Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕައިލެޓުންނާއި ކެބިންކްރޫއިންގެ މުސާރަ

ޕައިލެޓުންނާއި ކެބިންކްރޫއިންގެ ޑިމާންޑަކީ 100 އިންސައްތަ މުސާރަ ބޮޑުކުރުން

11 ސެޕްޓެމްބަރު 2021 | ހޮނިހިރު 14:43

ޕައިލެޓުންނަށް މިހާރު ލިބޭ މުސާރަ ކުޑަ ނޫން ކަމަށް މޯލްޑިވިއަންގައި މަސައްކަތް ކުރާ ޕައިލެޓަކު ވަނީ ބުނެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 ސެޕްޓެމްބަރު 2021 | ހޮނިހިރު 14:43
މޯލްޑިވިއަންގެ ސީ ޕްލޭނެއް މަލިކުގައި މަޑުކޮށްގެން

މޯލްޑިވިއަންގެ ސީ ޕްލޭނެއް މަލިކުގައި މަޑުކޮށްގެން

އައިލެންޑް އޭވިއޭޝަން ސަރވިސަސް (އައިއޭއެސް)އިން ހިންގާ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕައިލެޓުންނާއި ކެބިންކްރޫއިންގެ ޑިމާންޑަކީ 100 އިންސައްތަ މުސާރަ ބޮޑުކުރުން ކަމަށް ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން މޯލްޑިވިއަންގެ ޕައިލެޓަކު ބުނީ މަންތާ އެއަރއިން ވަޒީފާ އިއުލާނު ކުރުމުން 7 ޕައިލެޓުން ވަޒީފާއިން ވަކިވާން ސިޓީ ހުށަހެޅި ކަމަށާއި އޭގެތެރެއިން ފަސް ޕައިލެޓުން ވަޒީފާ ދޫކޮށް ދިޔަ ކަމަށެވެ. އަދި ދެ ޕައިލެޓުން މަޑުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ދަނޑިވަޅުގެ ބޭނުން ހިފައި, ޑޭޝެޑްގައި ހިމެނޭ ބައެއް މުވައްޒަފުން މުސާރަ 80 އިންސައްތަ ބޮޑުކޮށްދޭން ސަރުކާރުން ނިންމި ނަމަވެސް އެ މުވައްޒަފުން ޑިމާންޑު ކުރަމުންދަނީ 100 އިންސައްތަ މުސާރަ ބޮޑުކޮށްދިނުމަށް ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ފަސްޓް އޮފިސަރުންނަށް މުސާރަ ކުޑަ ކަމަށާއި މަހެއްގެ މައްޗަށް 13000 ރުފިޔާ ލިބޭ ކަމަށެވެ. އަދި ޕައިލެޓަކު 50 ގަޑިއިރު ފްލައިކުރި ނަމަވެސް މިހާރު ވެސް މުސާރައިގެ ގޮތުގައި ގެއަށް ގެންދަން މަދުވެގެން 90،000 ރުފިޔާ ލިބޭ ކަމަށް އެމީހާއަށް ބުންޏެވެ. އަދި ފުލް މުސާރައާ އެއްކޮށް މި އަދަދު އެއްލައްކަ ފަންސާސް ހާހަށް ވުރެން މައްޗަށް އަރާނެ ކަމަށް ވަނީ ބުނެފައެވެ.

އޭނާ ބުނީ އެ މުވައްޒަފުންގެ މައިގަނޑު ޑިމާންޑަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމުން ޓޫރިޒަމް ރަނގަޅުވުން ކަމަށާއި އެހެންނަމަވެސް އެ އަދަދު އަސްލު ބޮޑުވަނީ އިންޑިއާއިން އަންނަ ފަތުރުވެރިންނާއެކު ކަމަށް އެ މީހާ ވަނީ ބުނެފައެވެ.

ބައެއް މުވައްޒަފުންގެ މި ޑިމާންޑުތަކާ ގުޅިގެން ސަރުކާރުން އެ މީހުންނާ ބައްދަލުކޮށް، ބޯޑު މީޓިންގ ބާއްވާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. މިއީ ސިޔާސީ ކަމެއްގެ ގޮތުގައި އެމީހާ ވަނީ ސިފަކޮށްފައެވެ.

މިކަމުގައި ބައިވެރިވާ ޕައިލެޓުން ބުނި ގޮތުގައި، އޭރުގެ ހާލަތަށް ބަލައި އެކަމުގައި އެމީހުން އެއްވެސް ޝަކުވާއެއް ކޮށްފައެއް ނުވާނެއެވެ. އަދި ޤައުމީ ހިދުމަތެއްކަމުގައި ދެކިގެން ކޮވިޑްގެ ހާލަތުގައިވެސް މީހުން އެކި ތަންތަނަށް އުފުލުމާއި، ވެކްސިން އަދި މެޑިކަލް އިކުއިޕްމެންޓްފަދަ ތަކެތި އުފުލުމުގައިވެސް އެ ޕައިލެޓުން ހަރަކާތްތެރިވެފައިވެއެވެ. ކޮވިޑާ ގުޅިގެން މުސާރަ ކުޑަކުރުމަށްފަހު, ފަހުން އިތުރު ކުރީ 30 ޕަސެންޓް ކަމަށާއި، އެއީ ދިގުމުއްދަތަކަށް ކިޔަވައިގެން އަދި އެފަދަ މަސައްކަތަކަށް އެއްވެސް ވަރަކަށް އެކަށޭނަ މުސާރައެއް ނޫން ކަމަށް ވަނީ ބުނެފައެވެ.

މިކަމުގައި ހުރި ހިތްހަމަނުޖެހުންތަކާއެކު ޕައިލެޓުން ވަނީ އެ މީހުންގެ މުސާރަ ކުރިން ހުރިވަރަށް ބަދަލުކުރުމަށް އެއްބަސްވެފައިވާތީ އެކަން އެގޮތަށް ކުރާނެކަމުގެ ޔަގީންކަން ދެއްވުމަށް އެދި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރަށް ސިޓީއެއް ފޮނުވާފައެވެ. އަދި ސެޕްޓެމްބަރު 12 ވަނަ ދުވަހުގެ 16:00 އަށް, ޕައިލެޓުންނާއެކު އެއްބަސްވެފައިވާ ގޮތަށް، ކަންކަން ނުދާނަމަ އުދުހުން ހުއްޓާލާނެކަމަށްވެސް ޕައިލެޓުން ބުނެފައިވެއެވެ.

މޯލްޑިވިއަން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި
04 ނޮވެމްބަރު 2025

މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

04 ނޮވެމްބަރު 2025
މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ
26 އޮކްޓޯބަރު 2025

މޯލްޑިވިއަން އިން މެލޭޝިއާ ދަތުރުތަކަށް ޕްރޮމޯޝަނެއް ފަށައިފި

26 އޮކްޓޯބަރު 2025
މޯލްޑިވިއަން އިން މެލޭޝިއާ ދަތުރުތަކަށް ޕްރޮމޯޝަނެއް ފަށައިފި
23 ސެޕްޓެމްބަރު 2025

މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަށް މުއްދަތެއް ނެތްގޮތަށް ހުއްޓާލައިފި

23 ސެޕްޓެމްބަރު 2025
މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަށް މުއްދަތެއް ނެތްގޮތަށް ހުއްޓާލައިފި
14 ސެޕްޓެމްބަރު 2025

ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި

14 ސެޕްޓެމްބަރު 2025
ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި
03 ސެޕްޓެމްބަރު 2025

ފަޔަރ ޓްރަކު ހަލާކުވެގެން ބަންދުކުރި ފުވައްމުލަކު އެއަރޕޯޓު 48 ގަޑިއިރު ފަހުން ހުޅުވައިފި

03 ސެޕްޓެމްބަރު 2025
ފަޔަރ ޓްރަކު ހަލާކުވެގެން ބަންދުކުރި ފުވައްމުލަކު އެއަރޕޯޓު 48 ގަޑިއިރު ފަހުން ހުޅުވައިފި
02 ސެޕްޓެމްބަރު 2025

ފަޔަރ ޓްރަކު ހަލާކުވެގެން ފުވައްމުލަކު އެއަރޕޯޓް ބަންދު ކޮށްފައި އޮންނަތާ 24 ގަޑިއިރު ވަނީ!

02 ސެޕްޓެމްބަރު 2025
ފަޔަރ ޓްރަކު ހަލާކުވެގެން ފުވައްމުލަކު އެއަރޕޯޓް ބަންދު ކޮށްފައި އޮންނަތާ 24 ގަޑިއިރު ވަނީ!
07 ޖޫން 2025

އީދު ބަންދާ ދިމާކޮށް، ފުނަދޫ އެއަރޕޯޓް ބަންދުކޮށްފި

07 ޖޫން 2025
އީދު ބަންދާ ދިމާކޮށް، ފުނަދޫ އެއަރޕޯޓް ބަންދުކޮށްފި
12 އޮކްޓޯބަރު 2024

ހޯރަފުށި އެއާޕޯޓުން ފުރަން އޮތް މޯލްޑިވިއަން ފްލައިޓް ސްޓާޓް ނުވުމުން ޕަސިންޖަރުން ބާލުވައިފި

12 އޮކްޓޯބަރު 2024
ހޯރަފުށި އެއާޕޯޓުން ފުރަން އޮތް މޯލްޑިވިއަން ފްލައިޓް ސްޓާޓް ނުވުމުން ޕަސިންޖަރުން ބާލުވައިފި
15 މާރިޗު 2024

މޯލްޑިވިއަނުން އަގުހެޔޮކުރީ ޑިމާންޑް ނެތް ފުލައިޓްތައް - ފެރީތަކާއި ދިމާނުވެ ޖީބުން ބޮޑު ހަރަދެއްކުރަން މަޖުބޫރު

15 މާރިޗު 2024
މޯލްޑިވިއަނުން އަގުހެޔޮކުރީ ޑިމާންޑް ނެތް ފުލައިޓްތައް - ފެރީތަކާއި ދިމާނުވެ ޖީބުން ބޮޑު ހަރަދެއްކުރަން މަޖުބޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް