Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޯޓުތައް މިނިވަންކުރުން

ކޯޓުތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް ވަކި ތަސައްވުރެއް ކަނޑައެޅި، މަސައްކަތްތައް ކުރެވޭ: ހިސާން

ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތައް ކުރެވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2021 | އާދީއްތަ 19:37
ޖޭއެސްސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން

ޖޭއެސްސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން

ކޯޓުތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް ވަކި ތަސައްވުރެއް ކަނޑައެޅިފައިވާ ކަމަށާއި، އެ ތަސައްވުރު ހާސިލްކުރުމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތްތައް ކުރަމުންދާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ފަނޑިޔާރުންނާއި މެޖިސްްޓްރޭޓުން ހުވާކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ހިސާން ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ޖޭއެސްސީން ކުރި އެންމެ މުހިންމު އެއް މަސައްކަތަކީ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގެ އުސޫލު އިސްލާހު ކުރުން ކަމަށް ހިސާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޯޓުތަކުގެ މިނިވަންކަމަށް އިޝާރަތް ކުރައްވައި ހިސާން ވިދާޅުވީ ކޯޓުތައް މިނިވަންނުވެ އަދުލުވެރި ނިޒާމެއް ގާއިމްނުކުރެވޭނެ ކަމަށާއި، ރައްޔިތުންނަށް އަދުލްއިންސާފު ނުލިބޭނެ ކަމަށެވެ. ގައުމެއްގައި އެންމެ މުހިންމު އެކައްޗަކީ އިންސާފު ކަމަށާއި، އިންސާފު ނެތްތަނެއްގައި އަމާންކަމެއް ނޯންނާނެ ކަމަށް ހިސާން ވިދާޅުވިއެވެ. ހިސާން ވިދާޅުވީ ކޯޓުތައް ފުރިހަމަ ގޮތުގައި ހިންގާ ކޯޓުތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް ވަކި ތަސައްވުރެއް ކަނޑައެޅިފައިވާކަމަށެވެ. އަދި ޖޭއެސްސީން އަަމަލުކުރަމުން އަންނަނީ އެ ތަސައްވުރު ތަންފީޒު ކުރުމަށް ކަމަށް ހިސާން ވިދާޅުވިއެވެ.

އެގޮތުން ފަނޑިޔާރުން އައްޔަންކުރުމުގައި ޖޭއެސްސީން ގެންގުޅުނު އުސޫލުތައް ބަދަލުކޮށް، އިސްލާހު ކޮށްފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ. ފަނޑިޔާރުން އައްޔަން ކުރުމުގައި ވަރަށް ގިނަ ކަންތައްތަކަށް ބަލައި، ވަރަށް ގިނަ ކަންތައްތަކަށް ރިއާޔަތްކުރާކަން ހިސާން ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ފަނޑިޔާރުންގެ ގާބިލުކަމުގެ އިތުރުން އިލްމީ ފެންވަރާއި، ތަޖުރިބާ، ސުލޫކަށް އަދި އަޚުލާގީ މިންގަނޑަށް ބަލާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންޓަވިއުއާ ހަމައަށް ދެވޭނީ އެހުރިހާ ކަމަކުން ފާސްވުމަށްފަހު ކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ މިބަދަލުތަކާއެކު، ޖުޑިޝަރީއަށް ރައްޔިތުންގެ އިިތުބާރު މިހާރު ލިބެމުންދާ ކަމަށެވެ. އަދި ފަނޑިޔާރުންގެ ކިބައިން ވެސް ގިނަ އުންމީދުތައް ކުރާ ކަމަށާއި، ކޯޓުތަކުގެ މިނިވަންކަން ނަގަހައްޓާ ގާނޫނު ތަންފީޒު ކުރާނެކުރާނެ ކަމަށް އުންމީދުކުރާ ކަމަށް ހިސާން ވިދާޅުވިއެވެ.

ޖޭއެސްސީތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިން

ކޮމެންޓް

އިތުރަށް ކިޔާލަން

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
މުއިއްޒަށް މުއިއްޒު ކުރުދޮށިން

މުއިއްޒަށް މުއިއްޒު ކުރުދޮށިން

26 ނޮވެމްބަރު 2025
ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑު ބޭބެ ކިޔާ މީހެއްގެ

ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑު ބޭބެ ކިޔާ މީހެއްގެ

24 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު