Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންސާނީ ވަގުފާރި

އިންސާނީ ވަގުފާރީގެ ކަންކަން މިހާރު ނުހިނގާ - ފައްޔާޒު

2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބަންގްލަދޭޝުން ރާއްޖެއަށް އައިސްފައިވަނީ 11،113 މީހުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 13 ސެޕްޓެމްބަރު 2021 | ހޯމަ 05:59
ފައްޔާޟް އިސްމާޢީލް - މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ފައްޔާޟް އިސްމާޢީލް - މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ރާއްޖޭގައި މިހާރު އިންސާނީ ވަގުފާރީގެ ކަންކަން ނުހިނގާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަދުވަހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި މިހާރު އިންސާނީ ވަގުފާރީގެ ކަންކަން ނުހިނގާ ކަމަށެވެ. މިއީ މިކަން ހުއްޓުވުމަށް ސަރުކާރުން އެޅި މުހިއްމު ފިޔަވަޅުތަކުގެ ނަތީޖާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިންސާނީ ވަގުފާރީގެ ކަންކަން ރާއްޖޭގައި ބޮޑަށް ހިނގަމުން ދަނީ ބަންގްލަދޭޝް މީހުން ގެނެސްގެން ކަމަށާއި، މި ސަރުކާރު ވެރިކަމަށް އައި ފަހުން ބަންގްލަދޭޝުން ރާއްޖެއަށް އެތެރެވި މީހުންގެ އަދަދު މަދުވެފައިވާ ކަމަަށް ވިދާޅުވިއެވެ. އެގޮތުން 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބަންގްލަދޭޝުން ރާއްޖެއަށް އައިސްފައިވަނީ 11،113 މީހުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި އަދަދުތައް އޭގެ ކުރީ އަހަރުތަކުގައި ހުރީ ކޮންމެ އަހަރަކު 11،000ން މަތީގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

2018 ގައި ރާއްޖެ އޮތީ ޔޫއެސް ވޮޗް ލިސްޓްގައި ހިމެނިފައި ކަމަށާއި، ކުރެވުނު މަސައްކަތުން ޓިއާ 3ށް ދިޔުމުން ސަލާމަތް ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތް ކުރުމަށް އެންޓި ޓްރެފިކިންގ ކޮމިޓީ އަލުން އުފެދިގެން އައިސް، ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އައު އެކްޝަން ޕްލޭނެއް ފާސް ކުރެވި، އެއަށް އަމަލު ކުރަން ފަށާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ މީހުން ބެހެއްޓުމަށް ގުޅިފަޅުގައި ޚާއްސަ ތަނެއް ހަދާފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރު ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ވަސީލަތްތައް ނެތުން ކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. ފުރަތަމަ މަސައްކަތް ފަށައިގަތްއިރު ހުރީ އެންމެ އިންސްޕެކްޓަރެއް ކަމަށާއި، މިހާރު އެ އަދަދު 7ށް އިތުރު ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އިތުރު 18 މީހުން މަސައްކަތަށް ނެރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އިންސާނީ ވަގުފާރީގެ ކަންކަމުގައި ފުލުހުންގެ ފަރާތުންވެސް އެކަށީގެންވާ އެއްބާރުލުމެއް ލިބެމުން ނުދާ ކަމަށެވެ. މިހާ ހިސާބަށް ހޯދުނު ހޯދުންތަކުން 281،000 ބިދޭސިން ރާއްޖޭގައި އުޅެމުންދާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު