިވަނީ ޑރ އޫގޯ ހާވިއެރް ގޯބީ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 13 ސެޕްޓެމްބަރު 2021 | ހޯމަ 13:31
އާޖެންޓީނާގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން

އާޖެންޓީނާގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން

އާޖެންޓީނާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޑރ އޫގޯ ހާވިއެރް ގޯބީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ހޯމަ ދުވަހުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، އާޖެންޓީނާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުހަބާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާ ވަނީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ރާއްޖެއަށް ކަށަވަރުކުރުމަށް އާޖެންޓީނާއިން ދިން އެއްބާރުލުން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. އާޖެންޓީނާގެ ސަފީރު ވަނީ ރާއްޖެއާ އާޖެންޓީނާއާ ދެމެދުގައިވާ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން އަބަދުވެސް ރާއްޖެއަށް އާޖެންޓީނާއިން އެއްބާރުލުން ދޭނެކަމަށާއި، ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިރާއްޖެ އިސް ދައުރެއް އަދާކުރާތަން ދެކިވަޑައިގަތުމަށް ބޭނުންފުޅުވާކަން ސަފީރު ފާހަގަކުރެއްވިއެވެ.

ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، އާޖެންޓީނާއަކީ ރާއްޖޭގެ އެކުވެރިއެއްކަމަށާއި އަބަދުވެސް ދެގައުމުގެ ގުޅުން ބަދަހިކުރެެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމާ ގުޅޭގޮތުން، ޚާއްސަކޮށް ކަނޑުފަޅު ހިމާޔަތްކުރުމުގައި ދިވެހިރާއްޖެ މިސާލަކަށް ބަލައި މަސައްކަތްކުރެެއްވުމަށް ޝައުގުވެރި ވެވަޑައިގަންނަވާކަން ހާމަކުރައްވާފައިވެއެވެ. މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ފަތުރުވެރިކަމާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްގީއާ ގުޅޭގޮތުން, އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރު ފަހުކޮޅު ގްލަސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 26 ބައްދަލުވުމަށް ތައްޔާރުވުމުގައި އާޖެންޓީނާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. 

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ރާއްޖެއާ އާޖެންޓީނާއާ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
21 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

21 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން
15 ސެޕްޓެމްބަރު 2025

ދައުރުން ބޭރު ޖަލްސާއެއް އަންގާރަ ދުވަހަށް ވެސް ތާވަލް ކޮށްފި، ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރޭ

15 ސެޕްޓެމްބަރު 2025
ދައުރުން ބޭރު ޖަލްސާއެއް އަންގާރަ ދުވަހަށް ވެސް ތާވަލް ކޮށްފި، ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް