Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިޔާ ޕެޓިޝަން

ހިޔާ ފްލެޓްގެ ޕެޓިޝަނާ ގުޅިގެން ކޮމިޓީން ރައީސާ ބައްދަލުކުރަން ނިންމައިފި

ކުލި ކުޑަކުރެވޭނީ ސަރުކާރުން އެކަމާމެދު ދެކޭ ގޮތް އެނގިގެން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 13 ސެޕްޓެމްބަރު 2021 | ހޯމަ 08:05
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް

ހިޔާ ފްލެޓްގެ ޕެޓިޝަނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާ ބައްދަލުކުރެއްވުމަށް ޕެޓިޝަން ކޮމިޓީން ނިންމައިފިއެވެ.

ހޯމަ ދުވަހު ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި މިގޮތަށް ފާސްކޮށްފައި މިވަނީ، ކުލި ކުޑަކުރެވޭނީ ސަރުކާރުން އެކަމާމެދު ދެކޭ ގޮތް އެނގިގެން ކަމަށް މެމްބަރުން ހުށަހެޅުއްވުމުންނެވެ. މެމްބަރުން ވިދާޅުވީ، ރައީސްގެ ލަފާފުޅެއް ނެތި ޕެޓިޝަންގައި ޑިމާންޑް ކޮށްފައިވާ ކަންކަމަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި އިސްކަން ދެއްވާ ބޭފުޅެއް ކަމުން ރައީސާ ބައްދަލުކުރަން ޖެހޭ ކަމަަށެވެ. ރައީސާ ބައްދަލުކުރުމަށް ހުށަހެޅި ހުށަހެޅުން މެމްބަރުންގެ އިއްތިފާގުން ފާސްވީ ރައީސަށް ފަސޭހަފުޅު ވަގުތެއްގައި ކޮމިޓީއާ ބައްދަލުކުރެއްވުމަށެވެ.

ޕެޓިޝަންގައި ޑިމާންޑް ކޮށްފައިވާ ކުއްޔަކީ މިހާރުގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވިއިރު، ކުލީގެ އަދަދުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ އަގު ކަމުން، އެކަމާ މެދު މަޝްވަރާ ކުރެވޭނީ މޭޔަރ ކޮމިޓީއަށް ހާޒިރުވާ ދުވަހަކުން ކަމަށް ވެސް މެމްބަރުންވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހަށް ހިޔާ ފްލެޓާ ގުޅިގެން ހުށަހަޅާފައިވާ ޕެޓިޝަންގައި މައިގަނޑު 3 ކަމަކަށް ޑިމާންޑް ކޮށްފައިވެއެވެ. އެގޮތުން ފްލެޓްގެ ކުލި 5،600 އަށް ކުޑަކުރުމާއި، ފްލެޓްގެ ފިނިޝިންގއަށް ދީފައިވާ މުއްދަތު 12 މަސްދުވަހަށް އިތުރުކޮށްދިނުމާއި، ފްލެޓްގެ ޖުމްލަ ކުލިން އެއްލައްކަ ރުފިޔާ ކުޑަކުރުމަށް ވަނީ ޕެޓިޝަންގައި ޑިމާންޑްކޮށްފައެވެ.

މިކަމާ ގުޅިގެން ބޭއްވި ޕެޓިޝަން ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި މި ޕެޓިޝަަން ކޮމިޓީއަށް ބަލައިގަނެ ދިރާސާ ކުރުމަށްފަހު, ރައްޔިތުންނަށް ދިމާވެފައިވާ ކަންބޮޑުވުމަށް ހައްލު ހޯދައި ދިނުމަށް ކުރެވެން ހުރި ކަމެއް ކުރުމަށް ވަނީ ނިންމާފައެވެ. ޕެޓިޝަން ބަލައިގެންފައިވާއިރު އިތުރު ހުށަހެޅުންތަކެއް ވެސް ހުށަހަޅައި ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމު ވަނީ ޕެޓިޝަންގައި ހިމަނާފައިވާ ކަންކަން ދިރާސާކުރުމުގެ ގޮތުން ބައެއް ބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރުމަށް ވެސް ހުށަހަޅުއްވާފައެވެ. ކޮމިޓީއަށް ހާޒިރު ކުރުމަށް މެމްބަރު ސަލީމު ހުށަހަޅުއްވާފައިވާ ބޭފުޅުންނަކީ، ހައުސިންގ ޑިވެލޮޕްމެންޓް ކޮޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، ކުރީގެ ހައުސިން މިނިސްޓަރ، މިހާރުގެ ހައުސިންގ މިނިސްޓަރ، ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓްގެ އިސް ބޭފުޅެއް، ފިނޭންސް މިނިސްޓަރ، ޕޮލިސް ކޮމިޝަނަރ، ވެމްކޯގެ އެމްޑީ، އެޗްޑީއެފްސީގެ އެމްޑީގެ އިތުރުން ޕެޓިޝަން ހުށަހެޅި ބޭފުޅުންނެވެ. މެމްބަރ ސަލީމް ވަނީ މި ހުރިހާ ބޭފުޅުން ވެސް އެއް ބައްދަލުވުމަކަށް ހާޒިރުކުރުމަށް ހުށަހަޅުއްވާފައެވެ.

ޕެޓިޝަން ހުށަހަޅާފައިވަނީ ދެހާހަށްވުރެ ގިނަ މީހުންގެ ސޮޔާއެކުގައެވެ. މެމްބަރުން ވިދާޅުވީ 2،177 މެމްބަރުންގެ ސޮޔާއެކު ހުށަހެޅި ނަމަވެސް މިއީ ގާތްގަނޑަކަށް ތިރީސް ހާހެއްހާ މީހުންގެ ކަންބޮޑުވުން ކަމަށެވެ. މިކަމަކީ ބަޔަކު މީހުން ވެފައިވާ އިހުމާލެއްގެ ސަބަބުން ނުކުމެފައިވާ މައްސަލައެއްކަން ކޮމިޓީގެ މެމްބަރުން ފާހަގަކުރެއްވިއެވެ. މީގެކުރިން ވެސް ކުލި ކުޑުކުރުމަށް އެދި ހިޔާ ފްލެޓް ލިބުނު މީހުން އެދިފައިވާކަމަަށާއި، މިކަމަށް ކުރެވެން އޮތީ ކޮންކަމެއްތޯ ބަލަން ޖެހޭ ކަމަށެވެ.

ހިޔާ ފްލެޓް އެވޯޑްކުރުމުގައި ބަޔަކަށް މާލީ މަންފާއެއް ލިބިފައިވޭތޯ ބަލަން ޖެހޭ ކަމަަށާއި، އެފަދަ މަންފާއެއް ލިބިފައިވާނަމަ އެކަން ރަނގަޅަށް ބަލައި ފިޔަވަޅު އެޅެން ޖެހޭ ކަމަށް މެމްބަރުން ވިދާޅުވިއެވެ.

ހިޔާ ފްލެޓްގެ ކުލި އެންމެ ކުޑަކުރެވޭނެ މިންވަރަށް ކުޑަކޮށްފައިވާކަމަށް ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުން ފްލެޓްގެ ކުލި ކަނޑައެޅުމަށް ހިސާބު ހެއްދެވީ ގޯސްކޮށް ކަމަށެވެ. މެއިންޓެނެންސް ފީއާއެކު ފްލެޓްގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 8،500 ރުފިޔާއެވެ.

ހިޔާ ފްލެޓްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު