Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސެޕްޓެމްބަރު އެގާރައަށް ވިހި އަހަރު

ސެޕްޓެމްބަރު އެގާރައިގެ ހާދިސާއަށް ވިހިއަހަރު ފުރުނުއިރު ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިން ދުނިޔެއަށް ލިބުނީ ކޮން ފިލާވަޅެއް؟

ދުނިޔެ މިހާރު ވަނީ ކުރިއަށްވުރެވެސް ނާމާން ބިރުވެރި ތަނަކަށް ބަދަލުވެފައި

ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2021 | ހޮނިހިރު 10:18
ސެޕްޓެމްބަރު އެގާރައިގެ ހާދިސާޔަށް ވިހި އަހަރު ފުރުން: މިހާދިސާއަކީ ދުނިޔޭގެ މަލަމަތި ބަދަލުކޮށްލި ހާދިސާއެއް

ސެޕްޓެމްބަރު އެގާރައިގެ ހާދިސާޔަށް ވިހި އަހަރު ފުރުން: މިހާދިސާއަކީ ދުނިޔޭގެ މަލަމަތި ބަދަލުކޮށްލި ހާދިސާއެއް

މިއަދަކީ ދުނިޔޭގެ މަލަމަތި އަބަދަށްޓަކައި ބަދަލުވެގެންދިޔަ ނުރައްކާތެރި ހާދިސާއަށް ވިހި އަހަރު ފުރުނު ދުވަހެވެ. އެމެރިކާއަށް 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު އެގާރަ ވަނަ ދުވަހު ދެވުނު ހަމަލާޔަށް ވިހި އަހަރު ފުރުނު ދުވަހެވެ. އެ ހަމަލާޔަކީ އެތެރޭގެ އުދުހުންތަކުގައި އުޅުނު ތިން މަތިންދާބޯޓެއް ވައިފޭރިގެން އެތަނުން ދެ ބޯޓުގޮސް ނިއުޔޯކުގެ ވޯލްޑް ޓްރޭޑް ސެންޓަރުގެ ދެ ޓަވަރުގައި ޖައްސައި ތިންވަނަ ބޯޓު ވޮޝިންޓަނުގައި ހުންނަ ގާނޫނު ހަދާ މަޖިލީހުގެ އިދާރާޔަށް ވައްޓައިލުމަށް ހިންގުނު އަމަލެކެވެ. ވޮޝިންޓަނުގެ ހަމަލާ ކާމިޔާބު ވުމުގެ ކުރިން އެމެރިކާ ސިފައިން ވަނީ އެބޯޓު ވައްޓާލައިފައެވެ.

އެހާދިސާގައި އެތައް ހާސް ބަޔަކު މަރުވެގެންދިޔައިރު އޭގެތެރޭގައި ހިމެނެނީ ވޯލްޑް ޓްރޭޑް ސެންޓަރުގެ ދެ ޓަވަރުގެ ތެރޭގައި އެވަގުތު ތިބި މީހުންނާއި އެ ތިންބޯޓުން ދަތުރުކުރި ޕަސިންޖަރުންނާއި ވައިފޭރުމުގެ އެ އަމަލު ހިންގި 19 މީހުންނެވެ. ވައިފޭރުނު 19 މީހުން ނިސްބަތްވަނީ އަލްގައިދާ ޖަމާއަތަށެވެ. އެ ޖަމާއަތުން ވަނީ މިހަމަލާގެ ޒިންމާވެސް ނަގައިފައެވެ. މި 19 މީހުންގެ ތެރެއިން 15 މީހުންނަކީ ސައުދީ އަރަބިޔާގެ ރައްޔިތުންނެވެ. އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިން އަކީވެސް ސައުދީ ރައްޔިތެކެވެ. މިހާދިސާ ހިނގިއިރު އަލްގައިދާ ޖަމާއަތުގެ ލީޑަރޝިޕް ގާއިމްވެގެންވަނީ އަފްޣާނިސްތާނުގައެވެ. އޭރު އަފްޣާނިސްތާނުގެ ވެރިކަމުގައި ތިބީ ތާލިބާނުންނެވެ.

ސެޕްޓެމްބަރު އެގާރައިގެ ހާދިސާ ހިނގިއިރު އެމެރިކާގެ ރައީސްކަމުގައި ހުންނެވީ ޖޯޖް ޑަބްލިޔު ބުޝްއެވެ. ދިވެހިން ކިޔާގޮތުންނަމަ ކުޑަ ބުޝްއެވެ. އޭރު އޭނާގެ ރިޔާސަތަށް ގާތްގަނޑަކަށް އަށެއްކަ މަހެވެ. ރައީސް ބުޝްގެ އެންމެ ފުރަތަމަ ނިންމެވުމަކަށްވީ ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގެ ނަމުގައި އައު ހަނގުރާމައެއް އިއުލާން ކުރެެއްވުމެވެ. މިއީ އޭގެ ކޮޅެއް މެދެއް ނިމުމެއް އެނގެން ނެތް ހަނގުރާމައެކެވެ. ރައީސް ބުޝް ވިދާޅުވިއެވެ. މި ހަނގުރާމައިގައި ވަކިއަތަކަށް ނުޖެހި ތިބުމަށް އެއްވެސް ބަޔަކަށް ޖާގައެއް ނެތެވެ. އޮތީ ދެގޮތެވެ. އެއްގޮތަކީ އަހަރެމެންނާއި އެއްބައިވުމެވެ. އަނެއްގޮތަކީ އަހަރެމެންގެ ދުޝްމަނުންނާއި އެއްބައިވުމެވެ. އެމީހުން ވިއްޔާ އެމީހުންނެވެ. އަހަރެމެން ވިއްޔާ އަހަރެމެންނެވެ.

ޓެރަރިޒަމާ ދެކޮޅަށް ރައީސް ބުޝް އިއުލާން ކުރެެއްވި ހަނގުރާމައިގެ ބޭނުމަކީ މުޅި ދުނިޔެއިން ޓެރަރިޒަމްގެ ނުރައްކަލާއި ބިރު ފޮހެލުމެވެ. ދުނިޔެއަކީ ރައްކާތެރިކަމާއި ސުލްހަމަސަލަސްކަން ގާއިމުވެފައިވާ އަމާންތަނަކަށް ހެދުމެވެ. މި ހަނގުރާމައިގެ ފުރަތަމަ ފިޔަވަހި އަމާޒުކުރީ އަފްޣާނިސްތާނަށެވެ. ބޭނުމަކަށްވީ އަލްގާއިދާ ޖަމާއަތުގެ ލީޑަރޝިޕް ވުޖޫދުންވެސް ފޮހެލައި އެ ލީޑަރޝިޕަށް ހިމާޔަތްދީގެން ތިބި ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމުން ފައްސައިލުމެވެ. މި ދެ އަމާޒަށް ކޮންމެވެސް ގޮތަކުން ވާސިލްވެވުނޭ ބުނެވިދާނެއެވެ. އަލްގައިދާ ޖަމާއަތުގެ ލީޑަރ އުސާމާ ބިން ލާދިން އަވަހާރަކޮށް އެ ޖަމާއަތުގެ ލީޑަރޝިޕްވެސް ނައްތައިލެވުނެވެ.

ތާލިބާނުންގެ ވެރިކަން ނިމުމަކަށް ގެނެވުނެވެ. އެކަމަކު މިކަންކަން ވެގެންދިޔައީ ވަގުތީ ކަންކަމަށެވެ. އޭގެ ވިހި އަހަރު ފަހުން ތާލިބާނުން އެތިބީ އަނެއްކާވެސް އަފްޣާނިސްތާނުގެ ވެރިކަމުގައެވެ. އަލްގައިދާގެ ބަދަލުގައި އައިސިސްއަކާއި މިހެންގޮސް ނަން ހުސްކޮށް އެޔަށްވުރެ ނުރައްކާތެރި އައު ޖަމާއަތް ޖަމާއަތް ވުޖޫދު ވެއްޖެއެވެ. ދުނިޔެއަށް ރައްކާތެރިކަމެއް ނުގެނެވުނެވެ. ހަނގުރާމަތައްވީ އިތުރެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ބިރުވެރިކަން ކުރިޔަށްވުރެވެސްވީ އިތުރެވެ. ނަފްރަތުގެ އަމަލުތަކާއި ކަންކަން ހަޖަމުނުކޮށް ހަމަލަދީ ލޭއޮހޮރުވުން ހިންގުން ވެފައިވަނީ އިތުރެވެ. ޓެރަރިޒަމްގެ ވިލާތަކުގެ ބޯކަމާއި ބަނަކަން ވެފައިވަނީ އިތުރެވެ. އެހެންވީމާ ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިން އެމެރިކާ ނެރެން ބޭނުންވިކަމަށް ބުނާ ނަތީޖާ ނުނެރެވުނުކަމީ ހާމަޔަށް ފެންނާންއޮތް ހަގީގަތެކެވެ.

ޓެރަރިޒަމްގެ ކާނާޔަކީ ނަފްރަތާއި ހަސަދަޔާއި ރުޅިވެރިކަމެވެ. އެކަންކަމަށް މަގުފަހިވަނީ އިންސާފު ގެއްލުމުންނެވެ. ސެޕްޓެމްބަރު އެގާރައިގެ ހާދިސާޔާއި އެފަދަ އެނޫންވެސް ހާދިސާތަކަށް މަގުފަހިވެގެން ދިޔައީ ނަފްރަތާއި ރުޅިވެރިކަމެވެ. މީގެ ވިހި އަހަރުކުރިން ސެޕްޓެމްބަރު އެގާރައިގެ ހާދިސާ ހިނގިއިރަށްވުރެ މިހާރު މިކަންކަމުގައި މީސްތަކުންގެ ތެރޭގައި އުފެދިފައިވާ ބައިބައިވުންތަކާއި ރުޅިވެރިކަން އެތައް ގުނައެއް ބޮޑެވެ. ކުރީއްސުރެ ދުނިޔޭގައި އަނދަމުން އަންނަ އަލިފާންގަނޑުގަނޑު ނިއްވައިނުލެވޭއިރު އެ އަލިފާންގަނޑުތައް ކުރިއަށްވުރެވެސް ގަދަޔަށް ބާރަށް މިހާރު ދަނީ އަނދަމުންނެވެ. އިތުރު އެތައް އަލިފާންގަނޑުގަނޑު އަލަށްވެސް ވަނީ އަނދާން ފަށައިފައެވެ.

ޓެރަރިޒަމާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން ފެށި ހަނގުރާމަ އެތައް ގައުމަކަށް ވަނީ ފެތުރިގެން ގޮސްފައެވެ. އެތައް ގައުމެއް ވަނީ ވީރާނާވެގެން ގޮސްފައެވެ. އަފްޣާނިސްތާނާއި އިރާގެވެ. ސީރިޔާއާއި ލީބިޔާއެވެ. މިހެންގޮސް ލިސްޓު އަދިވެސް ދިގުކުރެވިދާނެއެވެ. އެތައް މިލިޔަން ބަޔަކު ވަނީ ފަނާވެގެން ގޮސްފައެވެ. ރުޅިވެރިކަމާއި ހަސަދައިގެ އައު ބާބުތަކެއް ވަނީ ހުޅުވިގެން ގޮސްފައެވެ. ކަންކަމަށް ނިމުން ގެނެވެނީ އެކަންކަމުގެ ހައްލަކަށް މަސައްކަތް ކުރެވިގެންނެވެ. ހައްލު ހޯދިގެންނެވެ.

ހައްލު ހޯދުމުގެ ބަދަލުގައި އަދި އިންސާފުން ކަންކަން ކުރުމުގެ ބަދަލުގައި ގަދަބާރު ނެރެ އިތުރު އަނިޔާތަކެއް ދީގެން ގާއިމުކުރެވޭނެ ސުލްހައެއް ނޯންނާނެއެވެ. ގެނެވޭނެ ހަމަޖެހުމެއްވެސް ނޯންނާނެއެވެ. މީގެ ވިހި އަހަރު ކުރިން ސެޕްޓެމްބަރު އެގާރައިގެ ހާދިސާޔަށްފަހު އެމެރިކާއިން ފެށި ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިން ދުނިޔެއަށް ލިބިގެންދިޔަ އެންމެ ބޮޑު ފިލާވަޅަކީ މި ފިލާވަޅެވެ.

ސެޕްޓެމްބަރު އެގާރައިގެ ހަމަލާޓެރަރިޒަމާއި ދެކޮޅު ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު - މެކްސިކޯގެ ރައްޔިތުން ބުނަނީ މިއީ "ކަރސްޑް" ތާރީޚެއްކަމަށް

19 ސެޕްޓެމްބަރު - މެކްސިކޯގެ ރައްޔިތުން ބުނަނީ މިއީ "ކަރސްޑް" ތާރީޚެއްކަމަށް

20 ސެޕްޓެމްބަރު 2022
އޮކްސްފޯޑުގެ ވެކްސިން ސެޕްޓެމްބަރު މަހަށް ތައްޔާރުވާނެތަ؟

އޮކްސްފޯޑުގެ ވެކްސިން ސެޕްޓެމްބަރު މަހަށް ތައްޔާރުވާނެތަ؟

18 މެއި 2020
ސެޕްޓެމްބަރު 23، ރައްޔިތުންގެ ކޯޓުގެ ހުކުމް އަންނަ ދުވަސް!

ސެޕްޓެމްބަރު 23، ރައްޔިތުންގެ ކޯޓުގެ ހުކުމް އަންނަ ދުވަސް!

11 ސެޕްޓެމްބަރު 2018
ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!

ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!

20 ސެޕްޓެމްބަރު 2017
އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

23 އޯގަސްޓު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު