Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕައިލެޓުންގެ މުސާރަ

މި މަހުން ފެށިގެން ޕައިލެޓުންގެ މުސާރަ 80 އިންސައްތަ ބޮޑުކުރަނީ

12 ސެޕްޓެމްބަރު 2021 | އާދީއްތަ 09:43

ޕައިލެޓުން ވަނީ ކޮވިޑުގެ ހާލަތުގައި ދިވެހި އެއްވެސް ޕައިލެޓަކު ވަޒީފާއިން ވަކިނުކޮށް، ކުރިއަށް ދިޔުމުން ސަރުކާރަށް ޝުކުރު އަދާކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 ސެޕްޓެމްބަރު 2021 | އާދީއްތަ 09:43
އަހަރު ނިމޭއިރު 100 އިންސައްތަ މުސާރަ ދޭނެ

އަހަރު ނިމޭއިރު 100 އިންސައްތަ މުސާރަ ދޭނެ

ކޮވިޑް-19 އާ ގުޅިގެން ކުޑަ ކުރި، މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަ 80 އިންސައްތަ ބޮޑުކުރަން ނިންމާފައިވާކަން ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ.

ކޮވިޑް19 އާ ގުޅިގެން ކުޑަކުރި، މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަ ކުރިން ހުރިވަރަށް އަލުން އިއާދަ ނުކޮށްދީގެން ކުރަމުން އައި އިހްތިޖާޖް ނިމުމަކަށް ގެނެސް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިހާއެކު އާދިއްތަ ދުވަހު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ސެޕްޓެމްބަރު މަހު ފެށިގެން 80 އިންސައްތައަށް މުސާރަ ބޮޑުކޮށްދޭނެ ކަމަށާއި، އަހަރު ނިމޭއިރު 100 އިންސައްތަ މުސާރަ ދޭނެ ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ބައިވެރިވެވަޑައިގެންފައިވާއިރު, އަމީރު ވިދާޅުވީ ކޮވިޑުގެ ހާލަތުގައި ވެސް ރާއްޖޭގެ ޕައިލެޓުން ވަޒީފާއިން ވަކިނުކޮށް، ޕައިލެޓުންގެ ވަޒީފާ ދެމެހެއްޓުމަށާއި މުސާރަ ހިފެއްޓުމަށް 200 މިލިއަނެއްހާ ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި ޕައިލެޓުން ވަނީ ކޮވިޑުގެ ހާލަތުގައި ސަރުކާރަށާއި ކުންފުނިތަކަށް ދަތިތައް ދިމާވާނެކަން ފާހަގަކޮށް، ކޮވިޑުގެ އެންމެ ދަތި ހާލަތުގައި ވެސް މުސާރައިގެ ވަކި ޕަސަންޓެއް ނުނަގަން އަމިއްލައަށް ޕައިލެޓުން ނިންމިކަން ފާހަގަކޮށްފައެވެ. އަދި އެއަރލައިންއާއެކު މަސައްކަތް ކުރިއަށް ގެންދަން ތިބި ކަމަށާއި ކޮވިޑުގެ ހާލަތުގައި ދިވެހި އެއްވެސް ޕައިލެޓަކު ވަޒީފާއިން ވަކިނުކޮށް، ކުރިއަށް ދިޔުމުން ސަރުކާރަށް ޝުކުރުއަދާކޮށްފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޕައިލެޓުންގެ މަސައްކަތް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި ޤައުމީ ހިދުމަތެއްކަމުގައި ދެކިގެން ކޮވިޑްގެ ހާލަތުގައި ވެސް މީހުން އެކި ތަންތަނަށް އުފުލުމާއި، ވެކްސިން އަދި މެޑިކަލް އިކުއިޕްމެންޓްފަދަ ތަކެތި އުފުލުމުގައި ވެސް ޕައިލެޓުން ހަރަކާތްތެރިވުމުން އެކަމަށް ވެސް ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޕައިލެޓުން އިތުރަށް ފާހަގަކުރި ކަންތައްތަކަށް ހައްލު ހޯއްދަވައިދެއްވާނަކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ޕައިލެޓުންގެ އިހްތިޖާޖާ ގުޅިގެން އައިލެންޑް އޭވިއޭޝަނުގެ ވެރިންވަނީ ޕައިލެޓުންގެ ކަންބޮޑުވުންތަކާ ގުޅިގެން އެފަރާތްތަކާ މީގެކުރިން ބައްދަލުކޮށް ޕައިލެޓުންގެ ޝަކުވާތައް އަޑުއަހާފައެވެ. އަދި މުސާރައިގެ މައްސަލަ ހައްލުނުވެ ދިގުލައިގެންދިޔައީ ކޮވިޑް19 އާ ގުޅިގެން ކަމަށް ވިދާޅުވެފައެވެ.

މޯލްޑިވިއަން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި
04 ނޮވެމްބަރު 2025

މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

04 ނޮވެމްބަރު 2025
މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ
26 އޮކްޓޯބަރު 2025

މޯލްޑިވިއަން އިން މެލޭޝިއާ ދަތުރުތަކަށް ޕްރޮމޯޝަނެއް ފަށައިފި

26 އޮކްޓޯބަރު 2025
މޯލްޑިވިއަން އިން މެލޭޝިއާ ދަތުރުތަކަށް ޕްރޮމޯޝަނެއް ފަށައިފި
23 ސެޕްޓެމްބަރު 2025

މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަށް މުއްދަތެއް ނެތްގޮތަށް ހުއްޓާލައިފި

23 ސެޕްޓެމްބަރު 2025
މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަށް މުއްދަތެއް ނެތްގޮތަށް ހުއްޓާލައިފި
14 ސެޕްޓެމްބަރު 2025

ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި

14 ސެޕްޓެމްބަރު 2025
ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި
03 ސެޕްޓެމްބަރު 2025

ފަޔަރ ޓްރަކު ހަލާކުވެގެން ބަންދުކުރި ފުވައްމުލަކު އެއަރޕޯޓު 48 ގަޑިއިރު ފަހުން ހުޅުވައިފި

03 ސެޕްޓެމްބަރު 2025
ފަޔަރ ޓްރަކު ހަލާކުވެގެން ބަންދުކުރި ފުވައްމުލަކު އެއަރޕޯޓު 48 ގަޑިއިރު ފަހުން ހުޅުވައިފި
02 ސެޕްޓެމްބަރު 2025

ފަޔަރ ޓްރަކު ހަލާކުވެގެން ފުވައްމުލަކު އެއަރޕޯޓް ބަންދު ކޮށްފައި އޮންނަތާ 24 ގަޑިއިރު ވަނީ!

02 ސެޕްޓެމްބަރު 2025
ފަޔަރ ޓްރަކު ހަލާކުވެގެން ފުވައްމުލަކު އެއަރޕޯޓް ބަންދު ކޮށްފައި އޮންނަތާ 24 ގަޑިއިރު ވަނީ!
07 ޖޫން 2025

އީދު ބަންދާ ދިމާކޮށް، ފުނަދޫ އެއަރޕޯޓް ބަންދުކޮށްފި

07 ޖޫން 2025
އީދު ބަންދާ ދިމާކޮށް، ފުނަދޫ އެއަރޕޯޓް ބަންދުކޮށްފި
12 އޮކްޓޯބަރު 2024

ހޯރަފުށި އެއާޕޯޓުން ފުރަން އޮތް މޯލްޑިވިއަން ފްލައިޓް ސްޓާޓް ނުވުމުން ޕަސިންޖަރުން ބާލުވައިފި

12 އޮކްޓޯބަރު 2024
ހޯރަފުށި އެއާޕޯޓުން ފުރަން އޮތް މޯލްޑިވިއަން ފްލައިޓް ސްޓާޓް ނުވުމުން ޕަސިންޖަރުން ބާލުވައިފި
15 މާރިޗު 2024

މޯލްޑިވިއަނުން އަގުހެޔޮކުރީ ޑިމާންޑް ނެތް ފުލައިޓްތައް - ފެރީތަކާއި ދިމާނުވެ ޖީބުން ބޮޑު ހަރަދެއްކުރަން މަޖުބޫރު

15 މާރިޗު 2024
މޯލްޑިވިއަނުން އަގުހެޔޮކުރީ ޑިމާންޑް ނެތް ފުލައިޓްތައް - ފެރީތަކާއި ދިމާނުވެ ޖީބުން ބޮޑު ހަރަދެއްކުރަން މަޖުބޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް